09 Mar 2021 | 23:08
ހިޔާ އެއްކޮޓަރި ފުލެޓުތައް: ސްޓެލްކޯގެ ފްލެޓްތައް ސަރުކާރުން ގަންނަން ބޭނުން ނުވި: ކޮމިޓީ ރިޕޯޓް

ހިޔާ މަޝްރޫޢުގެ ދަށުން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫޢުގައި ސްޓެލްކޯއިން އެޅި ދެ ޓަވަރުގައި އެއް ކޮޓަރީގެ 144 ފުލެޓު ހުރިކަން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ.

ސްޓެލްކޯއިން ހިންގި މި މަޝްރޫޢުގައި އަޅާފައިވާ އެއް ކޮޓަރީގެ ފުލެޓުތަކުގެ ތެރެއިން ކޮންމެ ޓަވަރެއްގެ ފުރަތަމަ ހަތަރު ފަންގިފިލާގައި އަޅާފައިވާ ޓަވަރުތަކަކީ ސަރުކާރަށް ކަނޑައަޅާފައިވާ އަގަކަށް ވިއްކަން ޖެހޭ ފުލެޓުތަކެއްކަން އެސްއީއޯ ކޮމިޓީގެ ރިޕޯޓުގައިވެސް ފާހަގަކޮށްފައިވެއެވެ. އެގޮތުން 72 ފުލެޓެއް ސަރުކާރަށް ވިއްކަން ޖެހޭ ކަމަށް އެ ކޮމިޓީ ރިޕޯޓްގައިވެއެވެ. ސަރުކާރަށް 72 ފުލެޓު ގަނެވެން އޮތްއިރު، އެ ފްލެޓްތައް ނުގަތުމަށް ނިންމާފައިވާކަންވެސް ރިޕޯޓުން ހާމަވެއެވެ.

ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެފައިވަނީ ފުލެޓު އަޅާފައިވާ ކުންފުނިތަކުގެ ތެރެއިން އެމްޑަބްލިއުއެސްސީ ފިޔަވައި އެއްވެސް ކުންފުންޏަކުން ސަރުކާރަށް އެއް ކޮޓަރީގެ ފުލެޓު ލިބެން ނެތް ކަމަށެވެ. އެގޮތުން އެމްޑަބްލިޔުއެސްސީގެ 36 ފުލެޓެއް ލިބެންހުރިކަން ފާހަގަކޮށްފައިވެއެވެ.

ހިޔާ މަޝްރޫޢުގެ ދަށުން އަޅާ އެއްކޮޓަރީގެ ފުލެޓުތަކަށް އެދި ފޯމު ހުށަހެޅި ތިން ކެޓަގަރީއަކަށް ނިސްބަތްވާ މީހުންގެ ފޯމުތައް މި ސަރުކާރުން ވަނީ ބާޠިލުކޮށްފައެވެ. ފޯމުތައް ބާޠިލުކުރީ އެކަށީގެންވާވަރަށް ފުލެޓު ނެތް ކަމަށް ބުނެއެވެ.

އެއްކޮޓަރީގެ ފުލެޓުތައް ދޭން ނިންމާފައި އޮތީ އަލަތު ކައިވެނި ކުރާ ޒުވާނުންނަށާއި، އުމުރުން 18 އަހަރާއި 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކުގެ އިތުރުން މާލެ މުނިސިޕަލްޓީގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.