14 Mar 2021 | 12:35
އާރާ 11

"ހެވޭ އެކަމަކުވެސް. މަށަށް ހީވި އެއްޗަކަސް މާދަން މުދިންބެ ގެންނަންވާނެ." ހުސްނާ ސިޑިން ފައިބަމުން ބުނެލިއެވެ. "ދެން މާދަމާ ވީމަ އެނގޭނީ. އިހަށްތި ނިދޭތޯ އުޅެބަލަ." ވަހީދު ޖަވާބުދިނެވެ. "ހާ… ކިރިޔާނު މިސަލާމަތްވީ. މަންމަމެން ހާދަ ބިރުގަނެއޭ އިފްރާން ދެކެ. ކީއްވެބާ؟ އޭނަ އެހާ ބިރުވެރިއެއްވެސް ނޫން" ހަމަޖެހިލުމުގެ ނޭވާއެއްލަމުން އާރާ ހިތާހިތާ ކިޔާލިއެވެ.

"ވަހީދޫ ދެން ހޭލަބަލަ. އެއޮށްގެން އިރުއަރަނީ." ހުސްނާ ވަހީދު ނުތެދުވެގެން ހިތްހަމަ ނުޖެހިފައިހުރެ ގޮވަމުން ދިޔައެވެ. "ނނނ ކީއްތަވީ އިރުއެރިއްޔާ؟" ވަހީދު ސުވާލުކޮށްލިއެވެ. "ދޭ ބަލަ މުދިންބެ ގޮވައިގެން އަންނަން." ހުސްނާ އަދިވެސް ރޭގައި ހިނގާދިޔަ ކަންތަކާއި މެދު ހާސްވަނީއެވެ. "އެކަމަކު ދެން… އެއީ ހުސްނާ ބިރުން ހުންނަވަރުން ހީވި އެއްޗަކަށް ވާނީ. އެމަންޖެ އޮތީ ނިދާފައެއްނު." ވަހީދު އެދުން ތެދުވަމުން ހުސްނާއަށް ވިސްނަ ދެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ހުސްނާ ކުރުނުކޮށްގެން މުދިންބެ ހޯދަން ވަހީދު ދިޔައެވެ.

ވަހީދު، މުދިންބެ ގޮވައިގެން ގެއަށް އައިއިރު ހުސްނާ ގޭގެ ގޯތިތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓެވެ. މުދިންބެ ފެނުމާއެކު ހުސްނާގެ މޫނުމަތި އުޖާލާވިއެވެ. ތިންމީހުން އެކުގައި ގޭތެރެއަށް ވަނެވެ. ގޭގެ ސިޓިންރޫމް ގައި މުދިންބެ ގެނައި ކުޑަ މުށިކުލައިގެ ފޮއްޓެއް ބަހައްޓާފައި، ކިޔަވަން ގެންގުޅޭ ފޮތްތައް އަތުރާލިއެވެ. އަދި ހަމަޖެހިލަމުން ކިޔަވަން ފެށިއެވެ. އިރުކޮޅަކު ކިޔެވުމަށްފަހު މުދިންބެ ލޯ ހުޅުވާލިއެވެ. "އޭތި އެމަންޖެ ކައިރިއަށް އަންނަތާ ދުވަސްކޮޅެއްވެއްޖެ." މުދިންބެގެ މި ބަސްތަކާއެކު ހުސްނާ ވަހީދުއަށް ބަލާލިއެވެ. "އަހަރެން ބުނީމެއްނު. އަހަރެން އަޑުއެހީމޭ. އަނެއްކާ މަގޭ ދަރިއާއެކު އޭތި ކޮންކަމެއްބާ އެރާވަނީ؟" ހުސްނާ ގެ ކަންބޮޑުވުން އިތުރުވިއެވެ.

"އަހަރެމެން ނަށް ބަލަވީ ވަރަށް ނުބެލުނީމަ މިހެން މިވީ. އެކަމަކު ދެން އޭއްޗަކަށް އެމަންޖެއަކާ ބައްދަލެއް ނުކުރެވޭނެ. އަހަރެން ވަރުގަދަ އެތިފަހަރެއް ހަދާނަން." މުދިންބެ ކިޔަވަން ފަށަމުން ބުނެލިއެވެ. މުދިންބެ އެ މުށިކުލައިގެ ފޮށިން ބިއްލޫރި ފުޅިއެއް ނެގިއެވެ. އޭގައި އަޅިކުލައިގެ ހިމުންކުނޑި ތަކެއް ހުއްޓެވެ. ފުޅިއަށް ކިޔަވާފައި އެ ފުޅި ހުސްނާ އަތަށް މުދިންބެ ދިނެވެ. "އެ މަންޖެ ނޫޅޭ ގަޑިއަކު އެ ކޮޓަރީ ކުޑަދޮރުމައްޗަށް މީގެ އެއްބައި އަޅާލާ. ދެން އެމަންޖެ ނިދަން ވަނީމަ ބާކީ ހުރިބައި ކޮޓަރީ ދޮރުމައްޗަށް އަޅާލާ. ހަނދާން ކުރާތި މި ކުރަން އުޅޭ ކަންތަކުން އެމަންޖެ އަށް ގިނަ ކަންތައްތަކެއް ޝައްކު ކުރެވޭނެ. ތި ކުދިންނަށް ދެންއޮތީ އެމަންޖެއަށް އޭތި އެއީ ދޮގުހަދާ ގޯސް އެއްޗެއްކަން ބުނެދީގެން ގަބޫލުކުރުވުން." މުދިންބެ ވަރަށް ރަނގަޅަށް ކިޔާދިނެވެ.

މުދިންބެގެ އިރުޝާދައި އެއްގޮތަށް ހުސްނާ ކަންތައްކުރިއެވެ. އާރާ އޮފީހަށް ދިއުމާއެކު އެކޮޓަރީގެ ކުޑަދޮރުމައްޗަށް އެފުޅިން އެއްބައި އަޅާލިއެވެ. ހުސްނާ ސިހުނީ ކުނޑިތައް އައިސް ކުޑަދޮރުގައި ޖެހުމާއެކު އަނދައިގެން ދާތީއެވެ. އެއްޗެއް އަޅާފައި ހުރި ކަމުގެ އެއްވެސް ނިޝާނެއް އެތާކު ނެތެވެ.

އިރުއޮއްސުމާއެކު ހުސްނާ އިންތިޒާރު ކުރަމުންދިޔައީ އާރާ ނިދަންވަންނާނެ ވަގުތަކަށެވެ. އާރާ ރޭގަނޑުގެ ކެއުމުގެ ކަންތައް ނިންމާލުމަށްފަހު ކޮޓަރިއަށް ދިޔައެވެ. ވާންއުޅޭ ކަންތަކުގެ އެއްވެސް ހިލަމެއް އޭނައަށް ނުވާ ކަހަލައެވެ. މާދަމާއަކީ ހުކުރު ދުވަސް ކަމުން އޮފީސް ބަންދުވާނެއެވެ. އެހެންކަމުން އިފްރާން އާއި އެކު ގިނަވަގުތު ހޭދަކުރެވޭނެތީ އޭނާ ހުރީ ވަރަށް އުފަލުންނެވެ.

އާރާ ކޮޓަރިއަށް ވަނުމާއެކު ހުސްނާ އެ ފުޅި ހިފައިގެން ގޭގެ މަތީބަޔަށް އެރިއެވެ. އަދި އެކޮޓަރީ ދޮރުމައްޗަށް ފުޅީގައި ބާކީ ހުރި ކުނޑިތައް އަޅާލިއެވެ. ހިތްހަމަ ޖެހުމުގެ ނޭވާއާއި އެކު ހުސްނާ ހިތާހިތާ ކިޔާލިއެވެ. "ދެން އަޅެ އަހަރެންގެ ދަރި ގެންގޮސްބަލަ ހިތްވަރެއް ހުރިއްޔަ!" އޭނާ ތިރިއަށް ފައިބާފައި ވަހީދުއަށް ހުރިހާ ކަމެއް ނިމިއްޖެކަމުގެ އިޝާރާތް ކޮށްލިއެވެ.

އާރާ ގެ އިންތިޒާރު ކޮޅުންލިއެވެ. މިރޭ އިފްރާން ލަސްވެއްޖެއެވެ. އޭނާ ގަޑިއަށް ބަލާލިއިރު މިހާރު ގަޑިން 2 ޖަހަނީއެވެ. ކުޑަކޮށް ދެރަވެފައި ހުރެ ގޮސް އެނދުގައި އިށީންދެލިއެވެ. "މިވީ ކިހިނެއް؟ މިރޭ ނުވެސް އާދޭ. އަނެއްކާ ކަމެއްވީބާ!" ވިސްނި ވަރަކަށް އޭނާގެ ހިތް ނުތަނަވަސް ވަމުން ދިޔައެވެ. އެއްލުނު ކަޅިއަކުން ކުޑަދޮރު ފަހަތުން ފެހި ކުލައިގެ އައްޔެއް އޭނާގެ ލޮލުގައި އަޅައިގަތެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުން އޭނާ ކުޑަދޮރާއި ދިމާލަށް ދުއްވައިގަތެވެ.

ކުޑަދޮރުގެ ފޮތިގަނޑު ކަހާލިއިރު އިފްރާން ހުއްޓެވެ. ފިޔަގަނޑު ޖަހާލަ ޖަހާލާ އޭނާ ހުރީއެވެ. އެ މޫނުމަތީ އެއްވެސް އުފާވެރިކަމެއް ނެތެވެ. "އިފްރާން؟" އާރާ ގޮވާލުމުންވެސް އެއްވެސް އެއްޗެކޭ އޭނާ ނުބުނެއެވެ. "ކީއްވެފަ ތިހުރީ؟ މިރޭ ނުވަންނަންތަ ތިހުންނަނީ؟" ކިތަންމެ ވަރަކަށް އާރާ ސުވާލުކުރި ނަމަވެސް އޭނާ ޖަވާބެއް ނުދެއެވެ. ބަދަލުގައި ހިތްދަތި ބެލުމަކުން އާރާއަށް ކަޅި ޖަހާވެސް ނުލައި އޭނާ ބަލަން ހުރީއެވެ.


- ނުނިމޭ -

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ
08 Sep 2026
ފިޒިއޮތެރަޕީގެ ދާއިރާ ކުރިއެރުވުމަށް އެމްއެންޔޫ އާއި އެމްޕީއޭ ދެމެދު އެމްއޯޔޫއެއް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް ފިޒިއޮތެރަޕީ އެސޯސިއޭޝަން (އެމްޕީއޭ) އާ ދެމެދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހާ ގުޅުވައިގެން، މިއަދުއެވެ.
08 Sep 2026
ޖަމާލުއްދީން ސްކޫލުގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ސެޝަނެއް ބާއްވައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން، ޖަމާލުއްދީން ސްކޫލުގެ ގްރޭޑް 8 ގައި ތަޢުލީމު ޙާޞިލުކުރަމުންދާ ގާތްގަނޑަކަށް 300 އެއްހާ ދަރިވަރުންނަށް ޚާއްޞަކޮށްގެން ކެރިއަރ ގައިޑެންސް ސެޝަނެއް ބާއްވައިފިއެވެ.
08 Sep 2026
ހޫނުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އިހްސާސް ކުރެވޭ ހޫނުމިން އިންތިހާއަށް މަތިވަމުންދާތީ، ހޫނުގެ ސަބަބުން ސިއްޙަތަށް ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
08 Sep 2026
އަލިފާނުގެ ހާދިސާއާ ގުޅޭ އިތުރު އެއްވެސް މަޢުލޫމާތު ޔާމީނަށް އެނގިވަޑައިނުގަންނަވާ
އަމީނީމަގުގައި ހުންނަ ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭގޮތުން، އެމަނިކުފާނަށް އިތުރު އެއްވެސް މަޢުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
08 Sep 2026
އިންޑިއާގެ 175 އަހަރުވީ ފައްޅިއެއް ގަންގާ ކޯރުގެ ތެރެއަށް ފެތިއްޖެ
އިންޑިއާގެ ހުޅަނގު ބެންގާލްގެ މާލްދާ ޑިސްޓްރިކްޓަށް ކުރިމަތިވެފައިވާ ފެންބޮޑުވުމާއި ކޯރުގެ އައްސޭރިފަސް ގިރުމުގެ ހާދިސާތަކުގައި، ރަތުއާ ސަރަޙައްދުގައި ހުރި 175 އަހަރުވީ ޒަމާންވީ ފައްޅިއެއް އާދީއްތަ ދުވަހު ގަންގާ ކޯރުގެ ތެރެއަށް ވެއްޓި ފެތިއްޖެއެވެ.
08 Sep 2026
ޕެންޝަން އޮފީހުގެ ބޯޑު މެންބަރުންގެ އަދަދު އިތުރުކޮށް ގަވާއިދަށް ބަދަލެއް
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރުންގެ އަދަދު ނުވަޔަކަށް އިތުރުކޮށް، އެ އޮފީހުގެ ހިންގާ ގަވާއިދަށް އިސްލާހު ގެނެސްފިއެވެ.