22 Mar 2021 | 11:12
އާރާ 12

ކުޑަދޮރުގެ ފޮތިގަނޑު ކަހާލިއިރު އިފްރާން ހުއްޓެވެ. ފިޔަގަނޑު ޖަހާލަ ޖަހާލާ އޭނާ ހުރީއެވެ. އެ މޫނުމަތީ އެއްވެސް އުފާވެރިކަމެއް ނެތެވެ. "އިފްރާން؟" އާރާ ގޮވާލުމުންވެސް އެއްވެސް އެއްޗެކޭ އޭނާ ނުބުނެއެވެ. "ކީއްވެފަ ތިހުރީ؟ މިރޭ ނުވަންނަންތަ ތިހުންނަނީ؟" ކިތަންމެ ވަރަކަށް އާރާ ސުވާލުކުރި ނަމަވެސް އޭނާ ޖަވާބެއް ނުދެއެވެ. ބަދަލުގައި ހިތްދަތި ބެލުމަކުން އާރާއަށް ކަޅި ޖަހާވެސް ނުލައި އޭނާ ބަލަން ހުރީއެވެ.

އާރާ އަވަސް އަވަހަށް ކުޑަދޮރު ހުޅުވާލިއެވެ. އަދި ކުޑަދޮރުން ބޭރަށް އަތް ލުމަށް އަތް ދަމާލިއެވެ. ނަމަވެސް އާރާގެ އަތް ބޭރަށް ލެވޭގޮތެއް ނުވިއެވެ. ލޮލަށް ނުފެންނަ ހުރަހެއް އެތާނގައި ވެއެވެ. އޭނާގެ އަތް ދަމާލުމުން ބިއްލޫރި ގަނޑެއްގައި އަތް ޖެހޭ ކަހަލަ އިހުސާސެއް ވެއެވެ. އަދި އަތް ލާ ކޮންމެ ތާކުން ރަތް ކުލައިގެ ވިދުވަރެއް ފާޅުވެއެވެ. އޭނާ މަސައްކަތް ކުރަމުން ދިޔައީ ކުޑަދޮރުން އަތްލައި އިފްރާންގެ އަތުގައި ހިފޭތޯއެވެ. ނަމަވެސް އެކަން ކާމިޔާބުނުވުމުން އާރާއަށް ރޮވެން ފެށިއެވެ.

އާރާގެ އެ ހަރަކާތްތައް ބަލަންހުރި އިފްރާންގެ ހިތް ކުދިކުދި ވަމުން ދިޔައެވެ. އާރާ ރޯން ފެށުމުން އޭނާގެ ކެއްތެރިކަން ކޮޅުންލިއެވެ. އިފްރާން ކުޑަދޮރާއި ކައިރިވެލިއެވެ. އަދި އާރާގެ ސަމާލުކަން ހޯދުމަށްފަހު އަތުގެ އިޝާރާތުން ރުއިން ހުއްޓާލުމަށް އެދުނެވެ. އާރާ ވެސް ހިތްވަރު ކޮށްފައި ލޯ ފޮހެލިއެވެ. އިފްރާން އަދި އަންނާނެ ކަމުގެ އިޝާރާތެއް ކޮށްލުމަށްފަހު އުދުއްސައި ގަތެވެ.

އިފްރާން ދާ މަންޒަރު ބަލަންހުރި އާރާއަށް އަނެއްކާވެސް ރޮވުނެވެ. ހިތްފުރޭ ވަރަށް ރޯލެވުމުން އޭނާގެ ސިކުނޑި މަސައްކަތް ކުރަން ފެށިއެވެ. އޭނާގެ މައިންބަފައިންގެ ކަމެއްކަން އޭނާއަށް ޔަގީނެވެ. ލޯ ފޮހެލަމުން ކޮޓަރިން ނުކުންނަން އޭނާ މިސްރާބުޖެހިއެވެ. ކޮޓަރީ ދޮރުހުޅުވާލިއިރު ވަހީދާއި ހުސްނާ އެތާނގައި ތިއްބެވެ. އާރާ ނުކުންނަން އުޅުމުން ނުކުމެވޭ ގޮތެއް ނުވިއެވެ. ކުޑަދޮރުގައި ހުރި ކަހަލަ ނުފެންނަ ހުރަހެއް އެ ދޮރުމަތީގައި ވެސް ވެއެވެ.

އާރާއަށް ފަހަތައް ޖެހެލެވުނެވެ. އޭނާހުރީ ބަންދުވެފައި ކަމުގެ އިހުސާސެއް ކުރެވުނެވެ. އޭނާގެެ ލޯބިވާ މަންމަ އާއި ބައްޕަ އެފަދަ ކަމެއްކޮށްފާނެ ކަމަށް އޭނާ ދުވަހަކުވެސް ހިތަކަށް ނާރައެވެ. އާރާ ބަލަބަލައި ހުއްޓައި ވަަހީދާއި ހުސްނާ އެއްވެސް ޖެހިލުމެއްނެތި ދޮރުން ވަދެގެން އައެވެ. އޭނާގެ ހިތުގައި އެތަކެއް ސުވާލެއް އުފެދުނެވެ.

"ދަރިފުޅާ…" ހުސްނާ އޯގާތެރި ރާގެެއްގައި އާރާއަށް ގޮވާލިއެވެ.

އާރާއަށް ފަހަތައް ޖެހެވުނެވެ. "މަންމަމެން ކިހިނެއް ހަދަން ތިއުޅެނީ؟ އަހަރެން ބަންދުކޮށްފަ ބަހައްޓަންތަ؟ މަންމަމެންނަށް ކީއްވެ ދޮރުން ވަދެވުނީ؟" އާރާ ސުވާލުތައް އަމުނާލިއެވެ.

"ހަމަޖެހޭ ދަރިފުޅާ! މިއީ ދަރިފުޅުގެ ރައްކަލަކަށް ބައްޕަމެން ކުރާ ކަމެކޭ" ވަހީދު އާރާއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. އާރާ މިފަހަރު އެކަން ގަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ. "ނޫން! މިއީ އަހަރެންނަށް ކޮށްދޭ ކަމެއް ނޫން. ބައްޕަމެން ކަމެއް ފޮރުވަން ކުރާކަމެއް. ހިބާގެ ނަމުގަ ވަރަށް ބޮޑުސިއްރެއްވޭ. އެކަން ވެސް ނުބުނަން ތިއުޅެނީ. އިފްރާން ދެކެ ތިހާ ބިރުގަންނަންވީ ސަބަބެއްވެސް ވާނެ. އަހަރެން މީ ކާކު؟ އިފްރާން އަހަންނަށް ޙަޤީޤަތް ކިޔާދިނުމުން ތި ހުއްޓުވަނީ ކީއްވެ؟"

އާރާގެ ބަސްތަކުން ވަހީދާއި ހުސްނާގެ އަނގަ ބަންދުވިއެވެ. އެ ދެމީހުންވެސް ބުނާނެއެއްޗެއް ނޭނގިފައި ތިބީއެވެ. "ކީއްވީ؟ މިއަދު ބުނާނެ އެއްޗެއް ނޭނގިފަ ތިބީ ކީއްވެ؟ ތިއީ ހަމަ އަހަރެންގެ މަންމަ އާއި ބައްޕަތަ؟ ނޫނީ އެވެސް އޮޅުވާލު..." އާރާގެ ސުވާލު ރަނގަޅަށް ފުރިހަމަ ނުވެގެން އުޅެނިކޮށް ހުސްނާ މެދުކަނޑާލިއެވެ. "ދަރިފުޅާ! ތިއީ މި މަންމަގެ ދަރިފުޅޭ. މަންމަ އަކަށް ނޭނގެ އޭތި ދަރިފުޅު ކައިރީ ދެއްކީ ކޮން ވާހަކައެއް ކަމެއް. އެކަމަކު އެއީ ހުސް ދޮގު! ކީއްވެ ދަރިފުޅު މިހާރު މަންމަގެ ބަސް ގަބޫލު ނުކުރަނީ؟ މަންމަމެނަށް ވުރެ އޭތި މުހިންމުވީތަ؟

"އޭތި؟ އެއީކީ އެއްޗެއް ނޫން. އޭނައަށް ކިޔަނީ އިފްރާން. އިފްރާން ދެކެ އަހަރެން ލޯބިވޭ. މަންމަ އިފްރާން ދެކެ ބިރު ގަންނަން ވީ ސަބަބެއް ނެތް. ބިރުވެރި މީހެއް ނޫން އެއީކީ." އާރާ ގޮތް ދޫކުރާ ޚިޔާލެއް ނުކުރެއެވެ. "އެއީކީ އިންސާނެއްވެސް ނޫނޭ ދަރިފުޅާ!" ވަހީދު ބުނެލިއެވެ. "އަހަރެން މިއީ އިންސާނެއްކަންވެސް ޔަގީނެއްނޫން މިހާރަކު! އެ ދޮރުން އަހަންނަށް ނުދެވިފަ މަންމަމެންނަށް ވަދެވެންވީ އިތުރު ސަބަބެއް އޮތް ހެނެއް ހީއެއްނުވޭ." އާރާ ހިސާބަކަށް ނުރުހުން ވިއެވެ.

"ހުސްނާ އިހަށް މިތަނުން ހިނގާ" ކާމިޔާބު ލިބެން ނެތްކަން ޔަގީންވުމުން ވަހީދު ހުސްނާ ގޮވައިގެން ނުކުންނަން ހިނގައި ގަތެވެ. "އަބަދަކު އޮޅުވާލައިގެނެއް ނޫޅެވޭނެ! އަހަރެން މިތަނުން ނުކުންނާނަން!" އާރާ ފުރަތަމަ ފަހަރަށް އޭނާގެ މައިންބަފައިންނާއި އެ ފަދަ ގޮތަކަށް މުޚާތަބުކުރިއެވެ. ކޮޓަރިން ނުކުނަން ދިޔަ ހުސްނާ ފަހަތައް އެނބުރިލައި ޖަވާބުދިނެވެ. "އަދި ދަރިފުޅަށް ވިސްނޭނެ!"


- ނުނިމޭ -

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Jun 2026
މިރޭގެ މާރާމާރީ: އަނިޔާވި އެކަކު ފަރުވާއަށް ފަހު ދޫކޮށްލުމުން ހައްޔަރުކޮށްފި
ފުލުހުން ފަހުން ބުނީ އެތަނުން އެކަކު ފަރުވާއަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ. އަދި މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި އެ މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ.
21 Jun 2026
އަނެއްކާ ވެސް ވޭޕްގެ ބޮޑު ސްޓޮކެއް އަތުލައިގެންފި، މި ފަހަރު 6،328 ވޭޕް ކާޓްރިޖް
މިއީ ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމަންޓެއްގައި ގާނޫނާއި ގަވާއިދާ ހިލާފު ތަކެތި ހުރެދާނެކަމަށް ބެލެވިގެން ހިންގި އޮޕަރޭޝަނެކެވެ.
21 Jun 2026
ފަރުކޮޅުފުށި ހިއްކި ބިމުގައި މާރާމާރީއެއް: ދެ މީހަކަށް އަނިޔާވެ ފަރުވާ ދެނީ
މާރާމާރީގައި އަނިޔާވީ 21 އަހަރުގެ ފިރިހެނަކަށާއި 34 އަހަރުގެ ފިރިހެނަކަށެވެ. އެ މީހުންގެ ހާލު ސީރިއަަސް ނޫން ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
21 Jun 2026
މާލެ ވެޓް މާކެޓް މަޝްރޫއު: ބިން ހަވާލުކޮށްދޭން އެދި ހަތަރު ސިޓީ، ކައުންސިލުން ދައްކަނީ ބަހަނާ
އެ މިނިސްޓްރީން މިއަދު އެ މަޝްރޫއުއާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން އާންމުންނަށް އޮޅޭގޮތަށް މަޢުލޫމާތު ހާމަކުރާ ކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ.
21 Jun 2026
ޤައުމީ ޔުނިވަރސިޓީން ޞިއްޙީ ދާއިރާގެ ތިން ޑިގްރީ ޕްރޮގްރާމެއް ތައާރަފުކޮށްފި
ޔުނިވަރސިޓީން އަލަށް ތައާރަފުކުރި ތިން ޕްރޮގްރާމްގެ ތެރޭގައި ހިމެނެނީ، ތިން އަހަރު ދުވަހުގެ ބެޗެލާ އޮފް ސައިންސް އިން ޕެރަމެޑިކް ސައިންސަސް އާއި ހަތަރު އަހަރު ދުވަހުގެ ބެޗެލާ އޮފް ސައިންސް އިން ސްޕީޗް-ލެންގުއެޖް ޕެތޮލޮޖީ (އޮނާސް) އާއި ހަތަރު އަހަރު ދުވަހުގެ ބެޗެލާ އޮފް އޮކިޔުޕޭޝަނަލް ތެރަޕީ (އޮނާސް) އެވެ
21 Jun 2026
ދިރާސާއެއް: ގްރޭޑް 9، 10 ގެ ދަރިވަރުން ނިދަނީ މެންދަމު
"މި ދައްކަނީ ބޮޑެތި މީހުންގެ ވާހަކައެއް ނޫން. މި ކުދީން ނިދާ ގަޑިއަކީ 1:30 އާއި 2:30 ނުވަތަ 3:30 އާއި 4:00އާ ދެމެދު,"
21 Jun 2026
ދަރަވަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި
މި ޚިދުމަތް އެ ރަށުގައި ޝަރަފްވެރިކޮށްދެއްވީ އިމިގްރޭޝަންގެ ވަގުތީ ޒިންމާދާރުވެރިޔާ، ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރ އަޙްމަދު ވަޙީދު އެވެ.
21 Jun 2026
ޝެއިޚް އިސްމާޢީލް އަވަހާރަވިއިރު ޤުރުއާނުގެ ތަފްސީރު އޮތީ ތަރުޖަމާކޮށް ނިންމަވާފައި
ފަޟީލަތުއްޝައިޚު އިސްމާޢީލް މުޙައްމަދު އަވަހާރަވީ އިރު، ކީރިތި ޤުރްއާނުގެ ތަފްސީރު އެއްކޮށް ދިވެހި ބަހަށް ތަރުޖަމާކޮށް ނިންމަވާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.