އިސްތަށިގަނޑު ބަލިކަށިވަނީ ކީއްވެ؟

29 Mar 2021 | 15:21

ބޮލުން އިސްތަށި ފޭބުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ މައްސަލައެކެވެ. އެގޮތުންދިވެހިންގެ ތެރޭގައިވެސް މިމައްސަލަ ކުރިމަތިވާ މީހުން ވަރަށް ގިނައެވެ.

ކޮންމެ އަންހެން ކުއްޖަކުވެސް ބޭނުންވަނީ ރީތި ފަން ހަށިގަނޑެއްގެ ވެރިޔަކަށް ވާށެވެ. ފިރިހެނުންވެސް ހަމަ މިފަދައެވެ.

މި ލިޔުމުގައި މި ބަލައިލަނީ ބޮލުގެ އިސްތަށިގަނޑު ފައިބަން ދިމާވާ ބައެއް ކަންކަމަށެވެ.

ދުންފަތަކީވެސް އިސްތަށިގަނޑަށް ހުރި ނުރައްކަލެކެވެ. މީގެ ސަބަބުން އިސްތަށިގަނޑަށް ބޭނުންވާ އޮކްސިޖަން ލިބޭ މިންވަރު މަދުވެއެވެ. މީގެ އިތުރުން ދުންފަތަކީ އުމުރަށް ވުރެ އަވަހަށް އިންސާނާ މުސްކުޅި ކޮށްލާ އެއްޗެއް ކަމަށް ހޯދުންތަކުން ދައްކައެވެ. މިގޮތުން ބޮލުން އިސްތަށި ފޭބުމާއި ތަލަ ވުމަކީވެސް މުސްކުޅި ވުމުގެ ނިޝާންތަކެވެ.

އާދަޔާ ޚިލާފަށް ކަންކަމާ ވިސްނާ ފިކުރު ކުރުމަކީވެސް އިސްތަށި ފޭބުމަށް މަގުފަހި ކުރުވާ ކަމެކެވެ. ސަބަބަކީ މިފަދަ ވަގުތު ތަކަކީ ހަށިގަނޑުގައި އައު އިސްތަށި އުފެއްދުމަށް ހުރަސް އަޅާ ދެ ހޯމޯން ކަމުގައިވާ ކޯޓިސޮލް އާއި ނޯރާ ޑްރިނަލައިން ހަށިގަނޑުގައި އުފެދޭ މިންވަރު އިތުރުވާ ވަގުތެވެ.

އިސްތަށި ގަނޑާއި ދަތްތަކާއި ހުރި ގުޅުން ވަކި ކުޑައެއް ނޫނެވެ. ދަތްފަނި ކެއުމަކީވެސް އިސްތަށި ފޭބުމަށް މަގުފަހިކުރުވާ ކަމެކެވެ. ދަތުގެ މައްސަލަތައް ހުންނަ މީހުން ބޮލުގެ ތަންތަންކޮޅު ތަލަވުމަކީވެސް ދިމާވާ މައްސަލައެކެވެ. މިހެން ދިމާވަނީ ހަށިގަނޑުގައި ވައިޓް ބްލަޑް ސެލް އުފައްދާ މިންވަރު މަތިވެ އޭގެ ސަބަބުން އިސްތަށި އުފެދުމަށް ހުރަސް އެޅޭތީއެވެ.

ރީތި އިސްތަށިގަނޑެއް ބޭނުންވާނަމަ، ވަރަށް ގިނަ ކަންކަމަށް ސަމާލުކަން ދޭން ޖެހެއެވެ. އެގޮތުން ކުރެވިދާނެ ކަންކަމުގެ ތެރޭގައި ޞިއްޙަތަށް ފައިދާހުރި ކާތަކެތި ކެއުމާއި، އިސްތަށިގަނޑާއި ގުޅޭ ކޮސްމެޓިކްސް ބޭނުން ކުރުމުގެ އިތުރުން، ގޭގައި ކުރެވިދާނެ ބައެއް ފަރުވާ ކުރުން ހިމެނެއެވެ. 

Advertisement

ކޮމެންޓް