27 Mar 2021 | 14:28
ޤަބުރުގައި ބޭއްވޭހިނދު!

ބިންގަނޑުގެ އަޑީގެ އަނދިރިކަމަށާއި، އެތައް ބަރުދަނެއްހުރި ވެލިގަނޑެއްގެ ދަށަށް. އަހަރެން އެކަނިމާއެކަނި ދޫކޮށްލާފައި ދިއުމަށް. އަހަރެންގެ އަހުލުވެރިން ތައްޔާރުވަނީއެވެ. އަހަރެންގެ ދިރިއުޅުމުގެ. އާ ގޮވައްޗަކަށް މިވަނީ މި ކަށްވަޅެވެ. އިސާހިތަކު އަހަރެންނާ ކުރިމަތިވެގެން އަންނާނީ. ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ރައްކާތެރިކަމަށް އެދިވަޑައިގެންފައިވާ ކަށްވަޅުގެ ފިތުނައެވެ. އެއީ 3 ސުވާލެކެވެ. މި ސުވާލުތަކަކީ އެ ސުވާލުތަކެއްގެ މައްޗަށް މި ކަށްވަޅު އަހަރެންނަށް އުފާވެރިތަނެއްގެ ގޮތުގައި ވުމާއި، ނާމާން ބިރުވެރި ތަނެއްގެ ގޮތުގައި ވުން ބިނާވެފައިވާ ސުވާލުތަކެވެ. މި އިމްތިޙާނުން ފާސްވެއްޖެނަމަ އަހަރެންނަށް ކާމިޔާބުވީއެވެ. މި އިމްތިޙާނުން ފާސްނުވެއްޖެނަމަ އަބަދުގެއަބަދަށް އަހަރެން އަބާއްޖަވެރިވީއެވެ. سُبْحَانَ الله! މިއަށްވުރެ ބޮޑު އިމްތިޙާނެއް ފަހެ ވާނެތޯ؟

ސުވާލުތައް ކުރުމުގެ ވަގުތު އައިސްޖެހިއްޖެއެވެ. ސުވާލުތައް ކުރެއްވުމަށްޓަކައި ވަޑައިގަންނަވާ ދެ މަލާއިކަތްބޭކަލުންގެ ޞޫރައާއި، ޖާނުގެ ބޮޑުކަމާއި، އަޑުފުޅުގެ ވަރުގަދަކަން ދެނެވޮޑިގެންވަނީ ﷲ އެވެ. އެއީ އެކިމީހުންގެ ގާތަށް އެކި ޞިފަފުޅުގައި ވަޑައިގަންނަވާ ދެ ބޭކަލުންނެވެ. ހެޔޮމީހުންގެ ގާތަށް ރިވެތި ޞޫރާގައި ވަޑައިގެން، ހެޔޮކޮށް މުޢާމަލާތުކުރައްވައެވެ. ނުބައިމީހުންގެ ގާތަށް ބިރުވެރި ޞޫރާގައި ވަޑައިގެން، ހަރުކަށިކަމާއެކު މުޢާމަލާތުކުރައްވައެވެ. އެ ދެ ބޭކަލުން އަހަރެންނާމެދު މުޢާމަލާތުކުރައްވާނެ ގޮތް ބިނާވެފައި ވަނީ އަހަރެން ދުނިޔެމަތީގައި އުޅުނު ގޮތެއްގެ މައްޗަށެވެ. އަހަރެންނަށް ހެޔޮކޮށް އުޅެވިފައިވާނަމަ ހެޔޮކޮށް މުޢާމަލާތުކުރައްވާނެއެވެ. ނުބައިކޮށް އުޅެވިފައިވާނަމަ އެ ދެ ބޭކަލުންގެ މުޢާމަލާތްވެސް ނުބައިވެގެންވާނެއެވެ.

ދުނިޔެމަތީގައި އަހަރެންނަށް އެހީތެރިވިދިން އަހުލުންނެއް، އަދި އެހީތެރިންނެއް ގާތަކު ނެތެވެ. ކަށްވަޅުގައި އަހަރެން ވާހުށީ އެކަންޏެވެ. މި ކަމުގައި އަހަރެންނަށް ސާބިތުކަން ދެއްވުމަށް އެދި ދުޢާކޮށްދިން މީހެއްގެ ދުޢާއަކުން މެނުވީ އެބައިމީހުންގެ ފަރާތުން އަހަރެންނަކަށް މަންފާއެއް ނުކުރާނެއެވެ. ކަށްވަޅުގައި މައްޔިތާ ބޭއްވުމަށްފަހު، ވަގުތުކޮޅެއްވަންދެން އެ މައްޔިތާއަށް ސާބިތުކަން ދެއްވުމަށް އެދި ދުޢާކުރުމަށް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އިރުޝާދު ދެއްވާފައި ވަނީ މިހެންވެގެންނެވެ. ނަމަވެސް އަހަރެން ވަޅުލަން އައި ގިނަމީހުން އެތިބެނީ އަހަރެންގެ ޙާލަތާމެދު ޣާފިލުވެފައެވެ. އެއްބަޔަކު ހީ ސަމާސާ ކުރަނީއެވެ. އަނެއްބަޔަކު ދުނިޔަވީ ކޮންމެވެސް ވާހަކައެއްގައެވެ. އަހަރެން ވަޅުލުމަށްޓަކައި އެތައް ބަޔަކު މިވަނީ ޖަމާވެފައެވެ. ނަމަވެސް މިވަގުތުކޮޅު އަހަރެންނަށް ހެޔޮ ދުޢާއެއް ކޮށްދެނީ މީގެތެރެއިން ކިތައް މީހުންބާއެވެ. މި ކަށްވަޅުގައި އަހަރެންނަށް ސާބިތުކަން ދެއްވުމަށް އެދި އެއިގެން މީހެއްގެ ދުލުން ކޮށްލާނެ ދުޢާއަކަށް އަހަރެން މިވަނީ ބޭނުންޖެހިފައެވެ.

ސުވާލުކުރައްވަން އެވަޑައިގަންނަވާ ދެ މަލާއިކަތުން ވަޑައިގެން އަހަރެން ނަގާ ބައިންދަވާނެއެވެ. އެއަށްފަހުގައި ސުވާލު ކުރައްވާނެއެވެ. "ތިބާގެ ރައްބަކީ ކޮބައިތޯއެވެ؟" އަހަރެން އެ ސުވާލަށް ޖަވާބު ދިނުމުން ދެވަނަ ސުވާލުކުރައްވާނެއެވެ. "ތިބާގެ ދީނަކީ ކޮބައިތޯއެވެ؟" މި ސުވާލަށްވެސް އަހަރެން ޖަވާބުދީ ނިމުމުން ތިންވަނަ ސުވާލުކުރައްވާނެއެވެ. "ތިޔަބައިމީހުންގެ ތެރެއަށް ބޭކަލަކު ފޮނުއްވުނީ ކޮންކަމަކާއިގެން ހެއްޔެވެ؟"

އަޚުންނާއި އުޚްތުންނޭވެ. ވެރި ރައްބަކީ ﷲކަމުގައި ޖަވާބުދެވޭނީ ދުނިޔެމަތީގައި އެކަލާނގެ އެއްކައުވަންތަކޮށް، އެކަލާނގެއަށް ކިޔަމަންވެ ބޯލަނބައިގެންނެވެ. އެކަލާނގެއަށް ކުރަންޖެހޭ އަޅުކަންތައްތައް ކޮށްގެންނެވެ. ދީނަކީ އިސްލާމް ކަމުގައި ޖަވާބުދެވޭނީ އެއީ ޙައްޤު ދީންކަމަށާއި، އެހެންހުރިހާ ދީންތަކަކީ ބާޠިލު ދީންތަކެއް ކަމަށް ޤަބޫލުކޮށްގެންނެވެ. ރަސޫލާއަކީ މުޙައްމަދު صَلَّى اللهُ عَلَيْهِ وَسَلَّمَ ކަމުގައި ޖަވާބުދެވޭނީ އެކަލޭގެފާނަކީ ﷲ ގެ ރަސޫލާކަމަށް ހެކިވެ، އެކަލޭގެފާނަށް ފުރިހަމައަށް ތަބާވެ، އެންމެހާ މަޚްލޫޤާތްތަކަކަށްވުރެ އެކަލޭގެފާނު ދެކެ ލޯބިވެ، އެކަލޭގެފާނު ގެނެސްދެއްވި ހިދާޔަތުގައި ފުރިހަމައަށް ހިފަހައްޓައިގެންނެވެ. މި ނޫން އެއްވެސްގޮތަކުން އެ ސުވާލުތަކަށް ޖަވާބެއް ނުދެވޭނެއެވެ.

އެ ދެ މަލާއިކަތުންގެ ސުވާލުތަކަށް ރަނގަޅު ޖަވާބު ދެވިއްޖެނަމަ، އުފަލުގެ ކޮޅެއްނެތެވެ. ދުނިޔެމަތީގައި ތިބޭމީހުންނަށް އަނދިރި، ކުޑަ ގޮޅިއެއް ފަދައިން ފެންނަ ކަށްވަޅު ވެގެންދާނީ ސުވަރުގޭގެ ބަގީޗާތަކުގެ ތެރެއިން ބަގީޗާއަކަށެވެ. ސުވަރުގޭގެ މީރުވަހުން ވާނީ އެއްވަސްވެފައެވެ. ސުވަރުގޭގެ ތަންމަތި ފަތުރާލެވި، ސުވަރުގޭގެ ފޭރާމުން އެމީހަކު ފޭރާން ލެއްވޭނެތެވެ.

ޖަވާބު ނުދެވިއްޖެނަމަ ހިތާމައިގެ ކޮޅެއްވެސްނެތެވެ. އެ ބޭކަލުންގެ އަތްޕުޅުގައިވާ ދެ މުގުރުން ދެ ފަރާތުގައި ޖަހާލެވޭނެއެވެ. އެހިނދު، ރޮއިގަންނަ އަޑު އިންސީންނާއި ޖިންނީން ފިޔަވައި އެހެން ހުރިހާ މަޚްލޫޤާތްތަކަށް އަޑުއިވޭނެއެވެ. އަދި ކަށްވަޅު ހަނިކުރެވި، ހަށިގަނޑު ފިސްފިސް ކޮށްލެވޭނެތެވެ. ނަރަކައިގެ ނުބައިވަހުން މުޅިތަން އެއްވަސްކުރެވޭނެއެވެ. ނަރަކައިގެ ތަންމަތި ފަތުރާލެވި، ނަރަކައިގެ ފޭރާމުން ފޭރާންލެއްވޭނެތެވެ. އެއާއެކު ކަށްވަޅުގެ ޢަޒާބު ފެށިގެން އަންނާނެއެވެ.

އަޚުންނާއި އުޚްތުންނޭވެ. މިއީ ހަމައެކަނި އަހަރެންނާކުރެވޭ ސުވާލުތަކެއް ނޫނެވެ. ވަޅުލެވުނުމީހެއްނަމަވެސް، ކަނޑަށް ޣަރަޤުވިމީހެއްނަމަވެސް، އަނދައިގެންގޮސް އެމީހާގެ ހަށިގަނޑު އަޅިއަށްވެއްޖެމީހަކަށްވެސް މި ސުވާލުތައް ނުކުރެވިއެއް ނުދާނެއެވެ.

މާތް ﷲ އަޅަމެންނަށް ސާބިތުކަން ދެއްވައި، ކަށްވަޅުގެ ޢަޒާބުން ސަލާމަތް ކުރައްވާނދޭވެ!

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
މޮޅަދޫ ކައުންސިލްގެ ސެޕްޓެމްބަރު މަހުގެ އާމްދަނީގެ 91 އިންސައްތަ ލިބިފައިވަނީ ހިލޭ އެހީން
އެ ކައުންސިލުން މިއަދު އާންމުކުރި އާމްދަނީ ރިޕޯޓުން ދައްކާ ގޮތުގައި ސެޕްޓެމްބަރު މަހުގެ ޖުމްލަ އާމްދަނީގެ ގާތްގަނޑަކަށް 91 އިންސައްތައަކީ ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާއެވެ.
06 Oct 2026
ފަލަސްތީން ދަނޑުވެރިއްގެ ބިމުގައި އިސްރާއީލުން ފެންގަނޑެއް ތަރައްގީކުރަން ފަށައިފި
އިސްރާއީލުގެ މާލީ ވަޒީރު ބެޒަލެލް ސްމޮޓްރިޗް އާދީއްތަ ދުވަހު ސޯޝަލް މީޑިއާ މެދުވެރިކޮށް މި މަޝްރޫއު ފެށިކަން އިއުލާނުކޮށް، ތާރީހީ ތަންތަނުގެ މައްޗަށް އިސްރާއީލުގެ ބާރު ހިންގުން ވަރުގަދަކުރުމުގެ ބޮޑު ޕްލޭނެއްގެ ބައެއް ކަމަށް ސިފަކޮށްފައިވެއެވެ. ހުޅަނގު އައްސޭރީގައި ގާނޫނާ ހިލާފަށް ވަޒަންވެރިވެގެން ތިބޭ ބައެއް ކަމަށްވާ ސްމޮޓްރިޗް ޕޯސްޓުގައި ފަލަސްތީނު ބިން ފަތަހަކުރުމުގެ މަސައްކަތް ކާމިޔާބުކަމާއެކީ ކުރިއަށްދާ ކަމަށް ފާހަގަކޮށްފައިވެއެވެ. މި އިއުލާނުގެ ކުރިން ޖޫން މަހު ސްމޮޓްރިޗް ވަނީ، މި ސައިޓު ތަރައްގީކުރުމަށް ތިން މިލިއަނަށް ވުރެ ގިނަ ޝެކެލް (ގާތްގަނޑަކަށް އެއް މިލިއަން ޑޮލަރު) ހަރަދުކުރާނެ ކަމަށް ވައުދުވެފައެވެ.
06 Oct 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލު މަޖިލީހަށް ހުށަހަޅައިފި
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބާރު ލިބިދޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
06 Oct 2026
އެމްއެންޔޫގެ ފިއުޗާ ރެޑީ ސީރީޒްގެ ދެވަނަ ސެޝަން މިއަދު ބާއްވައިފި
މި ސެޝަނުގައި ދަރިވަރުންނަށް އެ ކުދިންގެ ޝައުގުވެރިކަމާއި ހުނަރާ މެދު ވިސްނާލުމުގެ ފުރުސަތު ލިބުނެވެ. އޭގެ އިތުރުން، ކިޔެވުމުގެ ސްޓްރީމް ހިޔާރުކުރުމާއި ޔުނިވާސިޓީ ލެވެލްގެ ފުރުސަތުތަކާއި ކެރިއާގެ މަގުތަކާ ބެހޭ މައުލޫމާތު ދަރިވަރުންނާއި އާއިލާތަކަށް ފޯރުކޮށްދީފައިވެއެވެ.
06 Oct 2026
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ 25 އަހަރަށް ޖަލަށް
ފުލުހުން ބުނެފައިވާ ގޮތުން، ގދ. ގަމުގައި، އަލީ ޝަޒީނު ދަނޑުވެރިކަން ކުރަމުންދިޔަ ސަރަހައްދެއްގައި މަސްތުވާތަކެތި ރައްކާކޮށް، އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވުނު މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ ތަން ބަލައިފާސްކުރުމުގެ ތެރޭގައި، މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ބާވަތްތަކާއި ބަނގުރާ ފެނިފައިވެއެވެ.
06 Oct 2026
ފަހަތުން އަރައި، ފްރާންސުން ބެލްޖިއަމް ބަލިކޮށްފި
މި ނަތީޖާއާއެކު ފްރާންސް އޮތީ ގްރޫޕް އޭ1 ގެ އެއްވަނައިގައި 10 ޕޮއިންޓާއެކުއެވެ. މި ގްރޫޕުގެ ދެވަނައިގައި އޮތީ ރޭ ތުރުކީއާ ބައްދަލުކޮށް 3-1 އިން މޮޅުވި އިޓަލީއެވެ. ބެލްޖިއަމް މިހާރު އޮތީ 6 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ
06 Oct 2026
ޑްރަގް ޓްރެފިކްކުރުމުގެ ތުހުމަތުގައި އިންޑިއާ މީހަކު ހައްޔަރުކޮށްފި
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 29 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށްވާ މޮހައްމަދު ޓަފެޖުލް ޙާއިދަރއެވެ. އޭނާގެ މައްޗަށް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކް ކުރުމުގެ ތުހުމަތެވެ.
06 Oct 2026
ސަރުކާރުގެ އިދާރާތަކަށް އަމާޒުކޮށް ނުރައްކާތެރި އީމެއިލްތަކެއް
ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކަށް އަމާޒުކޮށް އޮޅުވާލައިގެން ނުރައްކާތެރި އީމެއިލްތަކެއް ފޮނުވަމުންދާތީ، ސަރުކާރުގެ އިދާރާތަކުންނާއި އާންމު ރައްޔިތުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ.