06 Apr 2021 | 16:55
ލިރާރު: ސްކޫލް ނިންމާލުމަށްފަހު ވެލްޑިންގގެ ދާއިރާއަށް، މިއަދު އެންމެ އުހުގައި!

އެއީ 1996 އަހަރެވެ. ދުވަސްކޮޅެއްވާންދެން އެކި މީހުންގެ ގާތުގައި މަސައްކަތްކުރުމަށްފަހު އަމިއްލަ މަސައްކަތެއް ކުރުމަށް އަޙްމަދު ލިރާރު، މަޝްހޫރު ނަމުންނަމަ "ޕްރިމޯ" ނިންމިއެވެ. ކައިވެންޏެއްކޮށް، އަމިއްލަ ދިރިއުޅުމުގެ މުހިންމު ހިސާބަކަށް ގޮސްފައިވަނިކޮށް އަމިއްލަ ފައިމައްޗަށް ތެދުވުމަށް އޭނާ ނިންމީ އެއީ އެހާ ފަސޭހަވާނެކަމެއް ނޫންކަން ފުރިހަމައަށް ދަނެހުރެއެވެ. ނަމަވެސް އެ ދުވަހު ބިރަކާނުލާ ލިރާރު ނެގި "ރިސްކުން" މިއަދު ވަނީ ފޮނި ނަތީޖާތަކެއް ފެނިފައެވެ. ލިރާރަކީ އޭނާގެ މަސައްކަތުގެ ދާއިރާގައި އެންމެ އުހުގައި ފިޔަޖަހަމުންދާ އެއް ފަރާތެވެ.

"ވޮއިސް"އިން ލިރާރުގެ ހަޔާތުގެ ވާހަކަ ހޯދުމަށް އޭނާއާ ބައްދަލުކުރުމުން އެ ވާހަކަތައް ފެށީ ގްރޭޑް 7އިންނެވެ. އޭނާގެ ޢާއިލާގެ މާލީ ފުދުންތެރިކަން ހުރިވަރުން، ލިރާރަށް ޖެހުނީ ގްރޭޑް7އާ ހަމައަށް ތަޢުލީމު ހާސިލުކުރުމަށްފަހު މަސައްކަތުގެ މާހައުލަށް ވަންނާށެވެ. 1990ގެ އަހަރުތަކުގެ ކުރީކޮޅުގައި އޭނާގެ އެންމެ ފުރަތަމަ މަސައްކަތުގެ މައިދާނަކީ މެރިން ޑްރައިވްގައި ހުންނަ މަޝްހޫރު ކުވާ މޮހޮދޭގެ ވޯކްޝޮޕެވެ. 

ލިރާރު (ވ) އަމިއްލަ ބޯޓުޔާޑުގައި 

އެތަނުން އޭނާއަށް ކުރަންޖެހުނު އެންމެ ފުރަތަމަ ބޮޑު މަސައްކަތަކީ އެމްޓީސީސީގެ ކޮޅުވެއްޓިއެއް މަރާމާތުކުރުމެވެ. އޭރުން ފެށިގެން ވެލްޑިންގގެ ދުނިޔޭގެ ތަފާތު މަސައްކަތްތަކަށް ލިރާރުގެ ސަމާލުކަން ދެވުނެވެ. އޭރު އުމުރުން އެންމެ 16 އަހަރު ވިޔަސް، ވެލްޑިންގކުރުން ވެގެންދިޔައީ ވަރަށް ކަމުދާ މަސައްކަތަށެވެ. އެއަށްފަހު "ވައިޑީ"ގެ ކައިރީގައި މަސައްކަތްކުރަން ބަދަލުވެ، އެތަނުގައިވެސް މުހިންމު މަސައްކަތްތަކެއްކޮށް، ގިނަ ތަޖުރިބާތަކެއް ހާސިލުކުރިއެވެ.

ލިރާރު ވަޒީފާ އަދާކުރި ދުވަސްވަރު

އެގޮތުން ލިރާރު ފާހަގަކުރިގޮތުގައި އޭނާއަށް ވައިޑީގެ ކައިރީގައި މަސައްކަތްކޮށްގެން އެންމެ ބޮޑު އެއް ތަޖުރިބާއަކީ މަސައްކަތުގެ ތަޖުރިބާ ހޯދަން އަވައްޓެރި ސްރީލަންކާއަށް ކުރި ދަތުރެވެ. 1996ވަނަ އަހަރުގެ ކުރީކޮޅުގައި ކުރި މި ދަތުރުގައި އޭނާވަނީ ލަންކާގެ ޑޮކްޔާޑެއްގައި 23 ދުވަސް ހޭދަކޮށްފައެވެ. އެއީ ވެލްޑިންގގެ ކަންކަން އޭނާއަށް ވަރަށް ބޮޑަށް ދަސްކޮށްދިން ތަޖުރިބާއެއްގެ ގޮތުގައި ލިރާރު ފާހަގަކުރެއެވެ.

"އެންމެ ފުރަތަމަ ދުވަހުން ފެށިގެން މި ދާއިރާއިއިން މަސައްކަތް ދަސްކޮށް ކުރިއަށް ދިއުމަށް އަޅުގަނޑަށް އެންމެ ބޮޑު ހިއްވަރެއްދިނީ އަޅުގނޑުގެ ދޮންބެ އަހުމަދު ރަޝީދު (ކުވާ އަހުމަދު) އަދި މިހާރުވެސް މި މަސައްކަތުގައި އަމަލީ ގޮތުން އަަޅުގނޑާ ބައިވެރިވެ ކަމުގެ ފަންނީ ލަފާދޭ ފަރާތަކީ ދާއިރާއިން މަތީ ތަޢުލީމް ހާސިލްކޮށްފައިވާ އަޅުގަނޑުގެ ދޮންބެ"

އަމިއްލަ ފައިމައްޗަށް ތެދުވެ، ގިނަ ކުރިއެރުންތަކެއް:

އެއަށްފަހު އެ އަހަރުގެ ވަކި ހިސާބަކުން އޭނާ ނިންމީ ޒަވާޖީ ހަޔާތެއް ފެށުމާއެކު، އަމިއްލަ ފައިމައްޗަށް ތެދުވެ އަމިއްލަ މަސައްކަތެއް ފެށުމަށެވެ. ކުރިން އެކި ތަންތަނުން ލިބިފައިވާ ހުރި ތަޖުރިބާއާއެކު، ފެށި އަމިއްލަ ވިޔަފާރީގައި ލިރާރަށް އެންމެ ފުރަތަމަވެސް ބޮޑު މަސައްކަތަކަށް ލިބުނީ ޗަމްޕާގެ ކުންފުނިތަކުގެ ރިސޯޓްތަކުގައި ދަގަނޑުގެ މަސައްކަތްތަކެވެ.

ލިރާރުގެ ކުންފުނިން ވެމްކޯގެ ކޮޅުވެއްޓި ބޮޑު މަރާމާތަކަށްފަހު ބާލާފައި 

އެ ވިޔަފާރި މަޑުމަޑުން ފުޅާވަމުންގޮސް، 2005ވަނަ އަހަރުގައި އުފެއްދި ލިރާރުގެ ކުންފުނިކަމަށްވާ "މައިލް ސްޓީލް މޯލްޑިވްސް"އަށް ތިލަފުށީ ސިނާއީ ސަރަޙައްދުން ވަކި ބިމެއް ލިބުނެވެ. މިއަދު، އެކުންފުނީގެ ހުރިހާ މަސައްކަތްތަކެއްގެ ބޭސްއެއްގެ ގޮތުގައި ބޭނުންކުރަމުންދަނީ އެމް.އެސް.އެމް ބޯޓްޔާޑުގައެވެ. އެއަށްފަހު އެކުންފުނިން ވަނީ ބޯޓް ބިލްޑިންގގެ މަސައްކަތްތައްވެސް ފަށާފައެވެ. 

އެމްއެސްއެން ބޯޓްޔާޑުން ބަނދެފައިވާ ތެޔޮ ބާރޖެއް

ލިރާރު ބުނިގޮތުގައި މައިލްޑް ސްޓީލުން ވާނީ ގިނަ އަދަދެއްގެ ބާޖު، ކޮޅުވެއްޓި، ދަގަނޑު ތާނގީ އަދި ތެޔޮބޯޓުތަކުގެ މަސައްކަތްކޮށް އަދި މަރާމާތުކުރުމުގެ ޚިދުމަތްވެސް ފޯރުކޮށްދީފައެވެ. މީގެ ތެރޭގައި ރާއްޖޭގެ ބޮޑެތި ކުންފުނިތަކާއި، ރާއްޖޭގައި މަޝްރޫޢުތައް ހިންގުމަށް އަންނަ ބޭރުގެ ބައެއް ކުންފުނިތައްވެސް ހިމެނޭކަން ލިރާރު އުފަލާއެކު ފާހަގަކުރިއެވެ. އަދި ދިވެހިރާއްޖޭގެ މަޝްހޫރު ދެ ރިސޯޓެއްކަމަށްވާ މީރު އައިލެންޑް ރިސޯޓް އަދި ކުރެއްދޫ މޯލްޑިވްސްގެ ހުރިހާ ދަގަނޑުގެ މަސައްކަތެއް ކޮށްފައިވަނީވެސް މައިލް ސްޓީލްގެ ފަރާތުންނެވެ.

އެމްއެސްއެން ބޯޓްޔާޑުން ބަނދެފައިވާ ބާރޖެއް

ލިރާރު މަޢުލޫމާތުދިން ގޮތުގައި މައިލް ސްޓީލުން މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު އެއް ޚިދުމަތަކީ ފަރަށް އަރާ އުޅަނދުފަހަރު ފުންކޮށްދިނުން ނުވަތަ ސަލްވޭޖްކުރުމުގެ ޚިދުމަތެވެ. އެކަމަށް ޚާއްޞަކޮށްގެން އެކުންފުނީގައި ބޮޑު ޓަގެއް އޮންނައިރު، އޭގައި ބެލޫން އަދި ކްރޭންފަދަ ސާމާނުވެސް ހުންނާނެކަމަށް އޭނާ ބުންޏެވެ. މީގެއިތުރުންވެސް އެކި ފަރާތްތަކުން ބޭނުންވާ ކަންކަމަށްޓަކައި ބާޖު، ކޮޅުވެއްޓި އަދި ޓަގްބޯޓް ކުއްޔަށް ދޫކުރުމާއި، ދޯނިފަހަރު އެހެލާ ބޭލުމުގެ ޚިދުމަތުވެސް މައިލްޑް ސްޓީލްގެ ތިލަފުށި ބޯޓުޔާޑުން ފޯރުކޮށްދެމުންދާކަމަށް ލިރާރު ބުންޏެވެ.

ބޭނުންވަނީ ދަރިންގެ މައްޗަށް ވިޔަފާރި ދޫކޮށްލަން!:

ލިރާރު ކިޔައިދިން ގޮތުގައި އޭނާ މިހާރު ބޭނުންވަނީ އުމުރުން 50 އަހަރު ވުމުން، މަޑުމަޑުން ވިޔަފާރި ހިންގުމުގެ ކަންކަމުން ދުރަށް ޖެހިލާށެވެ. ވިޔަފާރީގެ ކަންކަން އޭނާގެ ތިބި ހަތަރު ދަރިންނަށް ހަވާލުކޮށް، ރަށްރަށަށް ދަތުރުކޮށް ހެދުމަށެވެ. އޭނާ ދެއްކި ވާހަކަތަކުން ހާމަވާ އެއްކަމަކީ ލިރާރަކީ ތަފާތު ހިންގުމުގެ އުސްލޫބެއް ގެންގުޅޭ މީހެއްކަމެވެ. އެގޮތުން ލިރާރު ކިޔައިދިން ގޮތުގައި، އޭނާ މިހާރުވެސް ތިލަފުށީގެ ސައިޓަށް ކޮންމެ ހަފުތާއަކު ޒިޔާރަތްކުރަނީ ދެ ދުވަހެވެ. އެއީ ކޮންމެ ބުރާސްފަތި އަދި ހޮނިހިރު ދުވަހެއްގައެވެ. މި ދެ ދުވަހު އޭނާ އެތަނަށް ގޮސް ކުރަމުންދާ މަސައްކަތްތައް ބަލައި، މުވައްޒަފުންނަށް ދޭންޖެހޭ އިރުޝާދުތައް ފޯރުކޮށްދެއެވެ.

ލިރާރު ބުނިގޮތުގައި އޭނާގެ ވިޔަފާރީގެ ކަންކަން ބަލަހައްޓަނީ، ފެށުނީއްސުރެ އޭނައާ އެކުގައި މަސައްކަތްކުރަމުންދާ މިހާރު ކުންފުނީގެ މެނޭޖަރކަމުގައި ހުރި މުޙައްމަދު ހަމީދެވެ. ލިރާރުގެ ދަރިންވެސް މަސައްކަތް ކުރާނީ މުޙައްމަދުގެ ދަށުންކަމަށާއި، އޭނާ މުޙައްމަދަށް އެހާ އިތުބާރުކުރާކަމަށް ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
15 Jun 2026
"ޖަންނަތު" ގެ ޓިކެޓް މިހާރު އޮންލައިނުކޮށް ބުކްކޮށްލެވޭނެ
ޖަންނަތުގެ ޓިކެޓް ގަތުމަށް ބޭނުންވާ ފަރާތްތަކުން ފިލްމް ބެލުމަށް ބޭނުންވާ ތާރީހައި، ބޭނުންވާ ޝިޓް އަދަދާއި ގުޅޭނޭ ނަމްބަރު ޖެހުމަށްފަހު، 9911229 އަށް ވައިބާކޮށްލުމުން ޓިކެޓް ބުކްކުރުމުގެ އިންތިޒާމުތައް ހަމަޖެހިގެންދާނެއެވެ
15 Jun 2026
އިސްރަށްވެހިންނަށް ކުރާ އަނިޔާ ރިޕޯޓް ކުރާ މިންވަރު ކަންބޮޑުވާވަރަށް ގިނަ
އުމުރުން ދުވަސްވީ މީހުންނަށް އަނިޔާކުރާ 58 މައްސަލަ 2025 ގައި ރިޕޯޓުކޮށް 34 މައްސަލައެއްގައި އެހީތެރިކަން ހޯދިއިރު، މައްސަލަތައް މުޖުތަމަޢަށް ސިއްރުވުމަކީ ބޮޑު ގޮންޖެހުމެއް ކަމަށް ޞިއްޙަތު ވުޒާރާއިން ބުނެފިއެވެ.
15 Jun 2026
ޕީއެންސީގެ މަތީމަޖިލިސް ސެޕްޓެންބަރު 15ގައި
ވެރިކަންކުރާ ޕީއެންސީގެ މަތީ މަޖިލިސް (ކޮންގްރެސް) ސެޕްޓެންބަރު މަހުގެ 15 އިން 18 އަށް ބޭއްވުމަށް ނިންމައިފިއެވެ.
15 Jun 2026
ހިޔާ ޓަވަރު ތަކުގައި އިތުރު ލިފްޓު ހުޅުވައިފި
ހިޔާ ޓަވަރު 16 ފިޔަވައި ހުރިހާ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރުމުގެ މަސައްކަތް ނިންމައި އާންމުންނަށް ހުޅުވާލައިފި އެވެ. ކޮންމެ ޓަވަރެއްގައި ހަރުކުރީ ސްޓްރެޗާ އެރުވޭވަރުގެ 21 މީހުންގެ ޖާގަ ހުންނަ ބޮޑެތި ލިފްޓުތަކެވެ.
15 Jun 2026
ޕޭޕަލް ރާއްޖެއަށް ތަޢާރަފް ކުރުމަކީ ނުވާނެ ކަމެއް ކަމަށް ބުނި
ދިވެހިރާއްޖޭގައި ޕޭޕަލް ގެ ޚިދުމަތް ތަޢާރަފްކުރަން މަސައްކަތް ކުރުމުން އެއީ ނުވާނެ ކަމެއް ކަމުގައި ބުނެ ބައެއް ފަރާތްތަކުން ވާހަކަދެއްކި ކަމަށާ، ނަމަވެސް އެކަން ހާސިލް ކުރެވުނީ ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ހިކުމަތްތެރިކަމުގެ ސަބަބުން ކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
15 Jun 2026
ޔޫއޭއީ ސަފީރަކަށް ޠާރިޤް، ޤަތަރަށް އާދަމް އައްޔަނުކުރަން ރުހުން ދީފި
އެ ދެ ބޭފުޅުން ސަފީރު ކަމަށް އައްޔަނުކުރަން ފެނޭތޯ މިއަދު ނެގި ވޯޓްގައި 57 މެންބަރުން ވަނީ ފެންނަ ކަމަށް ވޯޓް ދެއްވާފަ އެވެ.
15 Jun 2026
އަންނަ ދިރާސީ އަހަރަށް އަރަބިއްޔާ ސުކޫލުގެ އައު އިމާރާތް ހުޅުވަނީ
މި ސަރުކާރުން ދަނީ އާރުސީސީއާ ހަވާލުކޮށްގެން އަރަބިއްޔާ ސުކޫލު އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ކުރީގެ އެއްނަންބަރު ކުނިކޮށި ހުރި ބިމުގައި އެ ސުކޫލު އިމާރާތް ކުރުމުގެ މަސައްކަތް އާރުސީސީން ދަނީ ބާރު ސްޕީޑްގައި ކުރަމުންނެވެ.
15 Jun 2026
ޝަކީލް އީސީ މެމްބަރު ކަމަށް އައްޔަނުކުރަން މަޖިލީހަށް
އިލެކްޝަންސް ކޮމިޝަން(އީސީ)ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ޝަކީލް އައްޔަން ކުރުމަށްޓަކައި މަޖިލީހަށް ފޮނުވައިފި އެވެ.