އެސްޓީއޯއިން ބިސް، ފިޔާ އަދި އަލުވި ޚާއްޞަ އަގުތަކެއްގައި ވިއްކަނީ!

31 Mar 2021 | 07:11

ކުރިއަށް އޮތް ރަމަޟާން މަހާއި ދިމާކޮށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)އިން ބިސް،ފިޔާ އަދި އަލުވި ޚާއްޞަ އަގުތަކެއްގައި ވިއްކަން ފަށައިފިއެވެ.

އެގޮތުން އެސްޓީއޯ ސުޕަރމާކެޓް މެދުވެރިކޮށް ހޯލްސޭލް އަދި ރީޓެއިލް ކަސްޓަމަރުންނަށްވެސް ވަރަށް ހެޔޮއަގުތަކެއްގައި ބިސް، ފިޔާ އަދި އަލުވި ވިއްކަން ވަނީ ފަށާފައެވެ.

އެސްޓީއޯ ސުޕަރމާކެޓުން މިތަކެތި ލިބޭ އަގުތަކަށް ބަލާލާއިރު ބިހެއް ލިބެނީ 1ރުފިޔާ 40 ލާރިއަށެވެ. އަދި ބިސް ކޭހެއް ލިބެނީ 265 ރުފިޔާއަށެވެ. ފިޔާ ކިލޯއެއް 9 ރުފިޔާ 50 ލާރިއަށް ލިބެންހުރިއިރު، ފިޔާ ބަސްތާއެއް ލިބެނީ 200 ރުފިޔާއަށެވެ.

މީގެއިތުރުން އެސްޓީއޯ ސުޕަރމާކެޓުން އަލުވި ކިލޯއެއް ވިއްކަމުންދަނީ 9 ރުފިޔާއަށެވެ. އަދި އަލުވި ބަސްތާއެއް ވިއްކަމުންދަނީ 185 ރުފިޔާއަށެވެ. ކޮންމެ އަހަރެއްގެ ރޯދަ މަހާއި ދިމާކޮށް އެސްޓީއޯއިން ގިނަ އަދަދަކަށް ފިޔާ، އަލުވި އަދި ބިސް އެތެރެކުރެއެވެ.

އެސްޓީއޯ ސުޕަރމާކެޓުން ފިޔާ، އަލުވި އަދި ބިސް އޯޑަރކުރަން ބޭނުންވާ ފަރާތްތަކުން 7291124 ނަންބަރަށް ވައިބަރކުރެވޭނެއެވެ.

Advertisement

ކޮމެންޓް