ކުރުނބާ: ދިވެހީންގެ އެންމެ ގާތް މޭވާ، ޞިއްޙީ ފައިދާތައް ގިނަ!

01 Apr 2021 | 11:51

ކުރުނބާ އަކީ އަޅުގަނޑުމެން ދިވެހީންނާއި ވަަރަށް ގާތް މޭވާއެކެވެ. ޒަމާނުއްސުރެ އަޅުގަނޑުމެންނަށް ކުރުނބާ އަކީ އެންމެ ފަސޭހައިން ލިބެން ހުންނަ އެއް މޭވާއަށް ވަނީ ވެފައެވެ.

މިއީ ނުހަނު ފައިދާހުރި މޭވާއެކެވެ. ކުރުނބާގައި ހުންނަ ފެނަކީ، އޭގެ މީރުކަމާއި އެއްވަރަށް، ފައިދާވެސް ލިއްބައިދޭ މޭވާއެެކެވެ.

ކުރުބާ ފެނަކީ ފަނިގިރައިގެންނާއި، ފަނި ނުގިރައި ވެސް ބޭނުންކުރަން ވަރަށް މީރު އެއްޗެކެވެ. ބޭރަށްހިންގުން ފަދަ ހާލަތްތަކުގައި ޑޮކްޓަރުން އިރުޝާދު ދެއްވާ އެންމެ މުހިންމު އެއް ބުއިމަކީ ވެސް ކުރުނބާ ފެނެވެ.

ހޮޑާއި، ބޭރަށްހިންގުމުގެ ސަބަބުން ގިނަ ފަހަރު ހަށިގަނޑުން މަދުވެގެންދާ ލޮނުގެ ބައި ހަމައަކަށް އަޅުވައި ދިނުމުގައި ކުރުނބާ ފެން މުހިއްމު ރޯލެއް ކުޅޭކަމަށް ބެލެވެއެވެ. މިއީ ހަށިގަނޑަށް ހަކަތައާއި ބާރު ގެނެސްދޭ ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ބޭނުންކުރެވޭ އެންމެންގެ މެދުގައި މަޝްހޫރު އެއްޗެކެވެ.

ކުރުނބާ ފެނުން ލިބޭ ޞިއްޙީ ފައިދާތަކަށް ބަލާއިރު:

ކުރުނބާ ފެނަކީ ގާތުންދޭ ކުދިންނަށް މައިދާގެ މައްސަލަތައް ދިމާވުމުން ދޭން ރަނގަޅު ބުއިމެއް.

އޯރަލް ރިހައިޑްރޭޝަންއަށް ރަނގަޅު ބުއިމެއް.

ކުއްޖާ ހެދިބޮޑުވުމަށް ބާރުއަޅާ އޯގެނިކް ކަމްޕައުންޑްތައް ހިމެނޭ.

ހަށިގަނޑުގައި ކުރުނބާ ފެން އުގުޅުމުން ހޫނުމިން ދަށްވެ، ހޫނަށް ނަގާ މުލިހި ފަދަ ތަކެތި ނެގުން ހުއްޓެއެވެ. އަދި ފާނަބަސަނދު، ކަށިވިދުރި، ހިމަބިހީގައި ނަގާ ބިހިތައް ތިރިވެ ފަސޭހަވުމަށް އެހީތެރި ވެއެވެ. އަދި ހަށިގަނޑުގެ ފިނިކަންމަތީ ބަހައްޓައިދެއެވެ. އަދި ހަށިގަނޑުގައި ފެނުގެ މިންވަރު ހަމަހަމަކަންމަތީ ބަހައްޓައިދީ، ހަށިގަނޑުގެ ފިނިހޫނުމިން އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދެއެވެ.

.

Advertisement

ކޮމެންޓް