އެޕްރީލްމަހުގެ 13ވަނަ ދުވަހުން ފެށިގެން މުމްބާއީއާ މާފަރާއި ދެމެދު މޯލްޑިވިއަންގެ އުދުހުންތައް ފަށަނީ

03 Apr 2021 | 08:15

އަންނަ އެޕްރީލްމަހުގެ 13ވަނަ ދުވަހުން ފެށިގެން އިންޑިއާގެ މުމްބާއީއިން ރާއްޖޭގެ ނ.މާފަރާއި މާލެއާއި ދެމެދު ދަތުރުތައް ފެށުމަށް ގައުމީ އެއާލައިން "މޯލްޑިވިއަން"އިން ތައްޔާރުވެއްޖެއެވެ.

މި ފްލައިޓްތައް އޮންނާނީ ކޮންމެ ހަފުތާއެއްގެ އަންގާރަ، ހުކުރު އަދި އާދިއްތަ ދުވަހުގައެވެ. އެގޮތުން މި ފްލައިޓްތައް މުމްބާއީއިން ފުރައިގެން މާފަރުގައި ޖެއްސުމަށްފަހު، މާލޭގައިވެސް ޖައްސާނެއެވެ. މި ދަތުރުތަކުގައި މޯލްޑިވިއަންއިން ބޭނުންކުރާނީ އެއަރބަސްގެ މަތިންދާބޯޓެކެވެ.

މޯލްޑިވިއަންގެ ފަރާތުން މަޢުލޫމާތުދޭ ގޮތުގައި މި ދަތުރުތަކުގައި އިކޮނޮމީ އަދި ބިޒްނަސް ކްލާހުގެ ސީޓްތަކެއް ހިމެނޭނެއެވެ.

މި ދަތުރުތަކަށް ބޭނުންވާ ޓިކެޓް މާލެ، ނިއުދިއްލީ އަދި މުމްބާއީއިން ގަނެވޭނެއެވެ. 

Advertisement

ކޮމެންޓް