މީހަކު ދުރަށް ޖެހިލާއިރަށް އެމީހެއްގެ ގޯސް ވާހަކަ ދައްކަނީ ކީއްވެ؟

02 Apr 2021 | 11:24

ތިބާގެ ގާތް، ހެޔޮ އެދޭ ރަޙުމަތްތެރިޔަކު، ތިބާއާއި ދުރަށް ޖެހިލާއިރަށް އެމީހެއްގެ ގޯސް ވާހަކަ ދައްކަންހެއްޔެވެ؟ މިއީ ވަަރަށް ގިނަ މީހުންގެ ކަށީގައި ހިފާފައިވާ ވަަރަށް ނޭދެވޭ ސިފައެކެެވެ.

މި ނުބައި ސިފައަށް އާދަވެފައި ތިބި މީހުން އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނައެވެ. އެހެން މީހުން ނެތް ތަންތަނުގައި އެމީހުންގެ ނުބައި ވާހަކަ ދެއްކޭ ބައެއް ސަބަބުތަކަށް ބަލާއިރު:

ވަކި މީހަކާއިއެކު ރަޙުމަތްތެރިކަން ބޭއްވުން

ތިމާގެ ރައްޓެހީންނަކީ އެހެން މީހުން ނެތްތަނުގައި އެމީހުންގެ ގޯސް ވާހަކަ ދައްކާ މީހެއް ނަމަ، އެމީހުންނާއިއެކު އޮންނަ ގާތްކަން ގެއްލިދާނެތީ، އެމީހުން ދައްކާ އެކި ވާހަކައަށް އެއްބަސްވެވެއެވެ. މިގޮތަށް އެއްބަސްވުމުގެ ތެރޭގައި، އެހެން މީހުންގެ ގޯސްވާހަކަވެސް ދެކެވެއެވެ. މިއީ ސަމާލުވުން މުހިންމު ކަމެކެވެ.

މީހަކު ދެކެ އަންނަ ރުޅިގަނޑު ބޭލުން

ތިމާ ނުރުހޭ، ނުވަތަ ގަޔާ ނުވާ މީހެއްގެ ގޯސް ވާހަކަ އެހެން މީހެއްގެ ކައިރީގައި ދައްކާލެވުމަކީ ބައެއް މީހުންނަށް ހިތްހަމަ ޖެހުން ލިބޭ ކަމަކަށް ވަނީ ވެފައެވެ. އެހެންނަމަވެސް، މީހަކާއި ދޭތެރޭގައި އުފެދޭ ނުތަނަވަސްކަން ނައްތާލުމަށް މިއީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ތިމާގެ އަޚާގެ މުޅަމަސް ކެއުމަކީ އިސްލާމް ދީން ނަހީ ކުރައްވާފައިވާކަމެއްކަން އަބަދުވެސް ހަނދާނުގައި ބެހެއްޓުން ބުއްދިވެރިއެވެ.

މާގިނަ ހުސްވަގުތު ލިބުން

އޮފީހުގައި މަސައްކަތެއް ނެތިފައި، މާގިނައިރު ހޭދަވާން ފެށުމުން، އޮފީހުގެ ރައްޓެހިންނާއެކު ދެކެވޭ ވާހަކައިގެ ތެރެއިން، އެހެން މީހުންގެ ވާހަކަ ދެއްކޭހެއްޔެވެ؟ މިއީ ގިނަ މީހުންނަށް ނޭނގިވެސް ކުރެވޭ ކަމެކެވެ. މިސަބަބަށްޓަކައި، މާގިނައިން ބޭކާރު ވާހަކަ ދެއްކުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ.

Advertisement

ކޮމެންޓް