ހުޅުމާލެ-އެއާޕޯޓް ބަސް ރޫޓަށް ބަދަލުތަކެއް ގެނެސްފި

05 Apr 2021 | 22:32

ހުޅުމާލެއާއި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓާއި ދެމެދުގައި ދަތުރުކުރާ ބަހުގެ ރޫޓަށް ބަަދަލުތަކެއް ގެނެސްފިއެވެ.

އެޗްޑީސީން ބުނިގޮތުގައި އިއްޔެއިން ފެެށިގެން އެމްޓީސީސީން އޮޕަރޭޓްކުރަމުންދާ ހުޅުމާލެ-އެއާޕޯޓް ބަހުގެ ޚިދުމަތުގައި ބޭނުންކުރަމުންދާ ރޫޓަށް ވަނީ ބަދަލުތަކެއް ގެނެވިފައެވެ.

އެގޮތުން މީގެކުރިން ބޭނުން ކުރަމުންދިޔަގޮތަށް، ރުއްގަނޑު 1 އަދި ރުއްގަނޑު 2ގެ ބަސް ހުއްޓިތަކަށް އެއާޕޯޓް ބަސް ނުހުއްޓާނެކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. އޭގެ ބަދަލުގައި އެ ބަސް ހުއްޓާނީ ރީތިގަސް މަގުގައި ހުންނަ ޕީ1-10 ބަސްހުއްޓި އަދި ނިރޮޅުމަގުގައި ހުންނަ ޕީ1-03 ބަސްހުއްޓިއަށެވެ.

އެހެންކަމުން ދަތުރުކުރާ ހުރިހާ ފަރާތްތަކުން މި ބަދަލުތަކަށް ސަމާލުކަންދޭން އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

ކޮމެންޓް