ރަފީނިހާ
ކުޅިވަރު
07 Jun 2025 | 20:54
ލަލީގާ މޮޅު ކުޅުންތެރިޔާގެ އެވޯޑް ރަފީނިހާއަށް

ސްޕެނިޝް ލަލީގާގެ ނިމިދިޔަ ސީޒަނުގެ މޮޅު ކުޅުންތެރިއަކަށް ޗެންޕިއަން ބާސެލޯގެ ބްރެޒިލް ފޯވާޑް ރަފީނިހާ ހޯދިއިރު، އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް އެޓީމުގެ ޒުވާން ފޯވާޑް ލަމީން ޔަމާލް ހޯދައިފިއެވެ.

ޕްރެމިއާ ލީގުގެ ލީޑްސް ޔުނައިޓެޑުން 2022 ވަނަ އަހަރު 50 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއެއްގައި ބާސެލޯނާއަށް ބަދަލުވި އުމުރުން 28 އަހަރުގެ ފޯވާޑް ވަނީ ނިމިދިޔަ ސީޒަނުގައި ލަލީގާ ޗެންޕިއަންކަން ބާސެލޯނާއަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްދީފައެވެ.

އެގޮތުން ލީގުގައި ކުޅުނު 36 މެޗުގައި ރަފީނިހާ ވަނީ އެޓީމަށް 18 ލަނޑު ކާމިޔާބުކޮށްދިނުމުގެ އިތުރުން އިތުރު ނުވަ ލަނޑުޖެހުމަށް އެހީތެރިވެދީފައެވެ. އަދި މިދިޔަ ސީޒަނުގެ ޗެންޕިއަންސް ލީގު ސެމީފައިނަލުން  ބާސެލޯ ކެޓި ނަމަވެސް އެ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހުމުގެ އިތުރުން އެންމެ ގިނަ ލަނޑު ޖެހުމަށް އެހީތެރިވެދިނީ ވެސް މިދިޔަ ސީޒަނުގައި ތަފާތު މޮޅު ކުޅުމެއްދެއްކި ރަފީނިހާ އެވެ.

މީގެ އިތުރުން މިދިޔަ ސީޒަނުގެ ލަލީގާ ރަންބޫޓް ކާމިޔާބުކުރީ ރެއާލް މެޑްރިޑްގެ ފޯވާޑް ކިލިއަން އެމްބާޕޭ އެވެ. ލީގުގައި ކުޅުނު 34 މެޗުގައި އެމްބާޕޭ 31 ލަނޑު ކާމިޔާބުކުރިއިރު، ލަނޑު ލިސްޓްގެ ދެވަނަ ލިބުނީ ބާސެލޯނާގެ ތަޖްރިބާކާރު ފޯވާޑް ރޮބަޓް ލެވަންޑޮސްކީ އަށެވެ.

ލީގުގައި ކުޅުނު 35 މެޗުގައި ލެވަންޑޮސްކީ 27 ލަނޑު ކާމިޔާބުކުރިއިރު، އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހޯދީ އުމުރުން 17 އަހަރު ލަމީން ޔަމާލް އެވެ. ލީގުގައި ކުޅުނު 35 މެޗުގައި ޔަމީލް ވަނީ ނުވަ ލަނޑު ކާމިޔާބުކުރުމުގެ އިތުރުން އިތުރު 13 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.