ސައުދީ ވަލީއަހުދު، ރައީސް މުއިއްޒުއާ ބައްދަލު ކުރެއްވުން
ހަބަރު
07 Jun 2025 | 22:38
ސައުދީ ވަލީއަހުދު، ރައީސް މުއިއްޒުއާ ބައްދަލު ކުރައްވައިފި

ސައުދިއަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލު ކުރައްވައިފި އެވެ.

މިއަދު އޮތް ބައްދަލްވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމާއި ގުޅޭގޮތުން ދެ ލީޑަރުން މަޝްވަރާ ކުރެއްވި ކަމަށް ސަރުކާރުން ބުނެ އެވެ. އަދި ކުރިއަށް އޮތްތާ ރާއްޖެ-ސައުދީ ގުޅުން ހަރުދަނާ ކުރުމާއި ގުޅޭގޮތުން ވެސް މަޝްވަރާ ކުރެއްވި އެވެ.

ހައްޖުގެ އަޅުކަމަށް ރައީސްގެ ދެކަނބަލުންނާއި ސަރުކާރުގެ ބައެއް އިސްވެރީން ތިއްބެވީ ސައުދީގަ އެވެ. ރައީސްގެ ދެކަނބަލުން ހައްޖުގެ އަޅުކަމަށް ވަޑައިގެންނެވީ ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ މެެހެމާނުންގެ ގޮތުގަ އެވެ.

ރަސްގެފާނުގެ މެހެމާނުންގެ ގޮތުގައި ހައްޖުގެ އަޅުކަމަށް ވަޑައިގެންނެވި ބޭފުޅުންނާ ވަލީއަހުދު ބައްދަލު ކުރެއްވުން 

ރަސްގެފާނުގެ މެހެމާނުންގެ ގޮތުގައި ހައްޖުގެ އަޅުކަމަށް ވަޑައިގެންނެވި ބޭފުޅުންނާއި ވެސް ވަލީއަހުދު މިއަދު ވަނީ ބައްދަލު ކުރައްވާފަ އެވެ.

ވަލީ އަހުދުގެ އެންމެ އަރިހުގައި ބެއިންދެވީ ރައީސް މުއިއްޒު އެވެ.

ރަސްގެފާނުގެ މެހެމާނުންގެ ގޮތުގައި ހައްޖުގެ އަޅުކަމަށް ވަޑައިގެންނެވި ބޭފުޅުންނާ ވަލީއަހުދު ބައްދަލު ކުރެއްވުން 

މި އަހަރު ހައްޖުގެ އަޅުކަމަށް ސައުދީން ވަނީ ވަރަށް ބޮޑަށް ތައްޔާރުވެ އިންތިޒާމުތައް ވަރަށް ފުރިހަމަ ކޮށްފަ އެވެ. މި އަހަރު ހައްޖުގެ އަޅުކަމަށް ދުނިޔޭގެ 172 ގައުމަކުން 1.6 މިލިއަން މީހުން ވަނީ ސައުދީއަށް ޖަމާވެފަ އެވެ.

ސަރުކާރުގެ ވަފުދުގެ އިތުރުން ރާއްޖެއިން 1000 މީހުން މި އަހަރު ހައްޖުގެ އަޅުކަމަށް ދިޔަ އެވެ. ސަރުކާރުން ވެސް ވަނީ ދިވެހި ހައްޖާޖީންގެ ފަސޭހައަށް ގިނަ އިންތިޒާމުތަކެއް ހަމަޖައްސާފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.