އައްޑޫއިން އަނެއްކާވެސް ކޮވިޑް ކޭސްތަކެއް

07 Apr 2021 | 06:38

އައްޑޫ ސިޓީން އަނެއްކާވެސް އިތުރު ދެމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫ އަތޮޅު ހިތަދޫ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ދެމީހެކެވެ. އެދެމީހުންނަކީ ކަރަންޓީނުގައި ތިބި ދެމީހުންނެވެ.

އެހެން ނަމަވެސް އެތަނުން އެކަކު ކަރަންޓީނު އުސޫލުތަކާއި ޚިލާފުވެފައިވާ ކަމަށްވެސް މަޢުލޫމާތު ވަނީ ލިބިފައެވެ.

ކޮވިޑު-19 އާއި ގުޅިގެން މިދިޔަ މަހުގެ 6 ވަނަ ދުވަހު އައްޑޫ މޮނިޓަރިންނަށް ލުމަށްފަހު އައްޑޫގެ މޮނިޓަރިންގެ ހާލަތު އުވާލާފައިވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ.

މިހާތަނަށް އައްޑޫ އިން ކޮވިޑްގެ 14 އެކްޓިވް ކޭސް ވަނީ ފާހަގަކުރެވިފައެވެ.

Advertisement

ކޮމެންޓް