ޑރ.އަބްދުލްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ޚިދުމަތް ތަޢާރަފުކޮށްފި

07 Apr 2021 | 12:09

ގދ ތިނަދޫ، ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ސީޓީ ސްކޭންގެ ޚިދުމަތް މިއަދު ތަޢާރަފުކޮށްފިއެވެ.

މިޚިދުމަތް ތަޢާރަފުކޮށްފައިވަނީ އެކަމަށްޓަކައި ޑރ.އަބްދުއްސަމަދު ހޮސްޕިޓަލުގައި މިއަދު ހަވީރު ބޭއްވުނު ޚާއްޞަ ރަސްމީއްޔާތެއްގައި މިނިސްޓްރީ އޮފް ހެލްތުގެ ސްޓޭޓް މިނިސްޓަރ އަޙްމަދު އާދިލް އާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސަނީފް އާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޤުނީގެ އިތުރުން ތިނަދޫ ކައުންސިލްގެ ރައީސް ޢަލީ އަމްޖަދް އެވެ.

އެ ހޮސްޕިޓަލުގެ ރޭޑިއޮލޮޖީ ޑިޕާޓްމެންޓް ރަސްމީކޮށް ހުޅުއްވުމަށްފަހު ވަނީ ގިނަ ފްރެކްޗަރ ތަކެއް ހުރި ބަލިމީހެއް ސްކޭންކޮށްފައެވެ.

ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި މިއަދު ފެށި މިޚިދުމަތާއެކު މުޅި ހުވަދު އަތޮޅުގެ ރައްޔިތުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެކަން ފާހަގަކޮށްލަން ޖެހެއެވެ.

Advertisement

ކޮމެންޓް

Advertisement