ރޯދަމަހު މަޖިލީހުގެ ޖަލްސާތައް ފަށާ ގަޑި ކަނޑައަޅައިފި

07 Apr 2021 | 23:42

އަންނަ ރަމަޟާން މަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އޮންނާނީ ހެނދުނު 10:30 އިން މެންދުރު ފަހު 02:00 އަށްކަމަށް މަޖިލީހުން ކަނޑައަޅައިފިއެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ރަމަޟާން މަހު ވެސް ޖަލްސާތައް އޮންނާނެކަމަށާއި، އެގޮތުން ފުރަތަމަ ދަންފަޅި ކުރިއަށްދާނީ ހެނދުނު 10:30އިން މެންދުރު 12:00އަށެވެ.

އަދި އެއްގަޑިއިރުގެ މެދުކެނޑުމަކަށްފަހު މެންދުރު ފަހު 01:00 އިން 02:00އަށް ޖަލްސާ ކުރިއަށްދާނެކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ޖަލްސާތައް ކުރިޔަށްދާ ވަގުތު މަދުކޮށް މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތައް ކުރިއެކޭ އެއްގޮތަށް ދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. 

Advertisement

ކޮމެންޓް