ރޯދަ މަހަށް ރައީސް ޔާމީން ގެއަށް ބަދަލުކޮށްދޭން އެދިއްޖެ

07 Apr 2021 | 22:49

ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ރަމަޟާންމަހާއި ދިމާކޮށް ގެއަށް ބަދަލުކޮށްދެއްވުމަށް އެދި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އިސްބޭފުޅުން ރައީސް އިބްރާހީމް މުޙއްމަދު ޞާލިޙުގެ އަރިހުން އެދިވަޑައިގެންފިއެވެ.

އިދިކޮޅު އިސްބޭފުޅުން މިިއަދު ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުއާއި ބައްދަލުކުރައްވާފައި ކަމަށް އެކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ ވިދާޅުވެފައެވެ. މިއީ އިދިކޮޅު ކޯލިޝަނުން އެދިގެން ބޭއްވި ބައްދަލުވުމެއް ކަމަށް ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ، މި ބައްދަލުވުމުގައި ރައީސް ޔާމީން ޖަލުގައި އޮންނެވުމަކީ ކަންބޮޑުވާ ކަމެއް ކަމާއި، އެންމެ ކުޑަމިނުން ރޯދަ މަހަށް އެމަނިކުފާނު ގެއަށް ބަދަލުކޮށް ދިނުމަށް ރައީސް ޞާލިޙުގެ އަރިހުން އެދިވަޑައިގެންފައިވާ ކަމަށެވެ.

ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެވޭނީ ޑޮކްޓަރުންގެ ލިޔުމަކާއިއެކު ހުށަހެޅުމުން ކަމަށް ސަރުކާރުން ބުނެފައިވާއިރު، ޑޮކްޓަރުންގެ ލިޔުމާއިއެކު ތަކުރާރުކޮށް ހުށަހަޅާފައިވާނެ ކަމަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުން ވަނީ ބުނެފައެވެ.  

ކޮމެންޓް