08 Apr 2021 | 07:31
ވެކްސިން ޖެހުމާއި ދެކޮޅަށް ވަކާލާތުކުރާ ޖަމުޢިއްޔާއެއް އުވާލަން ނިންމައިފި

ވެކްސިން ޖެހުމާއި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސީރިއަސްކަމާ މެދު ނުތަނަވަސްކަން އުފެދޭ ފަދަ މަޢުލޫމާތުތަކެއް ފަތުރަމުންދިޔަ ޖަމުޢިއްޔާއެއް އުވާލަން ނިންމައިފިއެވެ.

ޖަމުޢިއްޔާތަކުގެ ރަޖިސްޓްރަރ އަޙްމަދު އިރާޝް ސޮއިކުރައްވާ ޔޫތު މިނިސްޓްރީން ނެރުނު އިޢުލާނެއްގައިވާ ގޮތުގައި، ޖަމުޢިއްޔާތަކުގެ ޤަވާޢިދުގެ 19ވަނަ މާއްދާގެ ހގައި ވަނީ ޤާނޫނެއްގެ ނުވަތަ ޤަވާޢިދެއްގެ ދަށުން ދައުލަތުގެ މުއައްސަސާއަކަށް މަތިކޮށްފައިވާ ކަމެއް، އަދި ސަރުކާރުގެ އޮފީހެއްގެ މެންޑޭޓުގެ ތެރޭގައި ހިމެނޭކަމަކާއި ދެކޮޅަށް ހަރަކާތްތެރިވުމަކީ އެއްވެސް ޖަމުޢިއްޔާއަކުން ކޮށްގެންވާނެކަމެއް ނޫންކަމަށެވެ.

ނަމަވެސް ހެލްތު މިނިސްޓްރީގެ މެންޑޭޓް ތެރޭގައި ހިމެނޭ އާންމު ޞިއްޙަތު ހިމާޔަތްކުރުމާއި، އެކަމާއި ގުޅިގެން ކުރަންޖެހޭ ކަންކަމާއި ބެހޭގޮތުން މުޖުތަމަޢު ތެރޭގައި ނުތަނަވަސްކަން ފެތުރޭ މޭރުމަކުން "ހެލްތު ޑިފެންސް މޯލްޑިވްސް" ޖަމުޢިއްޔާއިން ހަރަކާތްތައް ހިންގަމުންދާކަމަށް ފާހަގަކުރެވިފައިވާކަމަށް ޔޫތު މިނިސްޓްރީން ވަނީ ބުނެފައެވެ. އެހެންކަމުން މިދިޔަ އަހަރުގެ އޮކްޓޯބަރ 27ވަނަ ދުވަހުގައި ރަޖިސްޓަރކުރެވިފައިވާ މި ޖަމުޢިއްޔާ ހިންގުމުގެ ހުއްދަ މިއަދުން ފެށިގެން ބާޠިލުކުރުމަށް ރަޖިސްޓަރ އޮފް އެންޖީއޯސް އަޙްމަދު އިރާޝް ވަނީ ނިންމަވާފައެވެ.

މި ޖަމުޢިއްޔާގެ ހަރަކާތްތައް އާންމުންގެ ސަމާލުކަމަށް ބޮޑަށް އައިސްފައިވަނީ ދާދިފަހުން ޓްވިޓަރގައި މި ޖަމުޢިއްޔާގެ ހަރަކާތްތަކުގެ ވާހަކަތައް ދެކެވެން ފެށުމުންނެވެ. މިކަން ފެންމަތިވުމާއި އެކު، ގިނަބަޔަކު ވަނީ މި ޖަމުޢިއްޔާ ރަޖިސްޓަރ ކުރެވުނު މައްސަލައިގައި ޔޫތު މިނިސްޓްރީ އަދި ރަޖިސްޓަރ އިރާޝަށް ފާޑުކިޔާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.