ގޭސްފުޅިއެއް ގޮވައި ދެމީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެ

08 Apr 2021 | 15:50

ރ.އިނގުރައިދޫ ގެއެއްގެ ބަދިގޭގައި ހުރި ގޭސްފުޅިއެއް ގޮވައި ދެމީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ގޭސްފުޅި ގޮވަން މެދުވެރިވީ ކައްކަން ވެގެން އުނދުން ރޯކޮށްލި ވަގުތު ގޭސް ލީކުވުމުގެ ސަބަބުންނެވެ.

އިނގުރައިދޫ ކައުންސިލުގެ ނާއިބު ރައީސް އަބްދުﷲ ޙަސަން ވޮއިސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، އިނގުރައިދޫގައި ގޭސްފުޅިއެއް ގޮވުމުގެ ސަބަބުން ދެއަންހެނަކަށް ވަރަށް ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށާއި އެހާދިސާ ހިނގާފައިވާ ގެ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފއިވާ ކަމަށެވެ.

"މިހާދިސާގައި ދެއަންހެނަކަށް ވަރަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވަނީ. ގެވެސް ވަނީ ވެއްޓި ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައި."ނާއިބު ރައީސް ވިދާޅުވިއެވެ.

ނާއިބު ރައީސް ވިދާޅުވީ، އެހާދިސާގައި ދެއަންހެނަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށާއި، އެދެމީހުންވެސް އިތުރު ފަރުވާއަށް މާލެ ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

Advertisement

ކޮމެންޓް