ޑރ.މުޢިއްޒަށް އެއްބާރުލުން ދޭނެކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

11 Apr 2021 | 14:02

އިއްޔެ ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ މޭޔަރު ކަމަށް އިންތިޚާބުވި ޕީޕީއެމްގެ ކެނޑިޑޭޓް ޑރ.މުހައްމަދު މުޢިއްޒަށް އެއްބާރުލުން ދޭނަން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ވަނީ މާލޭގެ މޭޔަރު ކަމަށް ހޮވުނު ޑރ.މުޢިއްޒަށް މަރުޙަބާ ދަންނަވާފައެވެ. 

އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލޭގެ ކަންކަން ޙައްލުކުރުމުގައި މުޢިއްޒު ބުރަކޮށް މަސައްކަތް ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި އެމްޑީޕީ އިން ވަނީ މާލެ ފިޔަވައި އެހެން ގިނަ ކައުންސިލްތަކުގެ އަޣުލަބިއްޔަތު ހޯދާފައި ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މާލޭގެ ކަންކަން ޙައްލުކުރުމުގައި ޑރ.މުޢިއްޒުއަށް އެމަނިކުފާނުގެ ފަރާތުން ދޭންޖެހޭ އެއްބާރުލުމެއް ދެއްވާނެ ކަމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި ކައުންސިލް އިންތިޚާބުގެ ކެމްޕެއިންގެ ތެރެއިން އެމަނިކުފާނު ވަނީ ޑރ.މުއިއްޒުއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

Advertisement

ކޮމެންޓް