Advertisement

ކ. އަތޮޅު ރައީސްކަން ނިމާލްއަށް!

11 Apr 2021 | 19:50

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ކ. އަތޮޅު ކައުންސިލް ރައީސްކަމަށް ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި އަޙްމަދު ނިމާލު ހޮވިވަޑައިގެންފިއެވެ.

ނިމާލް މި މަޤާމަށް ހޮވިފައިވަނީ އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ކެނޑިޑޭޓްގެ މައްޗަށް ކުރި ހޯއްދަވައިގެންނެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން ނިމާލް ވަނީ އެމްޑީޕީގެ ކެނޑިޑޭޓަށްވުރެން 293 ވޯޓު ކުރި ހޯއްދަވާފައެވެ.

ނިމާލު "ވޮއިސް" އަށް ދެއްވި ބަސްދީގަތުމެއްގައި ވަނީ އޭނާއަށް ވޯޓު ދެއްވި އެންމެހައި ރައްޔިތުންނާއި، އިއްޔެގެ ވޯޓުލުމުގައި ބައިވެރިވި ކ. އަތޮޅުގެ ރައްޔިތުންނަށް ވަރަށް އިޚުލާސްތެރިކަމާއިއެކު ޝުކުރު ދަންނަވާފައެވެ. 

Advertisement

ކޮމެންޓް

Advertisement