11 Apr 2021 | 17:09
ކޮންމެ ބޭފުޅަކު ހުރިނަމަވެސް އަޅުގަނޑު އެދެނީ ދިވެހި ރައްޔިތުންނަށް ޚިދުމަތް ލިބުން: ރައީސް ނަޝީދު

މާލޭ ސިޓީގެ މޭޔަރުކަމުގައި ކޮންމެ ބޭފުޅަކު ހުރިނަމަވެސް އެމަނިކުފާނު އެދިލައްވަނީ ދިވެހި ރައްޔިތުންނަށް ޚިދުމަތްތައް ލިބުންކަމަށް އެޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އެއްބަސްވެވަޑައިގެންފިއެވެ.

މިއަދު މެންދުރުފަހު އެމްޑީޕީގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކޮންމެ ޕާޓީއެއްގެ މެޖޯރިޓީ މާލޭ ސިޓީ ކައުންސިލްގައި އޮތްނަމަވެސް، އެމްޑީޕީގެ އަމާޒަކަށް ވާނީ މާލޭ ސިޓީ ކައުންސިލް ލާމަރުކަޒީ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ރަނގަޅަށް ހިންގަމުން ދިއުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މުއައްސަސާތައް ބިނާކުރުމަކީ އެމްޑީޕީގެ ބޮޑު އަމާޒެއްކަމަށާއި، އެޕާޓީން މިހާރުވެސް މަސައްކަތްކުރަމުންދާނީ ސިޓީ ކައުންސިލް މުއައްސަސާއެއްގެ ގޮތުގައި ބިނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މާލޭ ސިޓީ ކައުންސިލުން ކާމިޔާބު ޕްރޮގްރާމެއް ހިންގަން ފަށައިފިނަމަ، ސަރުކާރުންވެސް އަދި އެމްޑީޕީންވެސް އެކަމަށް ހުރަސްއަޅާނެކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ މިސާލެއްގެ ގޮތުން ކުރިއަށް އޮތް ދެ އަހަރު ވަންދެން ޕީޕީއެމް އަދި ޑރ.މުޢިއްޒު ނިކަމެތިކޮށްލެވިދާނެކަމަށާއި، ނަމަވެސް އޭރުން ޙަޤީޤަތުގައި ނިކަމެތިވެގެންދާނީ ދިވެހި ރައްޔިތުންކަމަށެވެ.

އަދި މޭޔަރުކަމުގައި ކޮންމެ ފަރާތެއް ހުރިނަމަވެސް އެދިލައްވަނީ ރާއްޖޭގެ ރައްޔިތުންނަށް ޚިދުމަތް ލިބޭނެގޮތްވުންކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ހާލި ހެދީ އެމްޑީޕީން ކަމަށާއި، ނަމަވެސް ޕީޕީއެމްއިން އައިސް އެތަނަށް ބިސް އަޅާފައިވާކަމަށެވެ. އެހެނަސް މިއީ ބުޅާ ހެދިފައި ހާލި ވައްޓާލަންޖެހޭފަދަ ކަމެއް ނޫންކަމަށް ދެކިވަޑައިގަންނަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ލާމަރުކަޒީ ނިޒާމު އިތުރަށް ވަރުގަދަކޮށް، ރައްޔިތުންނަށް ތަރައްގީ ހޯދޭނެގޮތް ހޯދައިދޭން ޖެހޭނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު، ޑރ.މުޢިއްޒު ވަނީ ވަރަށް ބޮޑު ތަފާތަކުން ކުރި ހޯއްދަވާާފައެވެ. މުޢިއްޒު އަދި އަނަސްގެ އިތުރުން މާލޭގެ މޭޔަރުކަމަށް ވާދަކުރެއްވީ އަމިއްލަގޮތުން ކުރިމަތިލި އަލްހާން ފަހުމީއެވެ. މިއީ މާލޭ ސިޓީ ކައުންސިލެއް އުފެއްދިފަހުން އެމްޑީޕީ ނޫން ޕާޓީއެއްގެ ބޭފުޅަކު މާލޭގެ މޭޔަރަކަށް ވާނެ ފުރަތަމަ ފަހަރެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
19 Sep 2026
ތޮއްޑޫގައި ބޮޑު އޮޕަރޭޝަނެއް: 107 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
އިމިގްރޭޝަންގެ ގިނަ އަދަދެއްގެ އޮފިސަރުން ބައިވެރިވި މި އޮޕަރޭޝަނުގައި 507 ބިދޭސީއަކު ބަލައި ފާސްކޮށްފައިވެ އެވެ. އޭގެ ތެރެއިން 107 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ބުންޏެވެ.
19 Sep 2026
އެސްޓަންވިލާ އަތުން ސްޕާސް ބަލިވެއްޖެ
ރޮބާޓޯ ޑި ޒާބީގެ އިރުޝާދުގެ ދަށުން ބޮޑު ހޭދައެއްކޮށްގެން ބިނާކޮށްފައިވާ ސްޕާސް ޓީމު ބަލިވީ، އެސްޓަންވިލާގެ ޖޯހަން މަންޒަމްމީ، ނިކޮލަސް ޖެކްސަން އަދި އެމީ ބުއެންޑިއާ ކާމިޔާބުކޮށްދިން ލަނޑުތަކުންނެވެ
19 Sep 2026
ސަރުކާރުން ޓީބިލަށް ފައިސާ ދެއްކުމާ އެ ބޭންކާ ގުޅުމެއް ނެތް
ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުން ޓީބިލްގެ ދަރަނި އަދާކުރުމުގައި ބޭންކުގެ ކަސްޓަމަރުންގެ ޑިޕޮސިޓް އަދި ބޭންކުގެ އަމިއްލަ އެއްވެސް ވަސީލަތެއް ވެސް ބޭނުންކޮށްފައި ނުވާކަމަށެވެ.
19 Sep 2026
ޕްލާސްޓިކް ހޮޅި 2031 އާ ހަމައަށް އެތެރެކުރުން ހުއްދަކޮށްފި
މި ބަދަލު ގެންނެވީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ މަޝްވަރާގެ މަތީންނެވެ. މި ޤަރާރުގެ ދަށުން ޕްލާސްޓިކް ހޮޅި ރާއްޖެއަށް އެތެރެކުރުން މަނާވާ ތާރީޚު މިހާރު ވަނީ 2031 ވަނަ އަހަރުގެ ޖޫން މަހުގެ އެއް ވަނަ ދުވަހަށް ފަސްކޮށްފައެވެ.
19 Sep 2026
ރަޝިއާއިން ހަމަލާއެއް ދީފާނެކަމުގެ ބިރު ބޮޑުވެ ޔޫރަޕް ދިފާޢީ ތައްޔާރީތައް ވަރުގަދަކޮށްފި
ޕޮލެންޑުގެ ބޮޑުވަޒީރު ޑޮނަލްޑް ޓަސްކް ބުރާސްފަތި ދުވަހު އިންޒާރު ދީފައިވަނީ ޔޫކްރެއިނަށް ތާއީދުކުރާ ނޭޓޯ ޤައުމުތަކުގެ ސަރަޙައްދަށް ކުރިއަށް އޮތް މަދު މަސްތަކެއްގެ ތެރޭގައި މޮސްކޯއިން ޑްރޯން ނުވަތަ މިސައިލް ފޮނުވައިފާނެ ކަމަށެވެ.
19 Sep 2026
އަމީނީ މަގު ސެގްމެންޓް އެކެއްގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފި
ފާއިތުވި ހަފުތާގެ ތެރޭގައި ތާރު އެޅުން ރޭވިފައި އޮތް ނަމަވެސް، ތާރުއެޅުމުގެ މަސައްކަތް ލަސްވީ މޫސުން ގޯސްވެ ވާރޭ ވެހުމާ ގުޅިގެން ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އެހެންކަމުން މޫސުން ރަނގަޅުވުމާއެކު އަމީނީމަގުގައި ތާރު އެޅުމުގެ މަސައްކަތް މިއަދު ހެނދުނު ކުރިއަށްގެންގޮސްފައިވާކަމަށް އެ ކުންފުނިން ބުންޏެވެ
19 Sep 2026
ބާބުލް މަންދަބު ކަނޑުއޮޅިއަށް އިޓަލީން މަނަވަރެއް ފޮނުވަނީ
ބާބުލް މަންދަބު ކަނޑުއޮޅީގައި ނުރައްކާ ބޮޑުވާތީ އިޓަލީވިލާތުގެ ވިޔަފާރި އުޅަނދުތައް ހިމާޔަތްކުރަން ކަނޑުގެ އަސްކަރީ އޮޕަރޭޝަނެއް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އިޓަލީން ވަނީ ބުނެފައި
19 Sep 2026
ޕީއެންސީ ޓޫރިޒަމް ކޮމިޓީގެ ރައީސާކަމުގެ މަގާމަށް އަލައިކާ
އަލައިކާ އަކީ މިހާރުވެސް ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެވެ