Advertisement

ރައީސް ނަޝީދުގެ އޯޑަރަށް އިންތިޚާބުގެ ނަތީޖާ އޮޅުވާލަން އުޅޭ ކަމަށް ތުހުމަތުކޮށްފި

13 Apr 2021 | 01:43

ރައީސް މުޙައްމަދު ނަޝީދުގެ އަމުރަށް އިލެކްޝަންސް ކޮމިޝަނުން، މިފަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ނަތީޖާ އޮޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަަމަށް ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޚަލީލު ވިދާޅުވެއްޖެއެވެ.

ޑރ.ޚަލީލު މިހެން ވިދާޅުވެފައިވަނީ، ރޭ ދަންވަރުގެ ވަގުތެއްގައި، ސެކިއުރިޓީއާއި ނުލާ ވޯޓު ފޮށިތައް ހިފައިގެން އައި ބަޔަކު އީސީއަށް ވަދެފައިވާ ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން ރޭ މުޒާހަރާވެސް ކޮށްފައިވަނިކޮށެވެ. ޕީޕީއެމްގެ ނާއިބު ރައީސް އަޙްމަދު ޝިޔާމް ވަނީ، މަޖިލީހުގެ ރައީސް ރޭ ދަންވަރުގެ ވަގުތެއްގައި އިލެކްޝަންސް ކޮމިޝަނަށް ވަދެވަޑައިގެންފައިވާ ކަމަށްވެސް ތުހުމަތުކުރައްވައިފައެވެ.

ޑރ.ޚަލީލު މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އެމްޑީޕީން ރާވައިގެން ދެ އިންތިޚާބު އޮޅުވާލާފައިވާ ކަމަށެެވެ.

"މި އިންތިޚާބު އޮޅުވާލާނަަމަ، ރައްޔިތުން ހިމޭނުން ނުތިބޭނެ" ޑރ. ޚަލީލު ވިދާޅުވިއެވެ.  

Advertisement

ކޮމެންޓް