12 Apr 2021 | 17:57
ކާމިޔާބު ނުވި ދާއިރާތަކުން ކުރަންޖެހޭ މަސައްކަތް ދެނެގަނެ އެކަން ކުރާނަން: ލަތީފް

ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ކާމިޔާބު ނުވި ދާއިރާތަކުން އިތުރަށް ކުރަންޖެހޭ މަސައްކަތް ދެނެގަންނާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ޙަސަން ލަތީފު ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ބޮޑު ނާކާމިޔާބީއެއް ލިބިފައިވާއިރު އެކަމަށްް އިޝާރާތް ކުރައްވައި ލަތީފު ވިދާޅުވީ، އިންތިޚާބުގައި އެމްޑީޕީއަށް ކާމިޔާބު ނުލިބުނު ދާއިރާތަކުގައި އިތުރަށް ކުރަން ޖެހޭ މަސައްކަތް ދެނެގަނެ، އެ މަސައްކަތް އެޕާޓީން ކުރާނެ ކަމަށެވެ.

"ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ކާމިޔާބު ނުލިބުނު ދާއިރާތަކުގައި އިތުރަށް ކުރަންޖެހޭ މަސައްކަތް ދެނެގަނެ އެމަސައްކަތް އިރާދަކުރެއްވިއްޔާ ކުރާނަން." ޙަސަން ލަތީފު ވިދާޅުވިއެވެ.

އެމްޑީޕީއަށް މާލެއިން ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވި ސަބަބު ބަލާނެ ކަމަށް ޕާޓީގެ ރައިސް މުޙައްމަދު ނަޝީދުވެސް ވަނީ ވިދާޅުވެފައެވެ.

މިހާތަނަށް ލިބިފައިވާ ވޯޓުގެ ނަތީޖާއަށް ބަލާއިރު، ޑރ.މުޢިއްޒު ވަނީ ވަރަށް ބޮޑު ތަފާތަކުން ކުރި ހޯއްދަވާފައެވެ. މުޢިއްޒުގެ އިތުރުން މާލޭގެ މޭޔަރުކަމަށް ވާދަކުރެއްވީ އެމްޑީޕީގެ ކެނޑިޑޭޓު އަނަސް ޢަބްދުއްސައްތާރުއާއި އަމިއްލަ ގޮތުން ކުރިމަތިލެއްވި އަލްޙާން ފަޙުމީއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.
24 Sep 2026
މަގުތައް ހެދުމުގެ މަޝްރޫއުއާ ވިލިމާލެ ހޮސްޕިޓަލްގެ މަސައްކަތް ލަސްވެގެން އަންނަ އަހަރު ކުރީކޮޅު ފެށޭނެ: ޗައިނާ ސަފީރު
އެގޮތުން މި ދެ މަޝްރޫއު ވެސް މި އަހަރުގެ ފަހުކޮޅު ނޫނީ އަންނަ އަހަރުގެ ކުރީކޮޅު ފެށިގެންދާނެ ކަމުގައި ވިދާޅުވި އެވެ.
24 Sep 2026
އައްޑޫ ލިންކުރޯޑް ހަތަރު ލޭނަށް ފުޅާކޮށް އަލުން ތަރައްގީ ކުރަން ހަވާލުކޮށްފި
ކޮންސްޓްރަކްޝަން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްފައި މި މަޝްރޫއު ހަވާލުކޮށްފައި ވަނީ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާ އެވެ.