14 Apr 2021 | 11:05
ނިމިދިޔަ އިންތިޚާބުގައި ނިސްބަތުން ގިނަ ބަޔަކު ވޯޓުލި، މިއީ މުޢިއްޒުއަށް ބޮޑު ކާމިޔާބީއެއް: ރުކުމާ

މިދިޔަ ހިނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަކީ، ނިސްބަތުން މާލެ ސިޓީގެ ރައްޔިތުން އެންމެ ގިނައިން ވޯޓުލީ އިންތިޚާބު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ޢަބްދުލްކަރީމް (ރުކުމާ) ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ވަގުތީ ނަތީޖާ އިޢުލާނުކޮށްފައިވާއިރު، އެ އިންތިޚާބުގައި އިދިކޮޅު ޕީޕީއެމްގެ ފަރާތުން މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވައި ކާމިޔާބު ހޯއްދެވި ޑރ.މުޙައްމަދު މުޢިއްޒުއަށް ތާއީދު ކުރައްވައި، ކެމްޕެއިން ކޮށްދެއްވި ރުކުމާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލެ ސިޓީން، މިފަހަރުގެ އިންތިޚާބުގައި 21،000 މީހުން ވޯޓުލާފައިވާއިރު، އޭގެތެރެއިން، 12،447 ވޯޓު ލިބިވަޑައިގެންނެވީ ޑރ.މުޢިއްޒުއަށް ކަމަށެވެ.

އެއީ ވޯޓު ލީ މީހުންގެ 61.82 އިންސައްތައެވެ. މިއީ ބޮޑު ކާމިޔާބީއެއްކަން ފާހަގަކުރައްވައި، ރުކުމާ ވަނީ ޑރ.މުޢިއްޒުއަށް މަރުހަބާ ދަންނަވައިފައެވެ.

މީގެ ކުރީން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ބަލާއިރު، 2017 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި 19،000 މީހުންނެވެ.

ހޮނިހިރު ދުވަހުގެ އިންތިޚާބުގައި ޑރ.މުޢިއްޒުއާއި އެންމެ ގާތުން ވާދަކުރެއްވި ބޭފުޅަކީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި އަނަސް ޢަބްދުއްސައްތާރުއެވެ. އަނަސްއަށް ލިބިވަޑައިގެންފައިވަނީ 7،413 ވޯޓެވެ. އެއީ 36.82 އިންސައްތައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.