އިންޓަރނެޓް އަގުހެޔޮކުރުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅޭ: މަލީހު

17 Apr 2021 | 15:42

އިންޓަނެޓް އަގުހެޔޮ ކުރުމުގެ އެއްވެސް ނިޔަތެއް ސަރުކާރުގައި ނެތްކަމަށް ކުރީގެ ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީގެ މިނިސްޓަރު މަލީހް ޖަމާލު ވިދާޅުވެއްޖެއެވެ.

މަލީހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޓަނެޓް އަގުހެޔޮ ކުރުމުގެ އެއްވެސް ވިސްނުމެއް މި ސަރުކާރުގައި ނެތް ކަމަށާއި، ހުރިހާ އޮޕަރޭޓަރުންނާއި ވާހަކަ ދައްކާ އެއްބަސްވުމަކާ ހަމައަށް ގެނެވުނު ނަމަވެސް މަލީހުއަކީ އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ ވަޒީރަކަށް ނުވާތީ ސަރުކާރުން އެކަން މަޑުޖައްސާލި ކަމަށެވެ.

މަލީހް ވިދާޅުވީ، މި ސަރުކާރަށް އެންމެ ހަ މަހުގައި އިންޓަނެޓް އަގުހެޔޮކުރުމުގެ ހުރިހާކަމެއް ނިންމާ ރައީސް އޮފީހަށް ފޮނުއްވީމާ އެކަން ކުރައްވަން ސަރުކާރުން ފަސްޖެހިވަޑައިގެންފައިވާ ކަމަށެވެ.

އިންޓަނެޓް އަގު ހެޔޮ ކުރުމަށް ރައީސް ވެ ވަޑައިގެންފައިވާ ވައުދުތައް ނުފުއްދާތީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެއެވެ.

Advertisement

ކޮމެންޓް

Advertisement