17 Apr 2021 | 23:04
ވެކްސިން އުފެއްދުމަށް ބޭނުންވާ ތަކެތި އެމެރިކާއިން ބޭރުކުރުމަށް އަޅާފައިވާ ހުރަސްތައް އުވާލުމަށް ގޮވާލައިފި

ކޮވިޑް-19 ބަލިން ދިފާއުވުމަށް ބޭނުންވާ ވެކްސިންތައް އުފެއްދުމަށް ބޭނުންވާ ތަކެތި އެމެރިކާއިން އެކްސްޕޯޓްކުރުމަށް އަޅާފައިވާ ހުރަސްތައް އުވާލުމަށް، ސީރަމް އިންސްޓިޓިއުޓްގެ ސީއީއޯ އާދަރް ޕޫނާވާލާ ގޮވާލައްވައިފިއެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް ވެކްސިން އުފައްދާ ކުންފުނިކަމުގައިވާ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން ދަނީ އޮކްސްފޯޑް-އެސްޓްރަޒެނެކާގެ މަރުކާގެ ކޮވިޑް ވެކްސިނެއް އުފައްދަމުންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި އެސްޓްރަޒެނެކާއިން ވަނީ ކުދި އަދި މެދުފަންތީގެ ޤައުމުތަކަށް އަމާޒުކޮށްގެން އެއް ބިލިޔަން ޑޯޒްގެ ވެކްސިން ފޯރުކޮށްދޭން ސީރަމް އިންސްޓިޓިއުޓާއި އެކު ލައިސަންސިންގ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގެ ދަށުން ސީރަމް އިންސްޓިޓިއުޓުން ވަނީ ކޮވިޝީލްޑް ނަމުގައި ކޮވިޑް ވެކްސިނެއް ދުނިޔޭގެ ބާޒާރަށް ނެރެފައެވެ. މި ވެކްސިން ވަނީ ޑަބްލިޔުއެޗްއޯގެ އިމަރޖެންސީ ޔޫޒް ލިސްޓިންގގައި ހިމެނިފައެވެ.

މިއާއި އެކު ހިލޭ އެހީގެ ދަށުންނާއި، ކޮވެކްސް ފެސިލިޓީ އަދި ޑިރެކްޓް ޕަރޗޭސިންގގެ ދަށުން ކުދި އަދި މެދު ފަންތީގެ ގިނަ ގައުމުތަކުން ދަނީ ކޮވިޝީލްޑް ވެކްސިން ހޯދައި ބޭނުންކުރަމުންނެވެ. އޭގެ ތެރޭގައި ދިވެހިރާއްޖެވެސް ހިމެނެއެވެ.

ނަމަވެސް ކޮވިޝީލްޑް ވެކްސިނަށް ޑިމާންޑް އޮތްވަރާއި އަޅާބަލާއިރު، އެ ވެކްސިން ފޯރުކޮށްދެވޭ މިންވަރުގައި ލަސްކަމެއް އުޅޭކަމަށް ދާދިފަހުން ގިނަ ފަރާތްތަކުން ވަނީ ފާހަގަކުރަން ފަށާފައެވެ. މީގެ ސަބަބުން ދުނިޔޭގައި ދެވަނައަށް އެންމެ ގިނަ އާބާދީއެއް އޮންނަ ޤައުމުކަމަށްވާ އިންޑިއާ، އަދި ދުނިޔޭގެ އެހެނިހެން ޤައުމުތަކުގައި ހިންގަމުންދާ ކޮވިޑް ވެކްސިން ދިނުމުގެ ހަރަކާތަށް މަޑުޖެހުމެއް އަތުވެދާނެކަމުގެ ބިރުވެރިކަން ވަނީ ވަރަށް ބޮޑުވެފައެވެ.

މިކަމާ ގުޅޭގޮތުން ސީރަމް އިންސްޓިޓިއުޓްގެ ސީއީއޯ އާދަރް ޕޫނާވާލާ ވަނީ، އެމެރިކާގެ ރައީސް ޖޯ ބައިޑެން ޓެގްކުރެއްވުމަށްފަހު މުހިންމު ޓްވީޓެއް ކުރައްވާފައެވެ. އާދަރް ވިދާޅުވީ މި ވައިރަސް ބަލިކުރުމަށް ޙަޤީޤަތުގައިވެސް ގުޅިގެން މަސައްކަތްކުރާނަމަ، އެމެރިކާއިން ބޭރުގައިވާ ވެކްސިން ސިނާއަތުގެ ފަރާތުން، ވެކްސިން އުފެއްދުމަށް ބޭނުންވާ ސާމާނުތައް އެމެރިކާއިން އެކްސްޕޯޓްކުރުމަށް އަޅާފައިވާ ހުރަސްތައް ނެގުމަށް ގޮވާލައްވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ވެކްސިން އުފެއްދުން އިތުރުވާނެކަމަށާއި، މިކަމުގެ ތަފުސީލުތައް އެމެރިކާގެ ސަރުކާރުގެ ކިބައިގައި ވާނެކަމަށް އާދަރް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
މިރެއިން ފެށިގެން ބަދަލެއް؛ ބީއެމްއެލުން ކްރޮސް ބޯޑާ ފީ ނެގުން ހުއްޓާލަނީ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް
އދ. މަހިބަދޫގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކާއި އޮފީސްތަކުގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަޤްޞަދުގައި ބޭއްވި "ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތް"ގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް ޓީމުން ހޯދައިފިއެވެ.
10 Sep 2026
ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ 28.73 ބިލިއަން ރުފިޔާއަށް
ދައުލަތަށް ލިބޭ އާމްދަނީ އިތުރުވަމުން ދިޔަ ނަމަވެސް، ސަރުކާރު ހިންގުމުގެ ޚަރަދުތަކާއި، ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައާއި، ޤައުމީ ތަރައްޤީގެ އެކި މަޝްރޫޢުތަކަށް ދައުލަތުން ކުރަންޖެހޭ ހޭދަތައްވެސް މި މުއްދަތުގައި އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ
10 Sep 2026
އެމްއެންޔޫއިން ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ސެޝަނެއް
އެމް.އެން.ޔޫ އިން ބުނި ގޮތުގައި މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ސްކޫލް ނިންމާ ދަރިވަރުންނަށް އެކުދިންގެ މުސްތަޤުބަލާ މެދު ބިނާކުރަނިވި ނިންމުންތައް ނިންމުމަށް މަގުފަހިވެގެންދާނޭކަމަށެ
10 Sep 2026
ފަތުރުވެރިކަމަށް ދޫކޮށް މަސައްކަތް ނުކޮށް ހުރި ތަންތަނުގެ އެއްބަސްވުން އުވާލަނީ
ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން އެއްވެސް މަސައްކަތެއް ނުކޮށް 8 އަހަރަށްވުރެ ދިގު މުއްދަތެއް ވެފައިވާ ތަންތަނުގެ އެއްބަސްވުންތައް ވަގުތުން އުވާލާނެ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
10 Sep 2026
ގޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަން ހުއްދަދިން ވެރިފަރާތް 10 އަހަރަށް ޖަލަށް
މާލޭގެ ގެއެއްގައި މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރުމަށް ހުއްދަދީފައިވާ ކަމަށް ސާބިތުވެ، ގ. ޕެލިކަން ގޭގެ ވެރިފަރާތް 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ. މިއީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުން ދަޢުވާކޮށް، ކުށް ސާބިތުވި މި ބާވަތުގެ ފުރަތަމަ މައްސަލައެވެ.
10 Sep 2026
ހުޅުމާލެއިން 29 ފުޅި ބަނގުރަލާއެކު ދެ ބިދޭސީން ހައްޔަރުކޮށްފި
ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
10 Sep 2026
އެލައިޑުން ޕީއެސް5 އެއް ލިބޭ ހާއްސަ ގިވްއަވޭއެއް ފަށައިފި
ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރަންސް ކުންފުނި، އެލައިޑް އިންޝުއަރަންސް އިން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން، ޕްލޭސްޓޭޝަން 5 (ޕީއެސް5) އެއް ލިބޭ އަގުހުރި ގިވްއަވޭއެއް ފަށައިފިއެވެ.