29 Apr 2021 | 15:49
އިންޑިއާ މީހުން ނައިނަމަ، ދިވެހީންގެ އަނގަޔާއި އަތާ ދިމާ ނުވީސް: ޖެނިފާ

ދިވެހީންގެ އަނގަޔާއި އަތާ ދިމާވަނީ އިންޑިއާ މީހުން ރާއްޖެއަށް އަންނާތީ ކަމަށް މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު ޢާއިޝަތު ޖެނިފާ ވިދާޅުވެއްޖެއެވެ.

އެކަމަނާ އަކީ ޕޯސްޓް އޮފީހުގެވެސް ބޯޑު މެންބަރެކެވެ.

އަަވަށްޓެރި އިންޑިއާގައި ކޮވިޑް-19ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ދުނިޔޭގެ ގިނަ ޤައުމުތަކުން އެޤައުމަށް ދަތުރުތައް ކުރުން މެދުކަނޑާލާފައިވާއިރުވެސް، ދިވެހި ސަރުކާރުން އެފަދަ ނިންމުމެއް ނިންމާފައި ނުވާތީ، ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

އެގޮތުން އިންޑިއާ މީހުން ރާއްޖެ އައުން ނުހުއްޓުވާތީ، އެކަމަށް ފާޑު ކިޔައި، މީހަކު ކޮށްފައިވާ ޓްވީޓެއް ރީޓްވީޓް ކުރައްވައި ޖެނިފާ ވިދާޅުވީ އިންޑިއާ މީހުން ރާއްޖެއަށް ނައިނަމަ، ގިނަ ބަޔަކު ތިބޭނީ ކުރާނެ މަސައްކަތެއްވެސް ނެތި، ގޭގައި ކަމަށެވެ.

"އެހެން ނޫންނަމަ (އިންޑިއާ މީހުން ނައިނަމަ) ގިނަ މީހުން އަދުވެސް ތިބޭނީ، ގޭގައި ކުރާނެ މަސައްކަތެއް، އަދާކުރާނެ ވަޒީފާއެއް ނެތިގެން" ޖެނިފާ ވިދާޅުވިއެވެ.

ޖެނިފާގެ މި ޓްވީޓަށް ރިޕްލައި ކުރި މީހުން ވަނީ ޓްވީޓުގައި އޭނާ ބޭނުންކުރައްވާފައިވާ ބަސްމަގު ހަޑިކަން ފާހަގަކޮށް، އެކަމަށް ފާޑުކިޔައިފައެވެ. އިންޑިއާ ފަތުރުވެރިން ރާއްޖެ އަންނާނީ މޯލްޑިވިއަންގެ ޑީއެމްޑީ އުފާ ކުރައްވާއިރު، އެޤައުމުގެ މަޝްހޫރު ތަރިން ރާއްޖެ އަންނަނީ ހިލޭ ކަމަށްވެސް ޓްވީޓަށް ކޮމެންޓް ކުރި މީހަކު ބުނެފައި ވެއެވެ.

އިންޑިއާ މީހުން ނައިނަމަ، ދިވެހީންނަށް ވަޒީފާ ނުލިބުނީސް ކަމަށް ޖެނިފާ ވިދާޅުވިއިރު، ކޮވިޑާއި ގުޅިގެން އެތައް ބައެއްގެ ވަޒީފާ ގެއްލި، ގޭގައި ތިބިކަން ޖެނިފާއަށް އެނގިނުލައްވަނީތޯވެސް ބައެއް މީހުން ވަނީ ސުވާލުކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ