މިއަދު ރޯދަ ވީއްލަން ގުލާބު ޖާމުން ކިހިނެއްވާނެ؟

25 Apr 2021 | 14:51

މިއަދު "ވޮއިސް"ގެ ކިޔުންތެރިންނާއި މި ހިއްސާކޮށްލަނީ ގުލާބު ޖާމުން ތައްުޔާރު ކުރާނެ ގޮތެވެ. މިއީ އިންޑިއާގެ ޚާއްޞަ ކެއުމެއް ނަމަވެސް، މިއީ ދިވެހީންގެ މެދުގައި ވަަރަށް މަގުބޫލު ފޮނިކާ އެއްޗެކެވެ.


ބޭނުންވާނެ ތަކެތި:

މޭޒުމަތީ ސަމުސަލުގެ 8 ސަމުސާ ހިކި ކިރު

މޭޒުމަތީ ސަމުސަލުގެ 3 ސަމުސާ ސެލްފް ރެއިޒިން ފުށް

ސައިސަމުސަލެއްގެ ހަތަރުބައިކުޅަ އެއްބައި ބައިކާބަނޭޓް ސޮޑާ

ސައިސަމުސަލެއްގެ ހަތަރުބައިކުޅަ އެއްބައި ކާފޫރު ތޮޅި (މުގުރާފައި)

މޭޒުމަތީ ސަމުސަލުގެ އެއް ސަމުސާ ބަޓަރު ނުވަތަ ގިތެޔޮ

މޭޒުމަތީ ސަމުސަލުގެ 3 ސަމުސާ ގިތެޔޮ ނުވަތަ ތެޔޮ، ތެލުލުމަށް


ސިރަޕަށް ބޭނުންވާނެ ތަކެތި:

2 ޖޯޑު ހަކުރު

4 ޖޯޑު ފެން

5 ކާފޫރު ތޮޅިގެ ތޮށި

މޭޒުމަތީ ސަމުސަލުގެ 2 ސަމުސާ ފިނިފެން (ރޯޒް ޥޯޓަރ)، ނުވަތަ ރޯޒް އެސެންސް ފޮދެއް


ތައްޔާރު ކުރާނެ ގޮތް:

ފެން ފޮދު ތެއްޔަކަށް އަޅާލުމަށްފަހު ހަކުރާއި ކާފޫރު ތޮޅި އަދި ފޮނިތޮށިކޮޅު އަޅާ ކައްކަން އުދާލާށެވެ.

ހަކުރު ގަނޑު ކުޑަކޮށް އޮލަ ވަންދެން ކައްކާލާށެވެ. އޮލަވީމަ އެސެންސްފޮދު އެއްކޮށްލާށެވެ. ކިރު، ބަޓަރ، ފުށް އަދި ބޭކިން ޕައުޑާ އަޅާފަ ގުޅަ ޖަހާލެވޭވަރަށް ރަނގަޅަށް އެއްކޮށް މޮޑެލާށެވެ. އެއަށްފަހު އޭގެއިން ގުޅަވަށާށެވެ. ގުޅަވަށާއިރު މާބޮޑަށް ހިކޭގޮތް ވާނަމަ އަތުގައި ފެންފޮދެއް ހާކާލާށެވެ.

ފުށްގަނޑުން ގުޅަވާށާފައި ނުވަތަ ގުލާބު ޖާމުން ވަށާފައި އޮމާންކޮށްފައި ބަހައްޓާށެވެ.

ތަވާ އުދާލާފައި ތެޔޮއަޅާލުމަށްފަހު ތެޔޮގަނޑު ރަނގަޅަަށް ކެކިގަތީމާ ގުލާބު ޖާމުން އަޅާފަ ރަނގަޅަށް ތެލުލާށެވެ. ގުލާބު ޖާމުންގައި ހޫނުކަން ހުއްޓާ ތައްޔާރު ކުރި ހަކުރު ގަނޑު ތެރެއަށް އަޅާލާށެވެ. ހިހޫވަންދެން ބަހައްޓާފަ އައިސް އަލަމާރިއަށް ލާށެވެ. 

Advertisement

ކޮމެންޓް

Advertisement