26 Apr 2021 | 13:48
ޖަރުމަނުން އިންޑިއާއަށް އެހީވަނީ: އޮކްސިޖަންއާއި އެހެން ބައެއް މެޑިކަލް ސާމާނު ފޯރުކޮށްދޭނެ

އިންޑިއާއަށް އޮކްސިޖަންއާއި، ބޭސްފަރުވާގެ އެހެން ސާމާނު ފޮނުވާނެ ކަމަށް ޖަރުމަނުވިލާތުން ހާމަކޮށްފިއެވެ.

ހަލުވިކަމާއިއެކު ކޮވިޑް-19 ފެތުރެމުން އަންނަ އިންޑިއާގެ ހޮސްޕިޓަލްތަކަށް އޮކްސިޖަން ލިބުމުގައި ދަތިތައް ކުރިމަތިވެ، ކޮވިޑް ޖެހޭ މީހުންނަށް ފަރުވާ ދިނުން ވަނީ ދަތި ކަމަކަށް ވެފައެވެ.

ޖަރުމަނުވިލާތުގެ ފޮރިން މިނިސްޓަރު ހެއިކޯ މާސް ހޯމަ ދުވަހު ވިދާޅުވީ، އެޤައުމު އޮތީ އިންޑިއާއަށް އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި އިންޑިއާއަށް އެހީގެ ތަކެތި ފޯރުކޮށްދޭނެ ކަމަށެވެ.

އިންޑިއާގައި ވަރަށް ހަލުވިކަމާއިއެކު ކޮވިޑް-19 ފެތުރެމުން އަންނައިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް ތިންލައްކައަށްވުރެ ގިނަ މީހުން ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާއިރު، އޮކްސިޖަން ނެތުމުގެ ސަބަބުން ހޮސްޕިޓަލުތަކުން އަންނަނީ ބަލި މީހުންނާއި ހަވާލުވެވެން ނެތްކަމަށް ބުނަމުންނެވެ.

އިންޑިއާގައި ހަލުވިކަމާއެކު ކޮވިޑްގެ މިއުޓޭޝަންއިން ސަލާމަތްވުމަށް، ގިނަ ޤައުމުތަކެކޭ އެއްގޮތަށް ޖަރުމަނުން ވަނީ އެޤައުމު "ވޯނިން ލިސްޓަށް" ލައިފައެވެ.

ހޯމަ ދުވަހުން ފެށިގެން، އިންޑިއާއިން ޖަރުމަނަށް މީހުންނަށް އެތެރެވެވޭނީ ކޮވިޑަށް ނެގެޓިވް ޓެސްޓަކާއިއެކުގައެވެ. އަދި ޓެސްޓު ހެދިނަމަވެސް، 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތުވެސް ފުރިހަމަ ކުރަން ޖެހޭނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Sep 2026
އަލްޖީރިއާއިން ޔޫއޭއީއާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލައިފި
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލަން ނިންމާފައިވާ ކަމަށް އަލްޖީރިއާއިން ބުނެފިއެވެ.
11 Sep 2026
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިއްޖެ
މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އެދިއްޖެއެވެ.
11 Sep 2026
މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އަންނަ ހޯމަ ދުވަހު ރާއްޖެ ވަޑައިގަންނަވަނީ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފިއެވެ. ރައީސް އޮފީހުން ބުނީ، މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވާނީ މިހިނގާ ސެޕްޓެންބަރު މަހުގެ 14 އިން 15 އަށް ކަމަށެވެ.
11 Sep 2026
ޖަމްޢިއްޔަތުއްސަލަފްގެ ދުޢާތުންގެ މަޖިލީހުގެ 2ވަނަ އަހަރީ ބައްދަލުވުން ފަށައިފި
ޖަމްޢިއްޔަތުއްސަލަފްގެ ދުޢާތުންގެ މަޖިލީހުގެ 2ވަނަ އަހަރީ ބައްދަލުވުން އިފްތިތާޙުކޮށްފިއެވެ.
11 Sep 2026
އިންތިހާބު ވާދަވެރިވެއްޖެ؛ ޕީއެންސީގެ ނާއިބު ރައީސް ކަމަށް 8 ބޭފުޅަކު، އާންމު މެންބަރު ކަމަށް 73 މެންބަރުން
އެގޮތުން ޕާޓީގެ ނާއިބު ރައީސުންގެ ހަ މަގާމަށް 8 ބޭފުޅަކު ވަނީ ކުރިމަތިލާފަ އެވެ.
10 Sep 2026
އަހަރުގެ އެންމެ މޮޅު އިންޖިނޭރުގެ އެވޯޑާއެކު ދެ އެވޯޑެއް ޑރ. ފުރުގާން
މީގެ އިތުރުން އެހެން އެވޯޑެއް ވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފަ އެވެ. އެއީ އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑެވެ.
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.