27 Apr 2021 | 18:14
އެލްއެފް ފުޓްސަލް ކަޕް 2021: މެޗް ޑޭ 1 ވަރަށްވެސް ފޯރިގަދަ!

ހުޅުމާލޭގައި ހަރަކާތްތެރިވާ ދެ ޖަމްއިއްޔާއެއްކަމަށްވާ މޯލްޑިވްސް ޔޫތު އަދި ހުޅުމާލެ ޔޫތު މޫވްމެންޓްއިން އިންތިޒާމްކޮށްގެން ބާއްވާ "އެލްއެފް ފުޓްސަލް ކަޕް 2021" މުބާރާތް ރޭވަނީ ފަށާފައެވެ.

ހުޅުމާލޭ ރެހެންދި ޓާފްގައި ކުރިއަށްގެންދާ މި މުބާރާތުގައި ރޭ ވަނީ ޖުމްލަ ހަ މެޗް ކުޅެފައެވެ. އެގޮތުން ރޭ މި މުބާރާތް ފެށި ފޯރިގަދަ މެޗްގައި ވާދަކޮށްފައިވަނީ ބްރަދާސް އޮފް ދަ ގްރާންޑޭ އެސްސީ އަދި ޓީމް އެންއެސް ރޯމާއެވެ. މި މެޗް 9-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެންއެސް ރޯމާއެވެ. މި މެޗްގެ މޭން އޮފް ދަ މެޗަކީ ހަތަރު ގޯލް ޖެހި މުހައްމަދު މައުރޫފެވެ.

މި މުބާރާތުގެ މެޗް ޑޭ 1ގައި ކުޅެވުނު އެހެން މެޗްތަކުގެ ނަތީޖާތައް ތިރީގައި އެވަނީއެވެ.

2. އެފްސީ ބަދަވީން 3-2 އެލީޓް އެސްސީ. މި މެޗުގެ މޭން އޮފް ދަ މެޗަކީ އެފްސީ ބަދަވީންގެ ފުރަތަމަ ގޯލް ޖެހި މުހައްމަދު މިދުހަތެވެ.

3. ޓީއެންޓީ 2-2 ޑަ ރޯޔަލްސް. މި މެޗުގެ މޭން އޮފް ދަ މެޗަކީ ޑަ ރޯޔަލްސްގެ ހަސަން ލަތީފެވެ.

4. އެލްއެފް ނިއު ޖެނެރޭޝަން 2-6 އެފްސީ ފައިގަތަޅަ. މި މެޗުގެ މޭން އޮފް މަ މެޗަކީ އެފްސީ ފައިގަތަޅާގެ ހުރިހާ ގޯލެއް ޖަހައިދިން މުހައްމަދު ޔަފާނެވެ.

5. ވަލޭރިއޯ އެފްސީ 4-3 މައިޑާ. މި މެޗުގެ މޭން އޮފް ދަ މެޗަކީ ވަލޭރިއޯއަށް ތިން ގޯލު ޖަހައިދިން ހުސާމް އިބްރާހީމެވެ.

6. ޑީޓީ ނެކްސްޓް ލެވެލް 5-1 ޔުނައިޓެޑް ރެޑްސް. މި މެޗުގެ މޭން އޮފް ދަ މެޗަކީ ޑީޓީ ނެކްސްޓް ލެވެލްއަށް ގޯލެއް ޖަހައިދިން މުހައްމަދު ޖައިލަމެވެ.

މިރޭވެސް މި މުބާރާތުގެ ކުޅުން ހުޅުމާލޭ ރެހެންދި ޓާފްގައި ރޭގަނޑު 9:30 އިން ފެށިގެން އޮންނާނެއެވެ. މި މުބާރާތުގެ 12 މެޗެއް މިރޭ އޮންނައިރު، މި މެޗްތައް މޯލްޑިވްސް ޔޫތުގެ ފޭސްބުކް ޕޭޖުން ގެނެސްދޭނެއެވެ.

އެލްއެފް ފުޓްސަލް ކަޕްގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރަނަރަޕް ޓީމަށް 25،000 ރުފިޔާވެސް ދޭން ވަނީ ނިންމާފައެވެ.

މި މުބާރާތުގެ އޮފިޝަލް މީޑިޔާ ޕާޓްނަރަކީ "ވޮއިސް" އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Aug 2026
އަގުމަގުން މިހާރު ދެހާހަށްވުރެ ގިނަ ފިހާރައިން ވިއްކާ ތަކެތީގެ އަގުތައް
އަގުމަގު އެޕްލިކޭޝަނަކީ މާލޭ ބާޒާރުގެ އަގުތަކުގެ އިތުރުން އަތޮޅުތެރޭގައި ތަކެތީގެ އަގުތައް ފެންނަން ހުންނަގޮތަށް ހިމަނައިގެން ތައްޔާރުކޮށްފައިވާ އެޕްލިކޭޝަނެކެވެ
22 Aug 2026
މެންޗެސްޓަރ ޔުނައިޓެޑުން 70 މިލިއަން ޕައުންޑަށް ބަލޭބާ ގެންނަނީ
މި އެއްބަސްވުމުގެ ދަށުން ޔުނައިޓެޑުން ފުރަތަމަ މަރުހަލާގައި 65 މިލިއަން ޕައުންޑް ދައްކާ އިރު އިތުރު ފަސް މިލިއަން ޕައުންޑް ވަކި ޝަރުތުތަކެއް ހަމަވުމުން ދައްކަންޖެހެއެވެ
22 Aug 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި މަޝްހޫރު ވޮލީ ކުޅުންތެރިޔާ ފާޒިލް ހައްޔަރުކޮށްފި
ބަލައިފާސްކުރުމުން މަސްތުވާތަކެތި ކަމަށް ބެލެވޭ 265.01 ގުރާމުގެ ތަކެތި ފެނިފައިވެއެވެ.
22 Aug 2026
މިދިޔަ އަހަރާ އަޅާބަލާއިރު ޓެކުހުން ލިބުނު އާމްދަނީ 12 އިންސައްތަ އިތުރުވެއްޖެ
މިހިނގާ އޮގަސްޓްމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި ޓެކުހުން 21.1 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ލިބިފައިވަނީ، 18.8 ބިލިއަން ރުފިޔާއެވެ
22 Aug 2026
ޕްރިމިއާ ލީގްގެ ފުރަތަމަ މެޗްގައި ކޮންވެންޓްރީ ސިޓީ އަތުން އާސެނަލަށް މޮޅެއް
ޕްރިމިއާ ލީގްގައި ދެން އެންމެ އަވަހަށް އަސެނަލް ނިކުންނާނީ އެސްޓަންވިލާ އާ ދެކޮޅަށެވެ.
22 Aug 2026
އިންޑިއާއިން ތެލުގެ ބާވަތްތައް އެތެރެކުރުމަށް މޮރިޝަސްއިން އެއްބަސްވުންތަކެއްގައި ސޮއިކޮށްފި
މި އެއްބަސްވުންތަކުގެ ތެރޭގައި އިންޑިއާ ސަރުކާރާއި މޮރިޝަސް ސަރުކާރާ ދެމެދު ސޮއިކުރެވުނު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ އާއި، އިންޑިއާގެ ދައުލަތް ހިއްސާ އޮންނަ އިންޑިއަން އޮއިލް ކޯޕަރޭޝަން އާއި މޮރިޝަސްގެ ސްޓޭޓް ޓްރޭޑިންގ ކޯޕަރޭޝަންއާ ދެމެދު ސޮއިކުރެވުނު 5 އަހަރު ދުވަހުގެ އެއްބަސްވުން ހިމެނެއެވެ
22 Aug 2026
ތާރީހީ ދުވަހެއް: ތިލަމާލެ ބްރިޖުގެ އޮނިގަނޑު ނިމި މާލެއާ ވިލިމާލެ ގުޅާލަނީ
އޭގެ ފަހުން ދެން އޮންނާނީ ބްރިޖުގެ ފިނިޝިން މަސައްކަތްތަކެވެ. އެއީ ރޭލިން ހަރުކުރުން ފަދަ މަސައްކަތެވެ.
22 Aug 2026
ޔާމީންއާ ނަޝީދު ތިނަދޫއަށް، ރައްޔިތުންގެ ހޫނު މަރުހަބާއެއް
ތިނަދޫ ގައި އަލުން މީހުން އާބާދުވިތާ 60 އަހަރު ފުރުމުގެ މުނާސަބާގައި ބާއްވާ ހާއްސަ ޖަލްސާ އޮތީ މާދަމާ ރެ އެވެ.