ކޮވިޑް-19: ދިއްލީގައި މަރުވާ މީހުން އަންދާނެ ދަރުވެސް މަދުވެފައި!

29 Apr 2021 | 19:46

އިންޑިއާގެ ވެރިރަށް ދިއްލީގައި ކޮވިޑް-19ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، މީހުން އަންދާނެ ދަރު ނުލިބިގެން އުޅެން ޖެހިފައިވާ ހިސާބަށް ގޮސްފައިވާ ކަމަށް ބައިނަލްއަގްވާމީ ބައެއްް މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

އަންގާރަ ދުވަހު އެކަނިވެސް ދިއްލީއިން 24،149 މީހަކަށް ކޮވިޑް ޖެހިފައިވެއެވެ. މިއީ ހޯމަ ދުވަހަށްވުރެވެސް އިތުރު އަދަދެކެވެ. އެގޮތުން ހޯމަ ދުވަހު ދިއްލީއިން ކޮވިޑް ޖެހިފައިވާ ކަމަށް ރިޕޯޓުކޮށްފައިވަނީ 20،201 މިީހަކަށެވެ. އަދި ބަލި ޖެހިގެން 381 މީހަކު ވަނީ މަރުވެފައެވެ.

ދިއްލީގައި ފާއިތުވި ހަދުވަހުވެސް ކޮވިޑް ޖެހިގެން 300އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، މިއީ ރިކޯޑް އަދަދެކެވެ. މިބަލީއި މަރުވާ މީހުންގެ އަދަދު ކަންބޮޑުވާ މިންވަަރަކަށް އިތުރުވަމުން އަންނައިރު، ބައްޔަށް ފަރުވާ ދިނުމަށް ބޭނުންކުރާ އޮކްސިޖަން ފަދަ ވަސީލަތްތައް ނެތުމުން، ދިއްލީގައި ޞިއްޙީ ޚިދުމަތްދޭ ފަރާތްތަކުން ދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.

ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވެފައިވާއިރު، މީހުންގެ ހަށިތައް އަންދާ ސަރަޙައްދުތަކުގައި ޖާގައިގެ ދަތިކަން ކުރިމަތިވެ، ހަށިތައް އެންދުމަށް ބޭނުންވާ ދަރު ލިބުމުގައިވެސް ވަނީ ދަތިތައް ކުރިމަތިވެފައެވެ. 

Advertisement

ކޮމެންޓް