21 Dec 2018 | 16:48
އަބްދުރަހީމަށް ޔުމްނާ: ޕާޓީ އަތުލައި 8 މަސް ޖަލުގައި ބެހެއްޓީ މައުމޫން ޒާތީވެގެންތޯ؟

ޕާޓީއަތުލައި 8 މަސް ވަންދެން ޖަލުގައި ބެހެއްޓީ ކުރީގެ ރައީސް މައުމޫން އަބަދުލް ޤައްޔޫމް ޒާތީވެގެންތޯ މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވެފައިމިވަނީ ކުރީގެ ރައީސް މައުމޫނަށް ވުރެ ޒާތީ ބޭފުޅެއް ނުދެކޭކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުރަހީމް އަބްދުﷲ ވިދާޅުވުމުން އެކަމަށް ރައްދު ދެއްވައި ކުރެއްވި ޓުވީޓެއްގައެވެ.

އަބްދުރަހީމް ދުވަހު ނޫހަކަށް ދެއްވި ބަސްދީގަތުމުގައި ވިދާޅުވިގޮތުގައި މައުމޫންއާ ވަރަށް ގާތުން އޭނާ އަކީ މަސައްކަތް ކުރި މީހެއްކަމުން އެމަނިކުފާނު ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެކަމަށެވެ.

"މައުމޫނަށް ވުރެ ޒާތީ ބޭފުޅެއް އަޅުގަނޑު ނުދެކެން ރާއްޖެ އިން. އެއަށް ވުރެ ހިތުގަ ފިތުނަވެރިކަން އޮވެގެން ހަސަދަވެރިކަމާ އެކީގަ މަސައްކަތް ކުރައްވާ ޒާތީ ސިޔާސީ ބޭފުޅެއް ނުދެކެން" އަބްދުރަހީމް ވިދާޅުވިއެވެ.

މައުމޫންގެ އެއްބަފާ ކޮއްކޯފުޅުގެ ވެރިކަމުގައި ވަނީ މައުމޫން ޖަލައްލައި ޕީޕީއެމްގެ ރައީސް ކަމުން މައުމޫން ދުރުކުރައްވާފައެވެ. އަދި މައުމޫންގެ ސިއްހީ ހާލަތާ ބެހޭގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް އާއިލާއިންނާއި ވަކީލުން ފާޅުކުރައްވަމުން ގެންދެވިއިރުވެސް މައުމޫންވަނީ ޖަލުގައި 8 މަސް ވަންދެން ބަހައްޓާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Jun 2026
މިނިސްޓަރު އިރުތިޝާމް، ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ފުރާވަޑައިގެންފި
މިއީ މި މަހުގެ 11 އިން 12 އަށް ޗައިނާގެ ކުންމިން ގައި ބޭއްވުމަށް ހަމަޖެހިފައިވާ، ހަތް ވަނަ ޗައިނާ – ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމް އަދި 10 ވަނަ ޗައިނާ ސައުތު އޭޝިއާ އެކްސްޕޯ ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
11 Jun 2026
އަށް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި
އަތުލައިގަތް މަސްތުވާތަކެތީގެ ބާވަތަކީ ހަޝިޝް އޮއިލް އެވެ. އަދި މި ތަކެތީގެ ބަރުދަނުގައި ޖުމްލަ 8490 ގްރާމް ނުވަތަ 8.4 ކިލޯ ހުރި ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
10 Jun 2026
ރައީސްގެ ޓީމަކީ އާޖެންޓީނާ، ދެވަނަ ޓީމަކީ އިނގިރޭސިވިލާތް
"އަޅުގަނޑު މިއީ ވަރަށް ކުޑައިރުއްސުރެ އާޖެންޓީނާގެ ސަޕޯޓަރެއް،" ރައީސް ވިދާޅުވި އެވެ.
10 Jun 2026
ދަރިފުޅަށް ޖިންސީގޯނާ ކުރުމުގެ ތުހުމަތު ފުލުހަކަށް، ހައްޔަރު ކޮށްފި
އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
10 Jun 2026
އަޒާންއާ އެއްކޮޅަށް އަމުރެއް، ދައުރުގެ ލިޔުން ނަގަން އަންގައިފި
އަދި އެ މައްސަލަ ހުށައެޅުއްވުމަށް ގާނޫނީ ހަރަދުގެ ގޮތުގައި ހޭދަވި 28،670 ރުފިޔާގެ އިތުރުން މައްސަލައިގެ ރެޖިސްޓްރޭޝަން ފީ ނަގައިދިނުމަށެވެ.
10 Jun 2026
ސޯބެ މެންބަރު ކަމުގެ ހުވާކުރެއްވުން އަންނަ ހޯމަ ދުވަހު
މަޖިލީހުގެ އިދާރާއިން ބުނީ ސޯބެ, މެންބަރު ކަމުގެ ހުވާކުރެއްވުން ހޯމަ ދުވަހުގެ ހެނދުނު 08:30 ގައި މަޖިލީސް ކުރާ ގޭގައި އޮންނާނެ ކަމަށެވެ.
10 Jun 2026
ވަރލްޑްކަޕާ ގުޅިގެން ރައީސްގެ ސޮއި ހިމެނޭ ހާއްސަ ފުޓްބޯޅަތަކެއް ދިވެހި ކުޅިވަރު ލެޖެންޑުންނަށް
ބޯޅަތަކުގައި ސޮކުރައްވަމުން ގެންދެވިއިރު، ވަޒީރު ރާފިއު ވަނީ ވަރލްޑް ކަޕް ކާމިޔާބުކުރައްވާނީ ކޮން ޓީމެއްތޯ ރައީސް އަރިހު ސުވާލުކުރައްވާފައެވެ. ޖަވާބުގައި ރައީސް ވަނީ، އެމަނިކްފާނު ސަޕޯޓްކުރައްވަނީ އެންމެ ކުޑައިރުންސުރެ އާޖެންޓީނާއަށްކަމަށް ވިދާޅުވެފައެވެ
10 Jun 2026
އެލްޖީއޭގެ ރައީސަކަށް މިނިސްޓަރު ޒަރީރު އައްޔަނުކުރައްވައިފި
އެލްޖީއޭ އިން މިއަދު ބުނީ ލޯކަލް ގަވާމަންޓް އޮތޯރިޓީގެ ރައީސްގެ މަގާމަށް މިނިސްޓާ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓާޕްރައިޒަސް ހަސަން ޒަރީރު, ރައީސުލް ޖުމުހްރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު އައްޔަން ކުރައްވާފައިވާ ކަމަށެވެ.