ބޯޅަތަކުގައި ރައީސް ސޮއިކުރައްވަނީ..
ހަބަރު
10 Jun 2026 | 20:16
ވަރލްޑްކަޕާ ގުޅިގެން ރައީސްގެ ސޮއި ހިމެނޭ ހާއްސަ ފުޓްބޯޅަތަކެއް ދިވެހި ކުޅިވަރު ލެޖެންޑުންނަށް

ކުރިއަށްއޮތް ވަރލްޑްކަޕާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސޮއި ހިމެނޭ ހާއްސަ ފުޓްބޯޅަތަކެއް ދިވެހި ކުޅިވަރު ލެޖެންޑުންނަށް ހަދިޔާއެއްގެ ގޮތުގައި ދިނުމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ތައްޔާރުވެއްޖެއެވެ.

ވަރލްޑްކަޕްގެ ފޯރި އިތުރުކުރުމަށް ކުޅިވަރާބެހޭ ވުޒާރާއިން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ މިކަމަކީ، ވަރލްޑްކަޕްގެ މެއިން ސްޕޮންސަރެއް ހަދިޔާކޮށްފައިވާ ބޯޅަ ތަކެކެވެ. ކުޅިވަރާބެހޭ ވުޒާރާއިން އާއްމުކުރި މި ވީޑިއޯގައި ވަޒީރު އަބްދުﷲ ރާފިއު ވަނީ  ވަރލްޑްކަޕްގެ މެއިން ސްޕޮންސަރަކު ހަދިޔާކުރައްވާފައިވާ ބޯޅަތައް ރާއްޖޭގެ ކުޅިވަރު ސަހްސިއްޔަތުންނަށް ދިނުމަށް ނިންމަވާފައިވާކަން ރައީސް އަރިހު ވިދާޅުވެފައެވެ. އަދި ބޯޅަ ތަކުގައި ރައީސްގެ އޮޓޯގްރާފް ދެއްވުމަށް އެދިވަޑައިގެންނެވުމުން ރައީސް ވަނީ ބޯޅަތަކުގައި ސޮކުރައްވާފައެވެ.

ބޯޅަތަކުގައި ސޮކުރައްވަމުން ގެންދެވިއިރު، ވަޒީރު ރާފިއު ވަނީ ވަރލްޑް ކަޕް ކާމިޔާބުކުރައްވާނީ ކޮން ޓީމެއްތޯ ރައީސް އަރިހު ސުވާލުކުރައްވާފައެވެ. ޖަވާބުގައި ރައީސް ވަނީ، އެމަނިކްފާނު ސަޕޯޓްކުރައްވަނީ އެންމެ ކުޑައިރުންސުރެ އާޖެންޓީނާއަށްކަމަށް ވިދާޅުވެފައެވެ. އަދި އިންގްލެންޑަކީވެސް ސަޕޯޓްކުރާ ޓީމެއް ކަމަށާއި، އާޖެންޓީނާއަށް ތަށި ނުލިބެންޏާމު އިންގްލެންޑަށް ލިބުނީމަ ހުންނާނީ ރަނގަޅަށްކަމަށް ވިދާޅުވެފައެވެ. އެގޮތުން މަރަޑޯނާއަށް ސަޕޯޓްކުރަން ފެށިފަހުން އާޖެންޓީނާއަށް ސަޕޯޓްކުރުމުގައި އަދިވެސް ހުރެވުނީކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މެޗްތައް އޮންނަ ވަގުތުގެ ގޮތުން މެޗްތައް ބެއްލެވުމުގެ ކަންކަން އޮތީ ކިހިނެތްތޯ ސުވާލުކުރެއްވުމުން ރައީސް ވިދާޅުވީ، މިފަހަރު މެޗްތައް ބެލުމުގެ ކަންކަން އޮތީ ވަރަށް އުނދަގޫކޮށް ކަމަށާއި، ހުރިހާ މެޗްތަކެއް ނުބެލުނު ނަމަވެސް ވީވަރަކުން މެޗްތައް ބައްލަވާނޭކަމަށެވެ.

ރައީސް ވިދާޅުވީ މިފަހަރު ފްރާންސްވެސް ވަރަށް ވަރުގަދަ ވާނެކަމަށާއި، އަދި ހޮލެންޑްވެސް ފަހަރެއްގައި ތަށި ނަގާފާނޭކަމަށެވެ. ވަޒީރު ރާފިއުއާއެކު ދައްކަވަމުން ގެންދިޔަ އެންމެ ފަހު ވާހަކަފުޅަކަށް ރައީސް ވިދާޅުވީ، އުއްމީދުކުރަނީ ހުރިހާ ފަރާތްތަކަށްވެސް ވަރލްޑްކަޕް ބެލޭނޭ އިންތިޒާމުތައް ހަމަޖެހިފައި ހުންނާނޭކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.