ޝައިޚް ޒައިދު ޢިމްރާންގެ ދިފާޢުގައި، ގޯސްވީ މުޒާހަރާއަށް ނުކުތް މީހުން!

04 May 2021 | 05:13

ޖިންސީ ފުރައްސާރައާއި ރޭޕާއި ދެކޮޅަށް އަޑު އުފުލި ޒުވާނުންގެ ދިފާއުގައި ވާހަކަ ދެއްކެވުމުގެ ބަދަލުގައި ޝައިޚް ޢަލީ ޒައިދު، ފުލުހުންގެ މުއައްސަސާގެ ކަންކަން ބަލަހައްޓަވާ ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲގެ ދިފާޢުގައި ނުކުންނަވައިފިއެެވެ.

ޝައިޚް ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ރޭގެ މުޒާހަރާގެ ބައިވެރީން ޢަމަލުތައް ބެހެއްޓީ، ޖިންސީ ގޯނާއަށް ފަހިވާ ގޮތަށް ކަމަށެވެ.

"ނަމަވެސް މިރޭ ވީޑިއޯއިން ފެންނަނީ، ޖިންސީ ގޯނާއަށް ފަހިވާހެން، ފުލުހުންގެ އަތުގައި ނުޖެހޭން ވެގެން، މުޒާހަރާ ކުރި އަންހެނުންނާއި ފިރިހެނުން ބައްދައި އޮޅުލާތަން. މިހެންވުމުން މި ޖެހުނީ ކޮންތާކުތޯއޭ ހިތަށް އަރާ" ޝައިޚް ޒައިދު ވިދާޅުވިއެވެ.

ޝައިޚް ޒައިދުގެ ޓްވީޓުގައި ވަނީ ޖިންސީ ގޯނާ ކުރުމާއި އެންމެންވެސް ދެކޮޅު ކަމަށާއި، އަނިޔާއާއިވެސް ދެކޮޅު ކަމަށް ވިދާޅުވެފައެވެ.

ޝައިޚް ޒައިދު ނުސީދާކޮށް، މިނިސްޓަރު ޢިމްރާންގެ ދިފާޢުގައި ނުކުންނެވިއިރު، ރޭ ފުލުހުން ޢަމަލު ކުރި ގޮތާއި ގުޅިގެން، ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން މިނިސްޓަރު ޢިމްރާނަށް އަމާޒުވިއެވެ.

ނަމަވެސް މިނިސްޓަރު ޢިމްރާން ވިދާޅުވެފައިވަނީ މުޒާހަރާ ރޫޅާލުމުގައި ފުލުހުން ބާރުގެ ބޭނުން ކުރުމުގައި ޢަމަލު ކުރި ގޮތް ބަލާނެ ކަމަށެވެ. 

Advertisement

ކޮމެންޓް

Advertisement