ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖެހުމުގައި މިރޭ ޚާއްސަ ގޮތްތަކެއް!

03 May 2021 | 13:52

ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދިނުމުގައި ޚާއްސަ ގޮތްތަކަކަށް މިރޭ އަމަލުކުރަން ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ)އިން ނިންމައިފިއެވެ.

އެޗްއީއޯސީން ބުނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިތާ 12 ހަފްތާ ހަމަވެފައިވާ ނުވަތަ ހަމަވާން ކައިރިވެފައިވާ ފަރާތްތަކަށް އިސްކަންދިނުމުގެ ގޮތުން، މިރޭ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދެވޭނީ ހަމަ އެކަނި ފެބްރުއަރީ މަސް ތެރޭ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށްކަމަށެވެ. އަދި މިރޭ ވެކްސިން ދިނުން ކުރިއަށްދާނީ ސޯޝަލް ސެންޓަރުގައާއި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރުގައިކަމަށް ވަނީ ބުނެފައެވެ.

އެ ސެންޓަރުން އިތުރަށް ބުނިގޮތުގައި މިރޭ ނަންބަރު ދޫކުރުމުގައި ވެކްސިން ކާޑުގެ ތާރީޚަށް ބެލެވޭނެއެވެ.

އެނގިފައިވާ ގޮތުގައި ވެކްސިން ދިނުމަށް މި ގެނެވުނު ބަދަލަކީ ކިއު ބޮޑުވުމާއި އަދި 12 ހަފްތާވާ ފަރާތްތަކަށް އިސްކަން ދިނުމުގެ ގޮތުން ގެނެވޭ ބަދަލެކެވެ.

Advertisement

ކޮމެންޓް