06 May 2021 | 15:28
މާބަނޑު އަންހެނުންނަށް ފައިޒަރ ވެކްސިން ދެނީ

ކޮވިޑް19 އިން ރައްކާތެރިވުމަށް ރާއްޖޭގައި މާބަނޑު މީހުންނަށް ފައިޒަރ ވެކްސިން ދޭން ނިންމާފައިވާ ކަމަށް އިމިއުނިޒޭޝަންގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ޗެއާމަން ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު ޑރ. އަޙުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ޑރ.ފައިސަލް މިހެން ވިދާޅުވީ، އައިޖީއެމްއެޗުގެ ޑައިޓީޝަން އާޝިއާ އަބްދުއްރަހީމް ކުރެއްވި ޓްވީޓަކާ ގުޅިގެން އެއަށް ރައްދުދެއްވަމުންނެވެ.

އާޝިއާ ވިދާޅުވީ މާބަނޑުމީހުންނަށް ވެކްސިން ނުޖެހުމަކީ އިތުރަށް ބިރު ގަންނަން ޖެހޭ ކަމެއް ކަމަށެވެ. މީގެ އިތުރުން އާޝިއާ ބުނީ އޭނާ އިނީ ބަލިވެ ކަމަށާއި މިހާލަތުގައި ކުޑަ ދެކުދިން ގޮވައިގެން އުޅޭއިރު އެކުދިން ވެސް ބައްޔަށް ހުށަހެޅިދާނެކަމުގެ ބިރު އެބައޮތް ކަމަށެވެ.

ޑޜ.ފައިސަލް މިހެން ވިދާޅުވެފައިވާއިރު، ކޮވިޑް ޖެހިގެން ރާއްޖޭގައި މާބަނޑު މީހުންވަނީ އެޑްމިޓް ކުރެވި ފަރުވާދެމުންނެވެ.

ރާއްޖޭގައި ފައިޒަރ ވެކްސިން ދެނީ އެޕޮއިންޓްމެންޓް އުސޫލުން ކަމަށްވާއިރު، ރާއްޖެއަށް މިހާތަނަށް ލިބިފައިވަނީ ކޮވެކްސް ފެސިލިޓީގެ ދަށުން ފައިޒަރ ވެކްސިންގެ 5،800 ޑޯޒެވެ.

ފައިޒަރ ވެކްސިނަކީ އެމްއާރުއެންއޭ ބާވަތުގެ ވެކްސިނެކެވެ. މި ވެކްސިން ހަށިގަނޑަށް ޖެހުމުން އެމްއާރުއެންއޭ ކިޔާ ބޮޑީ ޖެނެޓިކް މެޓީރިއަލެއް ހަށިގަނޑަށް ތަޢާރަފުކޮށްދޭނެއެވެ. މީގައި ކޮރޯނާ ވައިރަހުގެ ސްޕައިކް ޕްރޮޓީން އުފެއްދުމުގެ އިންސްޓްރަކްޝަންތައް ހިމެނިގެންވެއެވެ. މި ޕްރޮޓީންތަކުގެ ރައްދުގައި ހަށިގަނޑުގެ ދިފާޢުތައް އެކްޓިވޭޓްވެގެންދެއެވެ.

މި ވެކްސިނަކީ ވަކި ފިނިހޫނުމިނެއްގައި ބަހައްޓާ ގެންގުޅެން ޖެހޭ ވެކްސިނެކެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.
12 Sep 2026
ބޯޓާ ގުޅޭ މައްސަލަ ޖުލައިމަހު ކޮމިޝަނަށް ލިބުނު، އެހީތެރިކަން ވާނީ ދީފައި
އެޗްއާރުސީއެމުން ބުނީ މި މައްސަލައަކީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި އެ ކޮމިޝަނުގެ ސަމާލުކަމަށް އައިސްގެން ބަލަމުން ގެންދާ މައްސަލައެކެވެ
12 Sep 2026
ބްރިޖް ސަރަހައްދަށް އުރުނު ބޯޓުތަކުގެ މައްސަލަ 241 ކޮމިޓީއަށް
ހުށަހެޅުއްވި މައްސަލައިގައި ވަނީ، މި ހާދިސާއާ ގުޅިގެން ކަމާބެހޭ އިދާރާތަކުގެ ވެރިން ކޮމިޓީއަށް ހާޒިރުކޮށް، ކަންހިނގައިދިޔަ ގޮތުގެ ފުރިހަމަ މައުލޫމާތު ސާފުކޮށްދިނުމަށް އެދިވަޑައިގެންފައެވެ
12 Sep 2026
ޝީ ޖިންޕިންގް ހަތް އަހަރަށް ފަހު އިންޑިއާއަށް
ޗައިނާގެ ރައީސް ޝީ ޖިންޕިންގް މިއަދު ނިއު ދެއްލީއަށް ވަޑައިގެން 18 ވަނަ ބްރިކްސް ސަމިޓުގައި ބައިވެރިވެވަޑައިގެންފިއެވެ.
12 Sep 2026
ބްރިޖްގައި ބޯޓު ޖެހުނު ހާދިސާގައި ކަމާބެހޭ އިދާރާތަކުން ޖަވާބުދާރީ ވާންޖެހޭނެ
އެމްޑީޕީން ބުނީ ހާދިސާ ހިނގަން މެދުވެރިވީ ސަލާމަތީ އެއްވެސް ކަމެއް ފުރިހަމަނުވާކަން ކަމާބެހޭ އިދާރާތަކަށް އެނގިތިބެ، އެކަށީގެންވާ ފިޔަވަޅު ނޭޅުމުގެ ސަބަބުން ކަމަށެވެ
12 Sep 2026
މިއަދު ހަވީރާ ހިސާބަށް ރާއްޖޭގެ ބޮޑު ސަރަހައްދަށް ވިއްސާރަކުރާނެ
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ
12 Sep 2026
އައްޑޫސިޓީ ފޭދޫގެ ގިނަ ގެތަކަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް
އައްޑޫ ސިޓީގެ އިތުރުން ފުވައްމުލައް ސިޓީ، ގއ. އަތޮޅު، ގދ. އަތޮޅު އަދި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކުގެ ރަށްތަކަށްވެސް މެދުނުކެނޑި ބޯކޮށް ވާރޭވެހެމުންދާ ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ
12 Sep 2026
ނޫސްވެރިޔާ އާލިމްގެ ފުރަތަމަ ފޮތް "އޭ ހިތާއެވެ. ކެތްތެރިވާށެވެ" ޕްރީ އޯޑަރަށް
ދިރިއުޅުމުގައި ކުރިމަތިވާ ދަތި ޙާލަތްތަކާ ބެހޭ ގޮތުން ލިޔެފައިވާ މި ފޮތުގައި ވާނުވާ ނޭނގޭ ދަނޑިވަޅުތަކާއި މަގުގެއްލޭ ވަގުތުތަކާއި ހިތާމައިގެ ދުވަސްތަކުގައި ކެތްތެރިވާނެ ގޮތްތައް ގެނެސްދީފައިވެއެވެ.