06 May 2021 | 16:15
"ނަޝީދު ތިޔަ ނަންގަވާ 175000 އަކީ މަޖިލިސް ރައީސްއަށް ލިބޭ އެއްޗެއްކަމަށް ދައްކަން ނޫޅޭ"

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު، މަހަކު އެނަގާ -/175000 ރުފިޔާ އަކީ މަޖިލިސް ރައީސް ވީމަ ލިބޭ އެއްޗެއްކަން ދައްކަން ނޫޅުމަށް ރައްޔިތުންގެ މަޖިލީގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ވިދާޅުވެއްޖެވެ.

ކުރީގެ ރައީސުންނަށް ލިބޭ މާލީ އިނާޔަތްތައް ރައީސް ނަޝީދު ނުނަންގަވާކަމަށް އޮންލައިން ނޫހެއްގައި ލިޔެފައިވާ ލިޔުމެއް ހިއްސާ ކުރައްވަމުން ކުރެއްވި ޓްވީޓެއްގައި މެންބަރު މުޙައްމަދު ނަޝީދު (މޮސްޓާ) ވިދާޅުވީ، މަހަކު (ރައީސް ނަޝީދު) އެނަންގަވާ 175000ރ އަކީ މަޖިލިސް ރައީސް ވީމަ ލިބޭ އެއްޗެއްކަން ދައްކަން ނޫޅުމަށެވެ.

މޮސްޓާގެ ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ، އެވެސް ހަމަ ކުރިން ރައީސްކަން ކުރީތީ ލިބޭ އިނާޔަތަކަށް ނުވާނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ. އެހެން ނޫން ނަމަ ހަމަ ހުރިހާ ދިވެހި ރައްޔިތުންނަށް ވެސް 175000ރ މަހަކު ލިބެން ވީނުތޯ މޮސްޓާ ވަނީ ސުވާލު އުފައްދަވާފައެވެ.

ފިނޭންސް މިނިސްޓްރީން އާންމު ކުރައްވާފައިވާ ގޮތުން، ކުރީގެ ރައީސުންނަށް ލިބޭ އިނާޔަތުގެ ގޮތުގައި، އޮފީސް ހިންގުމުގެ އެލަވަންސްގެ ގޮތުގައި 175،000 ރުފިޔާ ރައީސް ނަޝީދަށް ލިބެއެވެ. ނަމަވެސް، ކުރީގެ ރައީސުންނަށް މާލީ އެލަވަންސްގެ ގޮތުގައި ލިބެމުންދިޔަ 50،000 ރުފިޔާ އަދި ލިވިންގ އެލަވަންސްގެ ގޮތުގައި ލިބެމުންދިޔަ 50،000 ރުފިޔާ، އެމަނިކުފާނު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމަށް ހޮވިވަޑައިގަތުމާއި ގުޅިގެން ބޭނުންވެ ނުލައްވާކަމަށް ސިޓީއަކުން އެންގެވެމުން މިހާރު އެމަނިކުފާނަށް ލިބެމުންދަނީ ހަމައެކަނި އޮފީސް ހިންގުމަށް ދެމުން ގެންދާ އެލަވަންސް ކަމަށް ފިނޭންސްގެ ލިޔުމުގައި ވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Jun 2026
އާރަށް މައްސަލަ: އާ ހެކިތައް ބަލައިގަތުމާމެދު އަންނަމަހު ގޮތެއް ނިންމަނީ
ސްޕްރީމް ކޯޓުގައި މިހާރު އޮތް މި މައްސަލާގައި މީގެކުރިން އެ ކޯޓުގައި ވާހަކަދައްކަވަމުން ދައުލަތުން ބުނެފައިވަނީ، އައު ހެކިތަކެއް ހުށަހަޅާފައިވަނީ، ދިފާއުން ހުށަހެޅި ހެކިވެރިން ދޮގު ހަދައި، އެ ފަރާތްތައް ދެއްކެވި ވާހަކަ ތަކުގައި ސުވާލު އުފެދޭ ކަންކަން ހުރުމުން ކަމަށެވެ.
14 Jun 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ތެލެސީމިއާ ސެންޓަރަށް ހާއްސަ ޒިޔާރަތެއް
މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ބަލިމީހުންގެ ވޯޑާއި، ލޭ ހަދިޔާކުރާ ޑޯނަރުންގެ ވޯޑުގެ އިތުރުން ލެބޯޓްރީއާއި ތެލަސީމިއާ ޕޭޝަންޓް ކެއަރ ސެންޓަރުގެ ހާލަތު ބައްލަވާލައްވައި، އަދާހަމަ މައުލޫމާތު އޮޅުންފިލުއްވާފައެވެ
14 Jun 2026
އޮޕަރޭޝަންތަކުގައި ކުއްތާ ބޭނުންކުރާނެ ގޮތުގެ ޓްރެއިނިން ފުލުހުންނަށް ދީފި
އެމެރިކާގެ ގެ ޑިޕްލޮމެޓިކް ސެކިއުރިޓީ އެންޑް އެންޓި ޓެރަރިޒަމް އެސިސްޓެންޓް ޓީމުގެ ފަރާތުން ކުއްތާ ގެންގުޅޭނެ ގޮތާގުޅޭ ހާއްސަ ޓްރެއިނިންގ ތަކެއް ފުލުހުންނަށް ކުރިއަށް ގެންގޮސްފިއެވެ.
14 Jun 2026
ފިނޭގައި އިމާރާތްކުރި ފުލުހުންގެ މަރުކަޒު ހުޅުވައިފި
ފިނޭގައި އިމާރާތްކުރި ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ 24 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެރަށަށް ވަޑައިގެންނެވި ދަތުރުފުޅުގައެވެ
14 Jun 2026
ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ފަރުމަސް ބޭނުމުގެ މުބާރާތެއް
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އިން އިންތިޒާމުކުރާ ހާއްސަ ފަރުމަސްވެރިކަމުގެ މުބާރާތެއް ބޭއްވުމަށް ނިންމައި، އެކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
14 Jun 2026
ޤަވާއިދާ އެއްގޮތަށް ކާބޯތަކެތި ލޭބަލް ކުރުމަށް 6 މަސްދުވަހުގެ ފުރުޞަތެއް ދީފި
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން އަލަށް އެކުލަވާލި "ކާބޯތަކެތި ބަންދުކުރުމާއި، ލޭބަލްކުރުމުގެ ގަވާއިދު" އަށް ފުރިހަމައަށް ޢަމަލުކުރުމަށްޓަކައި، ކާބޯތަކެތި އުފައްދާ އަދި އިމްޕޯޓްކުރާ ފަރާތްތަކަށް 6 މަސްދުވަހުގެ މުއްދަތެއް ދީފިއެވެ.
14 Jun 2026
ޚާމަނައީ ފަސްދާނުލުމުގެ ރަސްމިއްޔާތު ޖުލައި މަހު ބާއްވަނީ
ދައުލަތުގެ މީޑިއާއިން ހާމަކުރި ގޮތުގައި، ޚާމަނައީގެ ޖަނާޒާގެ ކަންކަން ޖުލައި މަހުގެ 4 ވަނަ ދުވަހު ތެހެރާނުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި އޭނާ ފަސްދާނުލުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 9 ވަނަ ދުވަހު އޭނާގެ އުފަން ރަށް ކަމަށްވާ މަޝްހަދުގައެވެ.
14 Jun 2026
ބްރެޒިލްގެ ކުޅުންތެރިން 'ނާވަސްވެފައި' ތިބީމާ: ކޯޗު
2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސީގައި ބްރެޒިލާއި މޮރޮކޯ ރޭ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވީ، ބްރެޒިލްގެ ކުޅުންތެރިން ހިތްއަވަސްވެ ބިރުގެންފައި ތިބީމަ ކަމަށް ކޯޗު ކާލޯ އަންޗެލޮޓީ ބުނެފިއެވެ.