"އަދަދު ކޮންޓްރޯލް ނުވެއްޖެނަމަ ލޮކްޑައުން އަކަށް ދިޔުން އެކަށީގެންވޭ"

08 May 2021 | 23:16

އަދަދު ކޮންޓްރޯލް ނުވެއްޖެނަމަ ލޮކްޑައުން އަކަށް ދިޔުން އެކަށީގެންވާ ކަމަށް ޑރ.އަޙްމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ޑރ.ޝަހީދު މިހެން ވިދާޅުވީ، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރގެ ފަރާތުން މިހާރު ކުރިޔަށް ގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މިރޭގެ ނޫސްވެެރިންގެ ބައްދަލުވުމުގައި، ޑރ. އަޙުމަދު ޝަހީދު ވިދާޅުވީ، ފުރަބަންދުގެ އުޞޫލުތަކާއިއެކު، އަތޮޅު ތެރެއަށް ކޮވިޑް-19 ފެތުރުނަ ނުދީ ވަރަށް ގިނަ ދުވަހު ހިފަހައްޓާލެވުނު ކަމަށެވެ.

އަދި އެކަން އެގޮތަށް ގެންދިޔުމުގައި ރަށްރަށުގެ ޓާސްކްފޯސްތަކާއިއެކު އެޗްޕީއޭއިން ބައްދަލުވުންތައްވެސް ކުރިޔަށް ގެންދަވާ ކަމަށާއި، މިއީ އަނެއްކާވެސް ރަށްރަށުގެ ޓާސްކްފޯސްތައް އެކްޓިވް ވާންވީ ވަގުތުކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ. 

ކޮވިޑް-19 ގެ ހާލަތު ރާއްޖޭގައި އަނެއްކާވެސް ގޯސްވެ ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު ބައްޔަށް ޕޮޒިޓިވް ވަމުންދާތީ އިތުރަށް ސަމާލުވުމަށް ޑޮކްޓަރުން ގެންދަނީ އެދެމުންނެވެ.

ފާއިތުވި 24 ގަޑި އިރުގެ ތެރޭގައި 590 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.

Advertisement

ކޮމެންޓް

Advertisement