ދެކުނު އޭޝިއާ ސަރަޙައްދުގެ 4 ޤައުމެއްގެ މީހުން ޔޫއޭއީއަށް ދަތުރުކުރުން މަނާކޮށްފި

11 May 2021 | 22:58

މެއި 12 ވަނަ ދުވަހުން ފެށިގެން ބައެއް ޤައުމުތަކުގެ ދަތުރުވެރިން ޔޫއޭއީއަށް ވަނުން މަނާކޮށްފިއެވެ.

މި ޤައުމުތަކުގެ ތެރޭގައި ސްރީލަންކާ، ބަންގްލަދޭޝް، ނޭޕާލް އަދި ޕާކިސްތާން ހިމެނެއެވެ. މިއީ ކޮވިޑް-19 އާއި ގުޅިގެން ސަލާމަތީ ފިޔަވަޅުއެޅުމުގެ ގޮތުން ޔޫއޭއީގެ ނޭޝަނަލް އިމަޖެންސީ ކްރައިސިސް އެންޑް މެނޭޖްމެންޓް އޮތޯރިޓީން އިއްޔެ ނިންމާފައިވާ ނިންމުމެކެވެ.

ނަމަވެސް މި އުސޫލުގެ ތެރޭގައި ޓްރާންސިޓް ފްލައިޓްތަކެއް ނުހިމެނޭނެއެވެ. އަދި ޔޫއޭއީގެ ރައްޔިތުންނާއި، ޑިޕްލޮމެޓިކް މީހުން، އޮފިޝަލް ޑެލިގޭޓުން، ވިޔަފާރި މަތިންދާބޯޓުތަކުގައި ދަތުރުތައް ކުރާ މީހުން އަދި ގޯލްޑް ވިސާ ލިބިފައިވާ ރައްޔިތުން އިސްތިސްނާވާނެއެވެ.

އެހެނަސް މި އިސްތިސްނާވާ ފަރާތްތަކުންވެސް ޔޫއޭއީއަށް އެތެރެވުމަށްފަހު 10 ދުވަހު ކަރަންޓީން ވާންޖެހެއެވެ. އަދި އެޤައުމަށް އެތެރެވާތާ 4 ވަނަ ދުވަހު އަދި 8ވަނަ ދުވަހު ޕީސީއާރު ޓެސްޓެއްވެސް ހަދަން ޖެހޭނެއެވެ.

ސްރީލަންކާ، ބަންގްލަދޭޝް، ނޭޕާލް އަދި ޕާކިސްތާނުގައި ހަލުވިކަމާ އެކު ދަނީ ކޮވިޑް-19 ފެތުރެމުންނެވެ.

Advertisement

ކޮމެންޓް