16 May 2021 | 18:57
އަވަސް އަރުވާލައިގެން ނިންމި ހޯރަފުށި އެއަރޕޯޓް: ބޮޑު އިހުމާލަކަށް

ހއ. ހޯރަފުށި އެއަރޕޯޓުގެ މަޝްރޫޢު ވެގެންދިޔައީ މުޅި އިހަވަންދިއްޕޮޅުގެ މީހުންނަށް އުއްމީދުން ފުރިގެންދިޔަ ތަރައްޤީގެ ޕުރޮޖެކްޓަކަށެވެ. ކުރަމުންދިޔަ ދިގު ދަތުރުތަކަށް ނިމުމެއްގެނުވި ކަމަކަށެވެ. މުޅި ރާއްޖެއާއި އިހަވަންދިއްޕޮޅު ގުޅުވާލާނެ ވިޔަފާރީގެ ފާލަމަކަށެވެ. ޤުދުރަތީ ނަލަ ހއ. އަތޮޅު ދުނިޔެއަށް ހުޅުވާލަން އެޅިފަހުރި ހުރިހާ ހުރަސްތައް ނައްތާލެވެނު އުއްމީދީ ދޮރާށްޓަކަށެވެ.

ހއ. ހޯރަފުށި އެއަރޕޯޓުގެ ވާހަކަޔަކީ ޒަމާނުއްސުރު ދައްކަމުންއައި ދިގު މާޒީއެއް އޮތް ވާހަކައެކެވެ. އެއަރޕޯޓް ޕުރޮޖެކްޓުގެ ވާހަކަ އެންމެ ގަދަޔަށް ދެއްކެވީ ކުރީގެ ރައީސް، ރައީސް ޔާމީނެވެ. ރައީސް ޔާމީންގެ ސަރުކާރު ނިމުނު އިރު ޕުރޮޖެކްޓުގެ އީއައިއޭ ހަދާ، ޕުރޮޖެކްޓުގެ ފަންޑުވެސް އޮތީ ހަމަޖެހިފައެވެ.

ރައީސް ޔާމީންގެ ސަރުކާރަށްފަހު ދެން ޕުރޮޖެކްޓާ ހަވާލުވީ ރައީސް ޞާލިޙުގެ ސަރުކާރުންނެވެ. އެމްޓީސީީސީއާއި ހަވާލުކޮށްގެން ހޯރަފުށީ ފަޅުން 345،000 އަކަ މީޓަރުގެ ސަރަޙައްދެއް ހިއްކިއެވެ. ހޯރަފުށި އެއަރޕޯޓުގައި 1.2 ކިލޯމީޓަރު ދިގު އަދި 35 މީޓަރު ފުޅާ ރަންވޭއެއް އޮވެއެވެ. 8،635 ސްކެއަރ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީ ވޭއެއްގެ އިތުރުން 9،473 ސްކެއަރ މީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 ސްކެއަރ މީޓަރުގެ ފަޔާ އެކްސެސް މަގެއް އޮވެއެވެ.

މިހާރު ރާއްޖޭގެ އަދި ޚާއްޞަކޮށް އުތުރަށް ކުރަމުންދާ ގަދަ ވިއްސާރައިގައި ހޯރަފުށި އެއަރޕޯޓަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެފައެވެ. ރަންވޭގައި ފެންބޮޑުވިއިރު، އެ ސަރަޙައްދަށް ގިނަ އަދަދެއްގެ ވެއްޔާއި ގާވެސް ވަނީ އަރާފައެވެ. މީގެ އިތުރުން ގަދަ ވައިގެ ސަބަބުން އެއަރޕޯޓުގެ ބައެއް އިމާރާތްތަކަށްވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ. އަދި މިކަމުގެ ސަބަބުން އެއަރޕޯޓުގެ އޮޕަރޭޝަންތައް ވަނީ ވަގުތީގޮތުން ހުއްޓާލެވިފައެވެ.

އީއައިއޭއަށް ނުބަލައި އެއާޕޯޓު ހެދުން

ހޯރަފުށީ އެއަރޕޯޓަކީ ބިން ހިއްކުމަށްފަހު ހެދި ތަނަކަށްވުމުން، އެކަމުގެ ސަބަބުން އޮއިވަރަށް ބަދަލު އައިސް އުދައަރާ ވަގުތެއްގައި އެކަމުގެ ގެއްލުން ދައްކާނެކަމަށް ގިނަބަޔަކު ދިޔައީ ބުނަމުންނެވެ. އެކަން އެ އެއަރޕޯޓް މަޝްރޫޢުގެ އެންވާރަމެންޓް އިމްޕެކްޓް އެނަލިސިސް (އީއައިއޭ) ރިޕޯޓުގައިވެސް ކޮންމެވެސް މިންވަރަކަށް ވަނީ ފާހަގަކޮށްފައެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، އިރުވައި މޫސުމާއި ހުޅަނގު މޫސުމުގައިވެސް އެ ސަރަޙައްދަށް ރާޅުއަރާނެއެވެ. ނަމަވެސް އުދައެރުމުގެ ސަބަބުން ނުރައްކާތެރިކަން ބޮޑުވާނީ ހުޅަނގު މޫސުމުގައެވެ. އެއީ އެއަރޕޯޓުގެ ހުޅަނގަށް މާކަނޑާއި ދިމާލުން ރާޅުތައް އަންނާނެތީއެވެ. މިހާރު އެއަރޕޯޓުގެ ޑިޒައިން އޮތްގޮތުން، ތޮށިގަނޑެއް ލާފައިވަނީ ހަމައެކަނި ރަންވޭގެ ދެފަރާތުގައެވެ. ނަމަވެސް ރިޕޯޓުގައި ވާގޮތުން 3.1 ކިލޯމީޓަރުގެ ކޯސްޓަލް ޕްރޮޓެކްޝަންއެއް ލާންޖެހެއެވެ.

އަވަސް އަރުވާލައިގެން ނިންއްމި އެެއަރޕޯޓުން ދައުލަތާ ރައްޔިތުންނަށް ބޮޑުތަނުން ގެއްލުން

ހއ. ހޯރަފުށި އެއަރޕޯޓުގެ ޕުރޮޖެކްްޓްގެ މުހިންމު ކަމަކީ އެއްވެސްް ބަޔަކު ދެކޮޅުހަދާ ކަމެއްނޫނެވެ. ނަމަވެސް އެކި މީހުންނަށް ނުވަތަ އެކި ސަރުކާރުތަކަށް މަޝްރޫޢުތައް މުހިންމު ވަނީ ތަފާތު ސަބަބުތަކާހެދިއެވެ. އަދި ތަފާތު ވަގުތުތަކުގައެވެ. ރައީސް ޞާލިޙުގެ ސަރުކާރަށް ހޯރަފުށި އެއަރޕޯޓުގެ މަޝްރޫޢު ވެގެންދިޔައީ ރައްޔިތުންގެ ފަރާތުން ކުރަމުންދިޔަ ޝަކުވާތަކަށް ދޭން ބޭނުންވި ހަރު ޖަވާބަކަށެވެ. އަދި ސަރުކާރުގެ ސްލޯ ވާހަކަތައް ދައްކަމުންދިޔަ އިދިކޮޅު ޕާޓީއަށް ސަރުކާރަށް މަޝްރޫޢުތައް ހިންގިދާނެކަން ދައްކާލަން ލިބުނު ޗާންސަކަށެވެ. ކުރުކޮށް ބުނަނީނަމަ ރައީސް ޞާލިޙުގެ ސަރުކާރާއި ދިމާލަށް ނާގާބިލުއޭ ގޮވަމުން ދިޔަ ދިވެހި ރައްޔިތު މީހާގެ އަނގަމަތީގައި އެންމެ ފަސޭހައިން އަޅާލެވޭނެ ރީދޫ ޓޭޕްގަނޑަކަށެވެ.

ދައުލަތުގެ ބަޖެޓުން 200 މިލިއަނެއް ހާ ރުފިޔާ ޚަރަދުކޮށްގެން އެމްޓީސީސީއާއި ހަވާލުކޮށްގެން ނިންމި އެއަރޕޯޓުގެ ސްޕީޑް ވަރަށް ބާރެވެ. ބަލާލަންވެސް ނަލައެވެ. އަދި ޤައުމުގެ ތާރީޚުގައި އެންމެ އަވަހަށް ނިންމި އެއަރޕޯޓުގެ ލަގަބުވެސް ދޭންވީއެވެ. ވެރިންގެ ކަރުގާ މާފަތިގަނޑަކާ މެޑަލްވެސް އަޅުވަންވީއެވެ. ނިންމެވި ބުރަމަސައްކަތަށެވެ.

އެއަރޕޯޓް ހުޅުވާ ރައްޔިތު މީހާއަށް ދިން އުއްމީދު މިއަދު މިވަނީ ގެއްލުވާލާފައެވެ. ރަނުން ރަނަށް ވަޢުދު ފުއްދާ އެޅި އެއަރޕޯޓް އެއޮތީ އެތައް މަސައްކަތުން ނޫނީ އަލުން ބޭނުން ނުކުރެވޭވަރުވެފައެވެ.


އެއަރޕޯޓުގެ ޕުރޮޖެކްޓް ހެދި އިރު ވީ އިހުމާލުގެ ޒިންމާ ބަޔަކު ނަގަން އެބަޖެހެއެވެ. ޒިންމާކުރުވާނެ ބަޔަކު އެބަ ތިބެންޖެހެއެވެ. ނަމަވެސް އެއަރޕޯޓް ހަދަންވެސް ތިބީ އެއްބައެކެވެ. އަދި އިހުމާލުގެ ޒިންމާވެސް ނަގަން ޖެހެނީ ހަމަ އެއްބަޔަކަށެވެ. އެއަރޕޯޓުގެ ޕުރޮޖެކްޓުގެ އީއައިއޭ ރިޕޯޓު ތައްޔާރު ކުރީ މޯލްޑިވްސް އެނާޖީ އެންޑް އެންވަޔަރަމެންޓަލް ކޮމްޕެނީ ކިޔާ ކުންފުންޏަކުންނެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ މިހާރުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމެވެ. އަދި އަދި އެއް ހިއްސާދާރަކީ އެއަރޕޯޓުގެ އެއް ބަލަދުވެރިޔާ، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކުރަމްއެވެ. ދެން ހޯރަފުށި އެއަރޕޯޓުގެ ފަހުބަސް ބުނަން އިންނެވީ ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާއެވެ. ނަހުލާއަކީ ހޯރަފުއްޓަށް އުފަން ކަނބަލަކެވެ. އެއަރޕޯޓް މި ނިންމަނީއޭ އެންމެ ގިނައިން ރައްޔިތުން ކައިރީގައި ކިޔަމުން ދިޔަފަރާތެވެ. ތެދެކެވެ. ވީ ވަޢުދު އަވަސް އަރުވާލައިގެން ޓައީ ގޮށެއް ޖެއްސެވިހެން ޖައްސާ ނިންމާލައިފިއެވެ. އެކަމަނާގެ މޭޒުމަތީގައި އޮތް ރިޕޯޓުތަކަށް ނުބަލައެވެ. އެއަރޕޯޓާ ގުޅުންހުރި ކޮންމެ ގަނޑެއްގައި ޖެހީ ޔެސްއެވެ. އަދި ރަބަރު ސްޓޭމްޕެވެ.

ދެންމިއޮތީ ރީޖަނަލް އެއަރޕޯޓްސްއެވެ. އެކުންފުނިން އެބުނަނީ އުދަ އަރައި ރަންވޭ އާއި އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއްވި ވާހަކައެވެ. އެއަރޕޯޓުގެ ޝޯލައިން ނެތް ވާހަކައެވެ. އަދި އެއަރޕޯޓް އަލުން އޮޕަރޭޝަން ފެށުމުގެ ކުރިން ރަންވޭގެ ފަސްގަނޑު އަޑިން ދަމައިގެން ދިޔަތޯ ބެލުންފަދަ ބޮޑެތިކަންތައްތައް ހުރިވާހަކައެވެ. ދެން އަދި ދެންނެވީ މާ ބޮޑު ވާހަކައެކެވެ. 200 މިލިއަނެއް ހާ ރުފިޔާ ޚަރަދުކޮށްގެން ހެދި އެއަރޕޯޓް އޮތީ އިންޝުއާނުކޮށް ކަމަށެވެ. އިހުމާލު ބަޔަކަށް ވެވޭނީ މިވަރަކަށެވެ. ގެއްލުން މި ލިބުނީ ރައްޔިތު މީހާއަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޑީއާރް ކޮންގޯގެ ކޯރަކަށް ބޯޓެއް ބަންޑުން ޖަހާލައި 41 މީހުން މަރުވެއްޖެ
ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯ (ޑީއާރްސީ) ގެ ޓެންގަނިކާ ކޯރަށް ބޯޓެއް ބަންޑުން ޖަހާލުމުގެ ސަބަބުން މަދުވެގެން 41 މީހުން މަރުވެއްޖެއެވެ. މި ހާދިސާގައި މިހާތަނަށް 49 މީހުން ސަލާމަތް ކުރެވިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
25 Sep 2026
ނަތަންޔާހޫ ތަޤުރީރު ފެށުމުން ޔޫއޭއީގެ ވަފުދު މަޑުކުރި
އދ. ގެ ޢާންމު މަޖިލީހުގައި އިސްރާއީލުގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތަޤުރީރު ކުރަން ފެށުމާއެކު، ދުނިޔޭގެ 70 އަށްވުރެ ގިނަ ޤައުމެއްގެ ވަފުދުތަކުން ހޯލު ދޫކޮށް ނުކުމެ އިހުތިޖާޖުކުރި ނަމަވެސް، މި ދަނޑިވަޅުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ވަފުދު ހޯލުން ނުނިކުމެ މަޑުކުރިކަން ހާމަވެއްޖެއެވެ.
25 Sep 2026
އައިޖީއެމްއެޗްގެ ޚާއްޞަ ޑޮކްޓަރުންގެ ޓީމަކުން ގދ. ތިނަދޫގައި އަންހެނުންގެ ޞިއްޙަތާ ގުޅޭ ކޭމްޕެއް ބާއްވަނީ
އަންހެނުންގެ ޞިއްޙަތާއި ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށާއި، ޚާއްޞަ ފަރުވާ ފޯރުކޮށްދިނުމުގެ ގޮތުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ޚާއްޞަ ޑޮކްޓަރުންގެ ޓީމަކުން ގދ. ތިނަދޫގައި ހުންނަ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ޚާއްޞަ ކޭމްޕެއް ބޭއްވުމަށް ނިންމައިފިއެވެ.
25 Sep 2026
ނަތަންޔާހޫ އދ. ގައި ވާހަކަދައްކަން ފެށުމުން ގިނަ ގައުމުތަކުން ހޯލުން ނުކުމެއްޖެ
އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ. ގެ މައި މަރުކަޒުގައި ކުރިއަށްދިޔަ އާންމު މަޖިލީހުގެ ޖަލްސާގައި ނަތަންޔާހޫ ވާހަކަދައްކަން ޕޯޑިއަމަށް އެރުމާ އެކު، ގިނަ އަދަދެއްގެ ގައުމުތަކުގެ ވަފުދުތަކުން ވަނީ ހޯލުން ނުކުމެ، އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމާއި ހަނގުރާމައިގެ ޖަރީމާތަކާ ދެކޮޅަށް ވަރުގަދަ މެސެޖެއް ދީފައެވެ.
25 Sep 2026
ޒުވާނުންނަށް ސްޓްރޯކް ޖެހުމުގެ ނުރައްކާ ބޮޑުތަނުން އިތުރުވެއްޖެ
ސިކުނޑިއަށް ލޭ ފޮނުވައިދޭ ހޮޅިއެއް ބެދުން ނުވަތަ ފަޅައިގެން ދިއުމުގެ ސަބަބުން ކުރިމަތިވާ ސްޓްރޯކް 1990ގެ އަހަރުތަކުގެ މެދުތެރޭގައި ޖެހެމުން އައީ ކޮންމެ 100,000 ޒުވާނުންގެ ތެރެއިން 33.9 މީހަކަށެވެ. ނަމަވެސް 2020 ވަނަ އަހަރާ ހަމައަށް އައިއިރު އެ ޢަދަދު ވަނީ 62.2 އަށް އުފުލިފައެވެ.
25 Sep 2026
ޙޫޘީންގެ ހަމަލާތަކާ ދެކޮޅަށް ސަޢޫދީ ދިފާޢުކުރުމަށް ކުއްލި ބައްދަލުވުމެއް
ޙޫޘީންގެ ހަމަލާތަކާ ގުޅިގެން ސަޢޫދީ އާއި ތުރުކީ އާއި ޕާކިސްތާނުން ގުޅިފައިވާ ދިފާޢީ އެއްބަސްވުމުގެ ދަށުން ސަޢޫދީއަށް އެހީތެރިވެވޭނެ ގޮތްތައް މަޝްވަރާކުރުމަށް ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.