16 May 2021 | 11:48
އިޒްރޭލު ސިފައިންގެ ހަމަލާތައް މިފަހަރު އަމާޒުކުރީ ޣައްޒާގެ ހާލަތު ގެނެސްދޭ ބައިނަލްއަޤުވާމީ މީޑިއާތަކަށް!

މިދިޔަ ހޯމަ ދުވަހުން ފެށިގެން ފަލަސްޠީނުގެ ޣައްޒާއަށް އިޒްރޭލުގެ ސިފައިން ދެމުންގެންދާ ސިލްސިލާ ވައިގެ ހަމަލާތަކުގެ ތެރެއިން، ޣައްޒާގައި ހުންނަ މީޑިއާތަކުގެ މުހިންމު އިމާރާތަކަށް ހަމަލާދީފިއެވެ.

އެގޮތުން އިޒްރޭލްގެ ސިފައިން އިއްޔެގެ ވަގުތެއްގައި ވަނީ، ޣައްޒާގައި ހަަރަކާތްތެރިވާ ގިނަ އަދަދެއްގެ ނޫސްވެރިންނާއި މީޑީއާތަކުން ބޭނުންކުރާ އަލްޖަލާ އިމާރާތަށް ވައިގެ މަގުން ހަމަލާދީ، އެ އިމާރާތް ބިމާއި ހަމަކޮށްލާފައެވެ. މި އިމާރާތުގައި މީހުން ދިރިއުޅުމުގެ އިތުރުން، މަޝްހޫރު ދެ މީޑިއާ އައުޓްލެޓްތަކެއް ކަމުގައިވާ އަލްޖަޒީރާ އަދި އެސޯސިއޭޓެޑް ޕްރެސްގެ އޮފީސްވެސް ހިންގައެވެ.

މިތަނަށް ވައިގެ މަގުން ހަމަލާދިނުމުގެ ކުރިން، އިޒްރޭލުގެ ޖާސޫސީ ސިފައިން ވަނީ އިމާރާތް ހުސްކުރުމަށް ގަޑިއިރެއްގެ މުހުތަލެއް ދީފައެވެ. މި މުހުލަތުގެ ތެރޭގައި މީޑިއާތަކުން ވަނީ އެމީހުންނަށް ނެރެވުނުހާ އިކުއިޕްމެންޓްތައް އެ އިމާރާތުން ނެރެފައެވެ. ނަމަވެސް މި މުހުލަތު ކުޑަވުމުން، އިތުރު އެންމެ 15 މިނެޓަށް އެދުމުންވެސް އިޒްރޭލުގެ ފަރާތްތަކުން ވަނީ އެކަމަށް އިންކާރުކޮށްފައެވެ. މި އިކުއިޕްމެންޓްތައް ނެރުމަށްފަހު އަލްޖަޒީރާއިން އެ އިމާރާތާއި ކައިރި ސަރަޙައްދެއްގައި ތިބެގެން ލައިވް ބްރޯޑްކާސްޓް ކުރަމުން ދަނިކޮށް، އިޒްރޭލުގެ ވައިގެ ސިފައިން ވަނީ އަލްޖަލާ އިމާރާތަށް ހަމަލާދީ ބިމާއި ހަމަކޮށްލާފައެވެ.

އިޒްރޭލުން ބުނެފައިވާ ގޮތުގައި، އެމީހުން މި އިމާރާތަށް ހަމަލާދީފައިވަނީ މިއީ ހަމާސް ޖަމާޢަތުގެ ޖާސޫސީ ބަޔާއި ގުޅުންހުރި އިމާރާތެއް ކަމުގައިވާތީވެއެވެ. ނަމަވެސް މި އިމާރާތުގެ އޮފީސްތައް ދިގު މުއްދަތެއް ވަންދެން ބޭނުންކުރި މީޑިއާތަކާއި ނޫސްވެރިންވެސް ވަނީ އެ އިމާރާތާއި ހަމާސް ޖަމާޢަތާއި އޮތް ގުޅުމެއް، އެތަނުގައި އެހާ ދިގު މުއްދަތެއް ވޭތުވިއިރުގައިވެސް ފެނިފައި ނުވާކަމަށް ބުނެފައެވެ.

އިޒްރޭލުން ވަނީ އަލްޖަލާ އިމާރާތުގައިވާ ބައެއް މީޑިއާ އޮފީސްތަކަކީ، ހަމާސް ޖަމާޢަތުން އިންސާނީ އައްޑަނައެއްގެ ގޮތުގައި ބޭނުންކުރާ ތަންތަންކަމުގައި ސިފަކޮށްފައެވެ. މިއީ އާންމު ގޮތެއްގައި ޣައްޒާގެ ތަންތަނަށް ހަމަލާދިނުމަށްފަހު އިޒްރޭލުން ބޭނުންކުރާ ބަހަނާއެކެވެ.

ބެލެވޭ ގޮތުގައި އިޒްރޭލުން މި އިމާރާތަށް ހަމަލާދޭން ނިންމީ، ޣައްޒާގެ ކަންތައްތައް ކަވަރކުރަމުންދާ ނޫސްވެރިންނާއި މީޑީއާތަކަށް ބިރުދެއްކުމުގެ ނިޔަތުގައެވެ. އަދި އެފަރާތްތަކުން މައުލޫމާތު ހާމަކޮށްދޭން ކުރާ މަސައްކަތަށްވެސް ހުރަސް އެޅުމުގެ ގޮތުންނެވެ. އަލްޖަޒީރާ އަދި އޭޕީންވެސް ވަނީ މި ހަމަލާ ކުށްވެރިކޮށް، މިއީ ނޫސްވެރިކަމަށް ހުރަސް އެޅުން ކަމުގައިވެސް ބުނެފައެވެ. ހޯމަ ދުވަހުން ފެށިގެން މިހާތަނަށް، ޣައްޒާއިން ވަނީ 145 މީހަކު ޝަހީދުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.
10 Sep 2026
ވަކީލުންގެ ބޮޑު ޓީމަކާއެކު ނާކާމިޔާބު: ކެނެބިސް ޓްރެފިކުކުރުމުގެ ކުށުން ކުށްވެރިވެ އުމުރަށް ޖަލަށް
މި މައްސަލާގައި ޝަރީފްގެ ދިފާއީ ވަކީލުންގެ ގޮތުގައި ހަތަރު ވަކީލުން ހިމެނޭ ގާނޫނީ ޓީމެއް މަސައްކަތް ކުރި އެވެ. އޭގެ ތެރޭގައި މަޝްހޫރު ބައެއް ވަކީލުން ވެސް ހިމެނެ އެވެ.
10 Sep 2026
ހައްޖު ކޯޕަރޭޝަނާއި ސައުދީގެ އަލްރާޖިހީ ކުންފުނި ގުޅިގެން މަސައްކަތް ކުރުމާއި ބެހޭގޮތުން މަޝްވަރާކޮށްފި
ހައްޖު ކޯޕަރޭޝަނުން ބުނީ މި ބައްދަލުވުމުގައި ވަނީ ދެފަރާތުން ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށެވެ.