18 May 2021 | 16:05
ފަލަސްޠީނުގެ ދިދައާއިއެކު މިއަދު ހަވީރު 4 ޖަހާއިރު ބެލްކަންޏަށް!

އިޒްރާއީލުން ދެމުންދާ އުދުވާނީ ހަމަލާތަކާ ގުޅިގެން މި ވަގުތު ހާލުގައި ޖެހިފައިވާ ފަލަސްޠީނާ އެކު ދިވެހިރާއްޖެ ތިބި ކަން ރަމްޒުކޮށް ދިނުމަށް ބާއްވާ ޚާއްޞަ ހަރަކާތެއް މިއަދު 4 ޖަހާއިރު ފަށަން ތައްޔާރު ވެއްޖެއެވެ.

ދިވެހި ޒުވާނުންތަކެއް އިސްނަގައިގެން މިއަދު ހަވީރު ބާއްވާ މި ހަރަކާތާއި ބެހޭ ގޮތުން ހަރަކާތް އިންތިޒާމުކުރާ ފަރާތުން މަޢުލޫމާތު ދެމުން އެ ޓީމުގެ މެންބަރެއް ބުނީ، މި ކަން ފެށުނީ ޓްވިޓާގައި 4 ވަރަކަށް މެންބަރުންގެ ގްރޫޕެއް ހަދައި ޣައްޒާގެ ހާލާ މެދު ހަމްދަރުދީ އުފެދި ޝެއާ ކުރި ޓްވީޓްތަކަކާ ހިސާބުން ކަމަށެވެ. އަދި ޓީމުގެ މެންބަރުން މިހާރު އިތުރުވެ ގިނަ ބައެއްގެ ތަރުޙީބު ލިބެމުންދާކަމަށް އޭނާ ބުންޏެވެ.

ކޮވިޑް-19 ގެ ހާލަތަށް ބަލައި މި ހަރާކާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ގޭގެ ބެލްކަނި އަދި ދޮރު މައްޗަށް ނުކުމެ ފަލަސްޠީނުގެ ދިދަ އާއި ދިވެހި ރާއްޖޭގެ ދިދަ ވިހުރާލާ ގޮތަށެވެ.

މީގެ އިތުރުން ކާފިއު ވަގުތު ފެށުމުގެ ކުރިންވެސް މިއަދު ކާރުތަކާއި ޓެކްސީ އަދި ޕިކަޕުތަކުގައި ވެސް ދިދަ ހަރުކޮށްގެން ދުވަން ހަމަޖެހިފައިވާކަމަށް އެފަރާތުން މަޢުލޫމާތު ދެއެވެ.

މި ހަރަކާތަށް އެހީތެރިވުމުގެ ގޮތުން ގިނަ ބަޔަކު ދިދަ ޕްރިންޓްކޮށް، އަދި ފަހައިދީފައިވާ ކަމަށާއި މިހާތަނަށް ލިބުނު ގިނަ ދިދަތައް މީހުންނަށް ބަހާފައި ވާނެ ކަމަށް ހަރަކާތް އިންތިޒާމު ކުރާ ފަރާތުން ބުނެފައިވެއެވެ.

މި އިވެންޓް ކުރިއަށް ދާނީ މާލެއާއި ހުޅުމާލޭގައި މިއަދު ހަވީރު 4:00 އިން 6:00 އާ ދެމެދެވެ. މި ވަގުތުގައި ހުރިހާ ގެއެއްގެ ބެލްކަނިތަކުން ބޭރަށް ނުކުމެ ފަލަސްޠީނުގެ ދިދަ ހޫރާލުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި އިވެންޓުގައި ވީހާވެސް ގިނަ މީހުން ބައިވެރިވުމަށް އިވެންޓު އޯގަނައިޒް ކުރި ޓީމުން އެދެއެވެ.

ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ އިވެންޓުތައް ކުރިއަށް ގެންދިއުމަށް އެ ޓީމުން ނިންމާފައިވާ ކަމަށާއި މިއީ އަދި ފެށުން ކަމަށް ވެސް އެ ޓީމުން ބުނެއެވެ.

މި ހަރަކާތް ވައިގާ ހިފާ ގިނަ ބައެއްގެ ތަރުޙީބު ލިބެމުންދާއިރު، ރާއްޖޭގެ މަޝްހޫރު އެކި ފަރާތްތަކުންވެސް އަންނަނީ މި ހަރަކާތުގައި ބައިވެރިވާނެކަން ހާމަ ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Jul 2026
އެކަށީގެންވާ މިންވަރަށް ރީތިކޮށް އަތުން ލިޔަން ނޭންގޭ ދަރިވަރުންގެ އަދަދު 56 އިންސައްތާގައި
".. 44 އިންސައްތަ ދަރިވަރުންނަށޭ އެކަށީގެންވާ މިންވަރަށް މިބައިން [އަތުލިއުމުގެ ބައިން] ސްކޯ ކުރެވެނީ,"
02 Jul 2026
ޒަކާތާ ގުޅުންހުރި ހަތަރު ފޮތެއް ނެރެފި
ޒަކާތާ ގުޅޭ ހަތަރު ފޮތެއް މޯލްޑިވްސް ޒަކާތު ހައުސް އިން މިއަދު ނެރެފި އެވެ.
02 Jul 2026
މި ދުވަސްވަރު 8،000އެއްހާ ދަރިވަރުން ސުކޫލަށް ނުދޭ، ވަޒީރުގެ ކަންބޮޑުވުން
"އަޅުގަނޑަށް އެނގޭ މިއީ ވޯލްޑްކަޕް ދުވަސްވަރުކަން. އެހެން ނަމަވެސް އެކަށެއްކަހާސް ދަރިވަރުން ސުކޫލަށް ނުދިއުމަކީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް. އެކަން ހައްލުވާން ޖެހޭ,"`
02 Jul 2026
ޔޫޒާނޭމް ބޭނުންކޮށްގެން ވަޓްސްއަޕްއިން މުޢާމަލާތްކުރެވޭ ފީޗަރ މަޑުޖައްސާލުމަށް
އިންޑިއާގެ މިނިސްޓްރީ އޮފް އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީން މިދިޔަ ބުދަ ދުވަހު ވަޓްސްއަޕަށް ފޮނުވި ނޯޓިސްއެއްގައި ބުނެފައިވަނީ، ކުށްވެރިން އެމީހުންގެ އަސްލު ފޯނު ނަމްބަރު ފޮރުވައިގެން މީހުންނަށް އޮޅުވާލުމުގެ ފުރުސަތު މި ފީޗަރގެ ސަބަބުން ބޮޑުވާނެ ކަމަށެވެ. އަދި ސަރުކާރުގެ އިދާރާތަކާއި، މާލީ މުއައްސަސާތަކުގެ ނަމުގައި ފޭކް ޔޫޒަރނޭމްތައް ހަދައިގެން އޮޅުވާލުމުގެ ފުރުސަތު އޮތް ކަމަށްވެސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
02 Jul 2026
ދުންފަތުން ނަގާ ޑިޔުޓީ ކުޑަކުރާ ބިލް ތަސްދީޤުކުރައްވައިފި
މި ބިލުގައި، ސިނގިރޭޓް، ބިޑި، ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލާ ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދައިފައި ހުންނަ ދުންފަތުގެ އުފެއްދުންތައް (ކޮންސިއުމަބަލްސް) އިން ނަގާ ޑިއުޓީއަކީ -/4 (ހަތަރެއް) ރުފިޔާ ކަމުގައި ހަމަޖައްސައި، އޭގެ އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި ނަގާ އަދަދަކީ %30 (ތިރީސް އިންސައްތަ) ކަމަށް ވަނީ ކަނޑައަޅާފައެވެ.
02 Jul 2026
ހިތަދޫ ޑްރަގް ކެފޭއެއް 90 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފި
އަމުރުގައި ބުނެފައިވާގޮތުން، އެ ގެ ބަންދުކުރުމުގެ އަމުރު ނެރެފައިވަނީ އެ ތަނުގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުން ގެންދާތީއާއި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ހަށިގަނޑަށް ވާސިލުކުރުމަށް ބޭނުންކުރާ އާލާތްތަކާއި ވަސީލަތްތައް ފޯރުކޮށްދެމުން ގެންދާތީއެވެ.
02 Jul 2026
ރާއްޖެއިން ފަލަސްތީނަށް 50،000 ޑޮލަރުގެ އެހީ ދެނީ
މިކަން އިޢުލާން ކުރެއްވީ އިއްޔެ އދ. ގެ މައި މަރުކަޒުގައި ބޭއްވި "ޔޫއެންއާރުޑަބްލިއު ޕްލެޖިންގ ކޮންފަރެންސް" ގައެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވީ އދ. އަށް ކަނޑައަޅާފައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުޙައްމަދެވެ.
02 Jul 2026
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ، އިފްތިތާހުކޮށްފި
މި އެކްސްޕޯ އަކީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން އިންތިޒާމު ކޮށްގެން މި ހިނގާ ޖުލައި މަހުގެ 2 އިން 4 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ އެކްސްޕޯއެކެވެ. މި އެކްސްޕޯއަކީ، ނުވަ އަހަރަށްފަހު، ރާއްޖޭގެ ފައިނޭންޝަލް ސެކްޓަރގައި މަސައްކަތް ކުރާ މުހިއްމު ހުރިހާ ފަރާތްތައް، އެއްތަނެއްގައި ބައްދަލުވެ ހިންގާ ޙަރަކާތެކެވެ.