N/A
N/A
ހަބަރު 18 May 2021 | 18:39

ރައީސް ޞާލިހުގެ މެސެޖް މުޅި ދުނިޔެއަށް: ދިވެހިން ތިބީ ފަލަސްތީނާއެކު!

1965ވަނަ އަހަރުގެ ޖުލައިމަހުގެ 26ވަނަ ދުވަހުގައި ދިވެހިރާއްޖެއަށް އިނގިރޭސީންގެ ހިމާޔަތުން މިނިވަންކަން ލިބުމާއި އެކު، ދިވެހިރާއްޖެއާއި ތިންވަނައަށް ސިޔާސީ ގުޅުން ގާއިމްކުރި ބަޔަކީ އިޒްރޭލެވެ. އަދި ދިވެހިރާއްޖެއަށް އެންމެ ފުރަތަމަ ރަސްމީ ސިފައެއްގައި ސަފީރެއް ކަނޑައެޅި ބަޔަކީވެސް އިޒްރޭލެވެ. އެއީ އޭރު ސްރީލަންކާގެ ކޮޅުނބުގައި ހުންނަ އިޒްރޭލުގެ ސަފީރަކީ، ދިވެހިރާއްޖެއާއި ގުޅޭ މަސްއޫލިއްޔަތުތައްވެސް ބަލަހައްޓާ މީހެއްގެ ގޮތުގައެވެ.

އެހެނަސް މިކަމަކީ ގިނަ އަދަދެއްގެ ދިވެހިން ހިތުން ރުހުމުން އެއްބަސްވިކަމެއް ނޫނެވެ. ކުރީގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު މުހައްމަދު ޖަމީލު ދީދީއާއި މިސްރުގައި އޭރު ކިޔަވަން ތިބި ދިވެހި ދަރިވަރުން މިކަމާއި ދެކޮޅަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކުރިކަމަށްވެއެވެ. މިކަމުންވެސް ސާފުކޮށް އަންގައިދޭކަމެއް އެބައޮތެވެ. ފަލަސްތީނާއި ދިވެހިންގެ މެދުގައި އޮންނަނީ ވަރަށްވެސް ފުރިހަމަ ގުޅުމެވެ. ފަލަސްތީނުގެ ހިސާބުތަކަށް އިޒްރޭލުން ވެރިވެގަނެފައި އޮތުމަކީ ދިވެހިން ހިތްރުހޭކަމެއް ނޫނެވެ. ފަލަސްތީނުގެ މިނިވަން ދައުލަތެއް އޮތުމުގެ ހައްގު އޮންނަންވާނެކަމަށް ދިވެހިން ފުރިހަމައަށް ގަބޫލުކުރެއެވެ.

އެ ވިސްނުމުގައި، ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމްގެ ޒަޢާމަތުގައި އޭރުގެ ޚާރިޖީ ވަޒީރު އަލްމަރުހޫމް އޮނަރަބަލް ފަތުހުﷲ ޖަމީލް އެކަށައެޅުއްވި މެދުއިރުމަތީގެ ސިޔާސަތަކީ ދިވެހި ދައުލަތުން މިއަދާއި ހަމައަށްވެސް ގަބޫލުކުރަމުންދާ އުސޫލެވެ. ދިވެހިރާއްޖޭގެ ވިސްނުމަކީ ބައިނަލްއަގްވާމީ މުޖުތަމައުގެ ގިނަ ގައުމުތަކަކުންވެސް ގެންގުޅޭ ވިސްނުމެވެ. އެއީ 1967ވަނަ އަހަރުގައި ކަނޑައެޅުނު ބޯޑަރުތަކުގެ މައްޗަށް ބިނާވާ އިޒްރޭލު އަދި ފަލަސްތީނުގެ ދައުލަތެއް އޮންނަންވާނެކަމަށާއި، މި އުސޫލުގެ ތެރެއިން މިނިވަން ފަލަސްތީނުގެ ދައުލަތެއްގެ ވެރިރަށަކަށް އިރުމަތީ ގުދުސް ވާންޖެހޭނެކަމަށެވެ. ރައީސް މައުމޫންގެ ފަހުން އައި ކޮންމެ ވެރިއަކުވެސް، މައިގަނޑު ގޮތެއްގައި އެބޭފުޅެއްގެ މެދުއިރުމަތީގެ ސިޔާސަތުތައް ބައްޓަން ކުރައްވާފައިވަނީ ހަމަ މި ހަމަތަކުގެ މަތިންނެވެ.

ފަލަސްތީނުގެ މިނިވަންކަމުގެ މައްސަލައިގައި ދިވެހި ސަރުކާރުން ގެންގުޅެމުންދާ ވިސްނުމަކީ، ދިވެހިންވެސް ޖުމްލަގޮތެއްގައި ގެންގުޅޭ ވިސްނުމެވެ. ފަލަސްތީނުގައި މިނިވަން ދައުލަތެއް އޮންނަންވާނެކަމަށާ، ޣައްޒާ ހިސާރުކޮށްފައި އޮތުން ހުއްޓާލަން ޖެހޭނެކަމަށާއި އަދި ހުޅަނގު އައްސޭރީގެ ބިންތަކުން އިޒްރޭލުން ފައިބަންޖެހޭނެކަމީ ދިވެހިން އަބަދުމެ ހަރުއަޑުން ތަކުރާރުކުރަމުންދާ ވާހަކައެކެވެ. އިޒްރޭލުން މިއަދު އިރުމަތީ ގުދުސްގެ ޝެއިޚް ޖައްރާ ހިސާބުން ފަލަސްތީނުގެ މީހުން ގަދަބާރުން ނެރެން މަސައްކަތްކުރަމުންދިއުމާއި އަދި ޣައްޒާއަށް ހުއްޓުމެއް ދެމުންދާ ހަމަލާތަކާއި އެކު އެ އަޑުތައް މިވަނީ އިންތިހާއަށް ގަދަވެފައެވެ.

އެގޮތުން މިއަދު، ދިވެހިން އަަބަދުމެ ތިބީ ފަލަސްތީނާއި އެކުގައިކަން ހާމަކުރުމުގެ ގޮތުން ދިވެހިރާއްޖޭގައި ހިންގާފައިވާ "ދިވެހިރާއްޖެ ފަލަސްތީނާއެކު" ހަރަކާތަކީ އެކަމުގެ އެންމެ ފުރިހަމަ އެއް މިސާލެވެ. މި ހަރަކާތުގައި ފަލަސްތީނުގެ ދިދަތައް ރާއްޖޭގެ އެކި ހިސާބުތަކުން ފެންނަމުންދިޔައިރު، އެންމެ ފާހަގަކުރެވުނު އެއް މަންޒަރަކީ ދިވެހިރާއްޖޭގެ ގައުމީ ދިފާޢީ ބާރުގެ އިމާރާތުގެ ބޭރުގައިވާ ބޮޑު ސްކްރީނުން ފަލަސްތީނުގެ ދިދަ ދައްކުވައިދީފައިވުމެވެ.

އަރަބި ދުނިޔޭގެ ގައުމެއްކަމަށްވާ ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ހުންނަ ދުނިޔޭގެ އެންމެ އުސް އިމާރާތްކަމަށްވާ ބުރުޖް ޚަލީީފާއަށް އަދިވެސް ފަލަސްތީނުގެ ދިދަ އަރުވާލެވިފައި ނުވާއިރު، ކުޑަކުޑަ ދިވެހިރާއްޖެއިން މިފަދަ ކަމެއް ކޮށްގެން އެ ދައްކުވައިދިނީ ދިވެހި ސަރުކާރާއި ދިވެހީންގެ މެދުގައި ފަލަސްތީނަށް އޮތް ލޯތްބާއި އިހުތިރާމެވެ.

ދިވެހިރާއްޖޭގެ ދައުލަތާއި ސަރުކާރުގެ އެންމެ އިސްވެރިޔާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ތަކުރާރުކޮށް ވަނީ ފަލަސްތީނުގެ މިނިވަންކަމާއި، އެގައުމުގެ ރައްޔިތުންގެ ހައްގުތަކުގެ ވާހަކަ އެކިގޮތްގޮތުން ދައްކަވާފައެވެ. މިއަދު ކުރިއަށްގެންދިޔަ ދިދަ ހަރަކާތުގައިވެސް ވާޗުއަލްކޮށް ބައިވެރިވެ ވަޑައިގެން، ދިވެހިން ތިބީ ފަލަސްތީނުގެ ރައްޔިތުންނާއި އެކުގައިކަމަށް ވިދާޅުވެ އެގައުމު މިނިވަންކުރުމަށް ގޮވާލައްވާފައެވެ. އަދި ޝެއިޚް ޖައްރާއިން މީހުން ގަދަބާރުން ނެރުމާއި މާތްވެގެންވާ އަގްސާ މިސްކިތުގެ ގޯތިތެރޭގައި އަޅުކަމުގައި ތިބި ފަރާތްތަކަށް ދިން ހަމަލާތައް ކުށްވެރިިކުރައްވާފައެވެ. ދުނިޔޭގެ އެތައް މުސްލިމް ލީޑަރުންގެ ތެރެއިން، ފާޅުގައި އިޒްރޭލަށް ނޫނެކޭ ބުނެ ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލަން ކެރުނު މަދު ލީޑަރުންގެ ތެރޭގައި ދިވެހިރާއްޖޭގެ ރައީސް ޞާލިހު ހިމެނިވަޑައިގަންނަވައެވެ.

ގައުމެއްގެ ވެރިއެއްގެ ހައިސިއްޔަތުން އިޒްރޭލާއި އެމީހުންގެ އައުވާނުން ދެކެ ފަސްނުޖެހި ބަހެއް ބުނެލަން ކެރިވަޑައިގަތުމަކީ ވަރަށްވެސް ބޮޑުވަރު ކަމެކެވެ. ގިނަ މުސްލިމް ލީޑަރުންނަށް އެވަރުވެސް ނުވިއެވެ. މިއީ ރައީސްގެ "ޕީއާރު ސްޓަންޓެއް"ތޯ ނިންމަވާނީ އާންމު ރައްޔިތުންނެވެ.

އެހެނަސް މީގެ ކުރިންވެސް ފަލަސްތީނުގެ މިނިވަންކަމުގެ މައްސަލައިގައި ރައީސް ޞާލިހު އަޑުއުފުއްލަވާފައިވާކަން ވަރަށް ސާފުކޮށް ފެންނަން އެބައޮތެވެ. 2014ވަނަ އަހަރު ޣައްޒާއަށް އިޒްރޭލުން ދިން ނުރައްކާތެރި ހަމަލާތަކާއި ދެކޮޅަށް، މަޖިލިސް މެންބަރެއްގެ ގޮތުގައި ހުންނަވައިގެން ރައީސް ޞާލިހު ވަނީ އަޑުއުފުއްލަވާފައެވެ. އެއަށްފަހު ވެރިކަމާއި ހަވާލުވެ ވަޑައިގެން، ބައިނަލްއަގްވާމީ މުހިންމު ބައްދަލުވުންތަކުގައި ތަގުރީރުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ފަލަސްތީނުގެ މިނިވަން ދައުލަތުގެ ވާހަކައާއި އެ ގައުމުގެ އަޚުންނާއި އުޚުތުންގެ ހައްގުތަކުގެ ވާހަކަ ވަރަށް ފުރިހަމައަށް ދައްކަވާފައެވެ.

އެގޮތުން 2019ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގައި އޮތް އދ.ގެ އާންމު މަޖިލީހުގެ 74ވަނަ ސެޝަންގެ މައި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޞާލިހު ވަނީ ކިތަންމެ މަސައްކަތްތަކެއް ކުރިނަމަވެސް އ.ދ. އާއި އެ ޖަމާއަތުގެ މެންބަރު ޤައުމުތައް ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލުނުކުރެވޭކަން ހިތާމައާއެކު ފާހަގަކުރައްވާފައި، ފަލަސްތީނުގެ ރައްޔިތުންނާއެކު ރާއްޖެއިން އަބަދުވެސް ދެމިތިބޭނެކަމަށާއި މީގެ އިތުރުން އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންގެ ވަޒަނަށް ޤަވާއިދާ ޚިލާފަށް އަރައިގަނެ ފަލަސްތީނު ރައްޔިތުންގެ ޙައްޤުތަކަށް އަރައިގެންފައިވާކަމަށްވެސް ވިދާޅުވެފައެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި ދިވެހިރާއްޖެއިން ދެކޭގޮތުގައި މެދުއިރުމަތީގައި އުފެދިފައިވާ ނުތަނަވަސްކަމަށް ހައްލެއް ލިބެން އޮތީ އަރަބި ދުނިޔޭގެ ގައުމުތަކާއި އިޒްރޭލުން ސުލްހަވެރި މަޝްވަރާތަކެއްކޮށް، އިޒްރޭލާއި ފަލަސްތީނުގެ ދެ ދައުލަތް އޮންނަ ގޮތަށް އެއްބަސްވެގެން ކަމަށެވެ. އަދި 1967 ވަނަ އަހަރު އެއްބަސްވި ފަލަސްތީނުގެ ބޯޑަރުގައި އެ ގައުމުގެ ވެރިރަށެއްގެ ގޮތުގައި އިރުމަތީ ގުދުސް އޮންނަ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފައްދަން ދިވެހިރާއްޖެއިން ކުރާ ތާއީދަށް ބަދަލެއް ނާންނާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

ފަލަސްތީނުގެ މިނިވަންކަމުގެ މައްސަލައިގައި މި ސަރުކާރާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ދެކެވަޑައިގަންނަވާ ގޮތް މިވަނީ މުޅި ދުނިޔެއަށް ފާޅުކަންބޮޑު ގޮތެއްގައި ހާމަކުރައްވާފައެވެ. އެއީ ފާހަގަކުރަންޖެހޭ ކަމެކެވެ. ނަމަވެސް މި ހާލަތުގައި ދިވެހިރާއްޖެއަށް އަދިވެސް ކުރެވޭނެ ކަންތައްތަކެއް އެބަހުއްޓެވެ. އިޒްރޭލުގެ އަމަލުތަކާއި ދެކޮޅަށް އދ.ގެ އާންމު މަޖިލީހަށް ގަރާރެއް ހުށައެޅުމުގައި ބައިވެރިވެވިދާނެއެވެ. އިޒްރޭލުގެ ފަތުރުވެރިން ރާއްޖެއަށް އައުން މަނާކުރެވިދާނެއެވެ. ވީ މިންވަރަކުން ފަލަސްތީނަށް މާލީ އަދި މާއްދީ އެހީތެރިކަން ފޯރުކޮށްދެވިދާނެއެވެ. ދިވެހިރާއްޖެއަކީ ކިތަންމެ ކުޑަ ގައުމެއް ނަމަވެސް، ދިވެހިން ތިބީ ފަލަސްތީނާއި އެކުގައިކަން ކަށަވަރެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ވެމްކޯއަށް 2022 ވަނަ އަހަރު އެކަނިވެސް 127.9 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު: އޮޑިޓް
15 Oct 2026 ހަބަރު

ވެމްކޯއަށް 2022 ވަނަ އަހަރު އެކަނިވެސް 127.9 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު: އޮޑިޓް

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ އެ ކުންފުނީގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓަށް ބަލާއިރު، 2021 ވަނަ އަހަރުވެސް ވެމްކޯއަށް ވަނީ 82 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ވެފައެވެ.

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާ ލިބޭނެ ގޮތް ހަދަނީ
15 Oct 2026 ހަބަރު

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާ ލިބޭނެ ގޮތް ހަދަނީ

އެމަނިކުފާނު މިހެން ވިދާޅުވީ "ރައްޔިތުންގެ އަޑު" ސިލްސިލާގެ 10 ވަނަ ޕްރަގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އާ ހޮސްޕިޓަލް އަޅާތީ، ވިލިމާލޭ ހޮސްޕިޓަލްގެ ހިދުމަތްތައް އަމާން ހިޔާއަށް ބަދަލުކޮށްފި
15 Oct 2026 ހަބަރު

އާ ހޮސްޕިޓަލް އަޅާތީ، ވިލިމާލޭ ހޮސްޕިޓަލްގެ ހިދުމަތްތައް އަމާން ހިޔާއަށް ބަދަލުކޮށްފި

ކުއްލި ފަރުވާގެ ޚިދުމަތާއި އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމު މިހާރު އެ އިމާރާތުގައި ހަމަޖެހިފައި

ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން އައިއެމްއެފުން ފާހަގަކޮށްފި
15 Oct 2026 ހަބަރު

ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން އައިއެމްއެފުން ފާހަގަކޮށްފި

އައިއެމްއެފްގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި، އެ އިދާރާގެ އެގްޒެކެޓިވް ޑިރެކްޓަރު ޑރ. މުޙައްމަދު މާއިތު، ރާއްޖޭގެ މާލީ ވަޒީރު ހަސަން ޒަރީރާ ބައްދަލުކުރައްވައި، ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ޙާލަތު ހަމަމަގަށް އެޅުވުމަށް ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފައިވާކަމަށެވެ. އަދި ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކަށް ތައުރީފްކޮށް އެންމެފަހުން މޫޑީސްއިން ރާއްޖޭގެ ރޭޓިންނަށް އައި ހެޔޮބަދަލު ފާހަގަކުރެއްވިކަމަށް މާލީ ވުޒާރާއިން ބުންޏެވެ.

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނަގައިފި
15 Oct 2026 ހަބަރު

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނަގައިފި

ވުޒާރާއިން ބުނީ ލާމަރުކަޒީ ޤާނޫނުގެ ދަށުން މި ބިންތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާގެ ބެލުމުގެ ދަށަށް ގެނައުމަށް ނިންމީ، ރައްޔިތުންނަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ މުހިންމު މަޝްރޫޢުތައް ހިންގުމަށާއި އަސާސީ ޚިދުމަތްތައް ހަރުދަނާކަމާއެކު ފޯރުކޮށްދީ ބެލެހެއްޓުމުގެ މަޤްޞަދުގައި ކަމަށެވެ.

ކަނޑުވި މީހުން ސަލާމަތްކުރި ތިން ފުލުހަކަށް ރަން މެޑަލް އަރުވައިފި
15 Oct 2026 ހަބަރު

ކަނޑުވި މީހުން ސަލާމަތްކުރި ތިން ފުލުހަކަށް ރަން މެޑަލް އަރުވައިފި

ކ. ގާފަރު ކައިރިން ބަންޑުންޖެހި ކޮޅުވެއްޓިން ކަނޑުވި އަށް މީހެއްގެ ފުރާނަ ސަލާމަތްކުރި ތިން ފުލުހަކަށް ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް ކޮމިޝަނަރ އޮފް ޕޮލިސް އަރުވައިފިއެވެ.

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި
15 Oct 2026 ހަބަރު

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި

އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފައިވަނީ، މިދިޔަ އަންގާރަ ދުވަހުގެ ރޭ ރާއްޖޭގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނައި އެޤައުމުގެ ތިން މަސް ބޯޓާއި 26 މަސްވެރިން މިނިވަންކުރުމަށްޓަކައި ދިވެހި ސަރުކާރާ ގުޅިގެން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އެގޮތުން އެމީހުން ދޫކޮށްލުމަށް ކުރަންޖެހޭ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަމިލް ނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރު ވިޖޭ، އެ ގައުމުގެ ހާރިޖީ ވަޒީރު، ޖައިޝަންކަރުގެ ކިބައިން އެދިވަޑައިގެންފައިވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.