19 May 2021 | 17:45
"އެންމެން ދިޔައީ އެކަމަކު ތި ދަރިފުޅު" މަރުވެފައިވާ މަންމަގެ އަތުތެރޭގައި ފަސްމަހުގެ ތުއްތުކުއްޖާ ސަލާމަތްކަންމަތީގައި

ޣައްޒާގެ ހޮސްޕިޓަލުގެ ތެރޭގައި މުޙައްމަދު އަލް ހަދީދީ އޭނާގެ ތުއްތު ކުޑަކުޑަ ދަރިފުޅު އެނދުގައި ބާއްވައިލިއެވެ. އެއި އިސްރާއީލުގެ ވައިގެ ހަމަލާގައި ސަލާމަތްވި އޭނާގެ ހަމައެކަނި ދަރުފުޅެވެ. އޭނާގެ އަންހެނުންނާއި އަނެއް ހަތަރު ފިރިހެންކުދިން އެރޭ މަރުވީއެވެ.

" އަހަރެންގެ އެހެން އެއްވެސް މީހެއް މިދުނިޔެއަކު ނެތް، ތި ދަރިފުޅު ފިޔަވައި" 37 އަހަރުގެ ބައްޕަ އޭނާގެ ދަރިފުޅަށް ބަލަހައްޓައިގެންހުރެ އަސަރާއެކު ބުންޏެވެ.

އިސްރާއީލުގެ ވަރުގަދަ ވައިގެ ހަމަލާއަށްފަހު ރެސްކިއު ވޯކަރުން މި ފަސްމަހުގެ ތުއްތު ކުއްޖާ އޭނާގެ މަރުވެފައިވާ މަންމަގެ އަތުތެރެއިން ނެގީ ހޮނިއިރު ދުވަހުގެ ހެނދުނުއެވެ. އޭނާގެ އެކުޑަކުޑަ ފައިގެ ތިން ތަނަކުން ރެނދުލައިފައިވެއެވެ. މުހައްމަދުގެ ހުރިހައި ކުދިން، 13 އަހަރުގެ ޝުހައިބްއާއި، 11 އަހަރުގެ ޔަހްޔާއާއި، 8 އަހަރުގެ ޢަބްދުއްރަޙްމާނާއި ، 6 އަހަރުގެ އުސްމާންވަނީ އެކުދިންގެ 36 އަހަރުގެ މަންމަ މަހާ އަބޫ ހައްތާބާއެކު މިދުނިޔެދޫކޮށްފައެވެ.

" އެމީހުންވަނީ ﷲ އާއި ބައްދަލުކުރަން ގޮސްފައި. އަހަރެމެން މިދުނިޔޭގައި އެހާ ގިނަ ދުވަހަކު ތިބޭކަށް ނޭދެން." ހިއްވަރުގަދަ ބައްޕަ ގިސްލަމުން ބުންޏެވެ.

" އަހަރެމެން ދެމީހުން އެމީހުންނާއި ދާދި އަވަހަށް ބައްދަލުކުރާނަން، ޔާ ﷲ އެކަން އެހާ ދިގުމުއްދަތެއްގެ ގޮތުގައި ނުލައްވާނދޭވެ"

ހޮސްޕިޓަލުގެ އެއް ކަނުގައި ހުރި އެނދެއްގެ ކައިރީގައި އިށީންނަމުން ހަދީދީ ވަރަށް ފަރުވާތެރިކަމާއި ލޯތްބާއެކު އޭނާގެ ކުޑަދަރިފުޅު އުމަރުގެ ކޮލުގައި ބޮސްދިނެވެ.

"އާދޭސްކުރި އެރޭ ހޭދަކުރަން"

ހޮނިހިރު ދުވަހުގެ އިސްރާއީލު ސިފައިންގެ ހަމަލާ އަމާޒުވީ ފިތުރު ޢީދުގެ އުފާވެރިކަމާއި ދިމާކޮށެވެ. އާންމުގޮތެއްގައި ރަމަޟާންމަސް ނިމުމުން މުސްލިމު ޢާއިލާތައް އެއްވެ ޢީދުގެ އުފާފާޅުކޮށް ހަދައެވެ. ހުކުރު ދުވަހު ކުޑަކުޑަ އުމަރުގެ މަންމަ އޭނަގެ ދަރިންނާއެކު ދެބޭންގެ ދެދަރި ކުދިންގެ ކައިރިއަށް ޒިޔާރަތްކުރިއެވެ. އެކުދިންއުޅެނީ ޣައްޒާގެ ބޭރުގައި ޝަތީ ރެފިއުޖީ ކޭމްޕް ކައިރީގައެވެ.

" ހުރިހައި ކުދިން އީދުހެދުންލައިގެން، ކުޅޭ އެއްޗެހިތައް ހިފައިން ދިޔައީ ބޮޑުބޭބެގެ ގެއަށް އީދު ފާހަގަކުރަން" ހަދީދީ ކިޔައިދިނެވެ. " އެދުވަހުގެ ހެދުނު އެކުދިންގުޅާފައި އާދޭސްކުރި އެރޭ އެގޭގައި މަޑުކުރަން. އަހަރެން ބުނިން އޯކޭއޭ"

" އެރޭ އަޅުގަނޑު ގޭގައި ނިދީ އެކަނި. ދެން ކުއްލިއަކަށް ހޭ ލެވުނީ ބޮމުގެ އަޑުފަތްގަނޑަށް." ހަމަ ކުޑަހިނދުކޮޅެއްގެތެރޭގައި އޭނާގެ އަވަށްޓެރިއަކު ގުޅާފައި ބުނީ އޭނާގެ އަންހެނުންގެ ބޮޑުބޭބެގެ ގެއަށް މިސައިލް ހަމަލާ އަރައިފި ކަމަށެވެ.

" އަޅުގަނޑު ދުވެވުނު އެންމެ ބާރަކަށް ދުއްވައިގެންފިން. އަޅުގަނޑަށް އެހިސާބަށް ދެވުނުއިރު އެތާގައިވަނީ ގޭގެ ފުނޑުފުނޑުވެފައިވާ ބައިތައް. ރެސްކިއު ވޯކަރުން ހަށިތައް އެކުނިބުނީގެތެރެއިން ނެރެނީ." ބޮޑުބޭބެގެ އަންހެނުންނާއި ދަރިންވެސް މަރުވެދިޔައީއެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ހަދީދީ އޭނާގެ ތުއްތު ދަރިފުޅު ސަލާމަތުން ނެގުމުން އުފަލުން އޭނާގެ މެއާއި ދަރިފުޅު ފިއްތައިލާ މަންޒަރު ފެނެއެވެ.

" ﷲ ވަނީ އަހަރެމެން ތައްޔާރުކުރައްވާފައި"

ހަދީދީ އޭނާގެ ދަރިފުޅުގެ މޫނުގައި މަޑުމަޑުން ލޯތްބާއެކު އަތް ޖައްސައިލިއެވެ. " އަހަރެންގެ ހުރިހައި ކުދިން އެކުދިންގެ މަންމަގެ ގާތުން ކިރުބުއި. އަހަރެންގެ މިދަރިފުޅު ފިޔަވައި. އުމަރު ފުރަތަމަ ދުވަހުން ފެށިގެންވެސް ބުއްބޯން ދެކޮޅު ހެދި" ގިސްލެވުމުގެ ރާގެއްގައި އޭނާ ބުންޏެވެ.

" ﷲ ވަނީ އަހަރެމެން ތައްޔާރުކުރައްވާ ނިންމަވާފައި. އަހަރެމެންނަށް އެކަމުގެ އެއްވެސް ކަމެއް އެގިގެންނެއްނުވޭ"

ހަދީދީ ތުހުމަތުކުރާ ގޮތުގައި އިސްރާއީލުން ގަސްދުގައި ކުޑަކުދިންނަށް ހަމަލާދެނީއެވެ. އެއްވެސް އިންޒާރެއް ކުރުމެއްނެތި މީހުން ދިރިއުޅޭ ގޭގެއަށް ހަމަލާދިނުމުން އިސްރާއީލު ހާސިލުކުރަން ބޭނުންވާ އެނޫންކަމެއް ނެތްކަން އެގިގެންދާކަމަށް އޭނާ ބުންޏެވެ.

" އަހަރެން އަހަރެންގެ މިދަރިފުޅު އަހަރެން އަމިއްލަ އަށް ބަލައި ބޮޑުކުރާނަން"

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.