ADS BY PIZZA KITCHEN

ތަފްސީލް: ރައީސް ނަޝީދު ހޮސްޕިޓަލުގައި އޮންނަވަނިކޮށް ހޮސްޕިޓަލުން ފިސްތޯލެއްފެނިފައިވޭ!

- 1 month ago 6 - ޝަފްރާޒް އހ

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގައި ލިބުނު ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔައިރު އެ ހޮސްޕިޓަލުން ފިސްތޯލެއް ފެނުނު މައްސަލަ ފެންމަތިވެއްޖެއެވެ.

ADS BY VOICE EURO COVERAGE

"ވޮއިސް" އަށް ވަނީ މިމައްސަލައިގެ ގިނަ މައުލޫމާތުތަކެއް ލިބިފައެވެ.

އެގޮތުން ފިސްތޯލު ފެނިފައިވަނީ ރައީސް ނަޝީދު އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ގެންދެވި ދުވަސްވަރު، އެ ހޮސްޕިޓަލްގެ ފާހާނައަކުންނެވެ. ފިސްތޯލު ފެނިފައިވަނީ ހޮސްޕިޓަލްގެ ނަރުހަކަށެވެ.

މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގޮތުގައި ތަހުޤީގުކުރެވެމުން ދާއިރު، ސަލާމާތީ ބާރުތަކަށް ނިސްބަތްވާ ފަރާތްތައް އަންނަނީ މި ތަހުޤީގަށް ހާޒިރުކުރަމުންނެވެ.

މި ނޫހަށް ލިބިފައިވާ ކަށަވަރު މައުލޫމާތައް ބަލާއިރު މި ފިސްތޯލަކީ އެމްއެންޑީއެފްގެ ސްޕެޝަލް ޕޮރޮޓެކްޝަންއަށް ނިސްބަތްވާ ރައީސް ނަޝީދުގެ ބޮޑީ ގާޑެއްގެ ފިސްތޯލެވެ.

ފިސްތޯލަކީ އެއްވެސް ހާލެއްގައި މިފަދަ ގޮތަކަށް ހަށިގަނޑާއި ވަކިކޮށް، ތަންތާގައި އޮންނަން ޖެހޭއެއްޗެއް ނޫންކަމުން، މި މައްސަލަ ތަހުޤީގުކުރެވެންދެން ފިސްތޯލުގެ ވެރިފަރާތް ވަނީ ސަސްޕެންޑްކުރެވިފައެވެ.

ފިސްތޯލަ ފެނުމާއި ގުޅޭ ގޮތުން މިއަދު ނޫސްވެރިން ސުވާލު ކުރުމުން ފުލުހުން އެކަން ދޮގުކޮށްފައިނުވެއެވެ. ނަމަވެސް އެ މައްސަލާގައި މައުލޫމާތު ހިމެނޭ ކަރުދާސް ނޫސްވެރިންގެ ބައްދަލުވުމަށް ގެނެވިފައިނެތުމުން ފަހުން މައުލޫމާތު އަރުވާނެކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އޭޑީކޭއިން ފިސްތޯލު ފެނިފައިވާއިރު، ރައީސް ނަޝީދުގެ އާއިލީ ބޭފުންނާއި، ގާތް ފަރާތްތަކުން އަންނަނީ މި ހަމަލާއާއި ސަރުކާރުގެ އިސްފަރާތްތަކުގެ އަތެއްވާކަަމށް ބުނެ ތުހުމަތުކުރައްވާފައެވެ. އެގޮތުން ރައީސް ނަޝީދުގެ ދަރިކަނބަލުން ވަނީ މިފަދަ ތުހުމަތުތަކެއް އިކޮނަމިކް މިނިސްޓަރ ފައްޔާޒާއި، ޑިފެންސް މިނިސްޓަރ މާރިޔާ ދީދީއަށް ކުރައްވާފައެވެ.

50%

0%

50%

ADS BY COCA COLA
6 ކޮމެންޓް

ފިސްތޯލަ ތައްޔާރުކޮށްގެން މިއުޅުނީބޮންގޮއްވުމާއެކު ސީދާނަޝީދުހަށިކޮޅައްދިމާކޮށްޖަހާލަން ތައްޔާރުކޮއްގެންހުރި ފިސްލެއް ކަމައް ފެއްނަނީ ވައްލާހުއައުލަމް އިސްވެރިން އިސްތިއުފާ

ގަބޫލެއް ނުކުރެވޭ ބޮޑީގާޑު ފިސްތޯލަ އެއް ބޭވޭނޭހެން....އެއީ އެއަށްވުރެ ވެލް ޓްރެއިން ބައެއް. ފިސްތޯލަ އަކީ އެމްއެންޑީއެފް ގެ އެޗެއްކަމުގައިވާނަމަ މާރީ އިސްތިއުފާ ދޭންޖެހޭނެ.

ތިވާނީ ބޮޑީ ގާރޑު ހަނދާންނެތިގެންބޭއްވުނީ ކަމަށް ތީ ވަރަށް ދެރަވަރުކަމެއް.

ހަބަރު