24 May 2021 | 13:20
ފިސްތޯލު މައްސަލައިގެ ތަފްސީލީ ރިޕޯޓެއް މަޖިލީހަށް ހުށަހެޅުމަށް އެދިއްޖެ!

ފިސްތޯލުފެނުނު މައްސަލާގައި ކަން ހިނގައި ދިޔަ ގޮތުގެ ތަފްސީލީ ރިޕޯޓެއް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއިބެހޭ ކޮމިޓީން އެދިފައިވާކަމަށް އެ ކޮމިޓީގެ މުޤައްރިރު ހިތަދޫ މެދު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިކަން ހާމަކުރައްވާފައި މިވަނީ މަޖިލީހުގައި މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވައި މައުލޫމާތު ދެއްވަމުންނެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގައި ލިބުނު ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔައިރު އެ ހޮސްޕިޓަލުން ފިސްތޯލެއް ފެނުނު މައްސަލަ ފެންމަތިވެފައިވާއިރު، ފިސްތޯލުގެ މައްސަލާގައި ނުރަސްމީކޮށް ފުލުހުންގެ ފަރާތުން މައުލޫމާތު ހޯދާފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ.

"ވޮއިސް" އަށް ވަނީ މިމައްސަލައިގެ ގިނަ މައުލޫމާތުތަކެއް ލިބިފައެވެ.

އެގޮތުން ފިސްތޯލު ފެނިފައިވަނީ ރައީސް ނަޝީދު އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ގެންދެވި ދުވަސްވަރު، އެ ހޮސްޕިޓަލްގެ ފާހާނައަކުންނެވެ. ފިސްތޯލު ފެނިފައިވަނީ ހޮސްޕިޓަލްގެ ނަރުހަކަށެވެ.

މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގޮތުގައި ތަހުޤީގުކުރެވެމުން ދާއިރު، ސަލާމާތީ ބާރުތަކަށް ނިސްބަތްވާ ފަރާތްތައް އަންނަނީ މި ތަހުޤީގަށް ހާޒިރުކުރަމުންނެވެ.

މި ނޫހަށް ލިބިފައިވާ ކަށަވަރު މައުލޫމާތައް ބަލާއިރު މި ފިސްތޯލަކީ އެމްއެންޑީއެފްގެ ސްޕެޝަލް ޕޮރޮޓެކްޝަންއަށް ނިސްބަތްވާ ރައީސް ނަޝީދުގެ ބޮޑީ ގާޑެއްގެ ފިސްތޯލެވެ.

ފިސްތޯލަކީ އެއްވެސް ހާލެއްގައި މިފަދަ ގޮތަކަށް ހަށިގަނޑާއި ވަކިކޮށް، ތަންތާގައި އޮންނަން ޖެހޭއެއްޗެއް ނޫންކަމުން، މި މައްސަލަ ތަހުޤީގުކުރެވެންދެން ފިސްތޯލުގެ ވެރިފަރާތް ވަނީ ސަސްޕެންޑްކުރެވިފައެވެ.

ފިސްތޯލަ ފެނުމާއި ގުޅޭ ގޮތުން މިއަދު ނޫސްވެރިން ސުވާލު ކުރުމުން ފުލުހުން އެކަން ދޮގުކޮށްފައިނުވެއެވެ. ނަމަވެސް އެ މައްސަލާގައި މައުލޫމާތު ހިމެނޭ ކަރުދާސް ނޫސްވެރިންގެ ބައްދަލުވުމަށް ގެނެވިފައިނެތުމުން ފަހުން މައުލޫމާތު އަރުވާނެކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އޭޑީކޭއިން ފިސްތޯލު ފެނިފައިވާއިރު، ރައީސް ނަޝީދުގެ އާއިލީ ބޭފުންނާއި، ގާތް ފަރާތްތަކުން އަންނަނީ މި ހަމަލާއާއި ސަރުކާރުގެ އިސްފަރާތްތަކުގެ އަތެއްވާކަަމށް ބުނެ ތުހުމަތުކުރައްވާފައެވެ. އެގޮތުން ރައީސް ނަޝީދުގެ ދަރިކަނބަލުން ވަނީ މިފަދަ ތުހުމަތުތަކެއް އިކޮނަމިކް މިނިސްޓަރ ފައްޔާޒާއި، ޑިފެންސް މިނިސްޓަރ މާރިޔާ ދީދީއަށް ކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހާލަންޑު ޖެހި ލަނޑު ސައްހަކަމަށް ނިންމުނީ ގޯހަކުން
ރެފްރީންގެ ކޮމިޓީން ވަނީ ވީއޭއާރުގެ މި ނިންމުން މުރާޖައާކުރާނޭކަމަށް ބުނެފައި
14 Sep 2026
ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގެންފި އެވެ.
14 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސްގެ ފުރަތަނަ ދެމެޗް އެންޖީ ޖޫނިއާސް އަދި އެންޖީ ސްޓާރިންނަށް
އެންޖީ ޖޫނިއާސް މި މެޗު ކާމިޔާބުކުރީ 06-14 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗު އެންޖީ ސްޓާރިންގ ވަނީ ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ
14 Sep 2026
އެންޓަނާއަކުން މީހަކު ވެއްޓި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެނީ
އެންޓަނާ މަތިން ވެއްޓުނު މީހާއަށް އަނިޔާވިއިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.
14 Sep 2026
މިނިސްޓަރު ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓަރޝަރީ ހެލްތު ސާވިސަސްގެ މަގާމަށް، ގ. ފިނިވިލު، މުހައްމަދު ތަލާލް އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް، ގދ. ތިނަދޫ ޝިފާ، އަހްމަދު ހަބީބް ޢައްޔަންކުރައްވާފަ އެވެ.
14 Sep 2026
ސަފީރު ޝަބީނާ, އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު ބެލްގްރޭޑް ގައި ހުންނަ "ޕެލެސް ސާބިއާ" ގައެވެ.
14 Sep 2026
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ލޯގޯ ފަރުމާކޮށްގެން 60،000 ރުފިޔާ، ކެމްޕެއިންގައި ވޮއިސް ބައިވެރިވޭ
މީގެ އިތުރުން މަޝްރޫޢުގެ މީޑިއާ ޕާޓްނަރުންނާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި މަޝްރޫއުގައި "ވޮއިސް" އިން ބައިވެރިވެ އެވެ.
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.