ޓެރަރިސްޓް ހަމަލާގެ ތަހުޤީގު ޓީމު ކޮވިޑަށް ޕޮސިޓިވްވެއްޖެ

25 May 2021 | 18:15

6 މެއި ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ތަހުޤީގު ޓީމު ކޮވިޑް-19 އަށް ޕޮސިޓިވްވެއްޖެއެވެ.

އެގޮތުން ރައީސް ނަޝީދަށް ދިން ހަމަލާއާއި ތަހުޤީގު ޓީމުގައި އެންމެ އިސްކޮށް ހަރަކާތްރެރިވާ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޒު އާއި އެކު ފުލުހުންގެ އެންމެ އިސް ފަރާތްތައް ވަނީ ކޮވިޑަށް ޕޮސިޓިވް ވެފައެވެ.

"ވޮއިސް" އަށް މައުލޫމާތު ދެއްވި ފުލުހުންގެ އޮފިޝަލް މައުލޫމާތު ދެއްވި ގޮތުގައި ފުލުހުންގެ އެސްއޯގެ ތެރެއިން ވެސް ސާޅީހަށް ވުރެ ގިނަ ފުލުހުން ޕޮސިޓިވް ވެފައިވެއެވެ. މިއީ ރައީސް ނަޝީދުގެ ތަހުޤީގާއި ގުޅިގެން ހިންގާ އޮޕަރޭޝަންތަކުގައި ތަންތަނާއި ގެ ބަލާ ފާސްކުރަން ވެސް ހަރަކަތްތެރިވާ ޓީމްގެ ފުލުހުންނެވެ.

ކޮވިޑްގެ ނުރައްވާ ބޮޑުވެފައިވާ އިރު ފުލުހުންގެ ތެރެއިން މިހާތަނަށް 1200 އަށް ވުރެ ގިނަ ފުލުހުން މިވަގުތު ޕޮސިޓިވްވެފައިވެއެވެ.

ފުލުހުންގެ ތަހުޤީގު ޓީމު ކޮވިޑް-19 އަށް ޕޮސިޓިވް ވުމުން ގިނަ ރައީސް ނަޝީދަށް ދެވުނު ޓެރަރިސްޓް ހަމަލާ ގެ ތަހުޤީގު މަޑުޖެހުމުގެ ފުރުސަތު މިހާރުވަނީ ބޮޑުވެފައިކަން ފުލުހުންގެ އޮފިޝަލް މައުލޫމާތު ދެއްވިއެވެ.

Advertisement

ކޮމެންޓް

Advertisement