މާލެ ސިޓީ ކައުންސިލުން މާލެ ސަރަޙައްދު ފޮގް ކުރަން ފަށައިފި

26 May 2021 | 17:01

މާލެ ސަރަޙައްދުގައި މަދިރި ގިނަވާތީ ފޮގް ކުރުމާއި މަދިރި ނައްތާލުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.

މާލޭގެ މޭޔަރު ޑރ.މުހައްމަދު މުޢިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވިއްސާރަ މޫސުމާއި އެކު މާލެ ސަރަޙައްދުގައި މަދިރި އާލާވުން އިތުރުވުމާއި ގުޅިގެން މިހާރު މާލެ އާއި ވިލިމާލެ ފޮގް ކުރަން ފަށާފައިވާކަމަށެެވެ.

އެގޮތުން ކޮންސްޓްރަކްޝަން ސައިޓުތަކުގައި ފެން ހަރުލާގޮތަށް ހުންނަ ތަންތަން ބަލައި، މަދިރި ބޭސް އެޅުންވެސް މި ޕްރޮގުރާމުގައި ކުރިއަށްދާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވަނީ މިކަމުގައި ރައްޔިތުންގެ ފަރާތުން ދެއްވާ ފުރިހަމަ އެއްބާރުލެއްވުމަށް ޝުކުރުދަންނަވާފައެވެ.

މާލޭ މޭޔަރ ކަމާއި ހަވާލުވުމަށްފަހު މުޢިއްޒު ގެންދަވަނީ ގިނަ ކަންތައްތަކެއް މިހާރުވެސް ކުރައްވަމުންނެވެ.

ކޮމެންޓް