އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އިސްރާއިލްގެ ބޮޑުވަޒީރު ނަތަންޔާހޫ
ދުނިޔެ
22 Jun 2025 | 08:12
އެމެރިކާއިން އީރާނަށް ހަމަލާދީފި

އެމެރިކާއިން އީރާނުގެ ނިއުކްލިއަރ ތިން ސައިޓަކަށް ކާމިޔާބު ހަމަލާތަކެއް ދީފައިވާ ކަމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަކޮށްފިއެވެ.

މި ހަމަލާތައް ދީފައިވަނީ ހޮނިހިރު ދުވަހު ކަމަށާ، ހަމަލާތައް ދިން ބޯޓުފަހަރު މިހާރު ސަލާމަތްކަމާއެކު އެނބުރި އެމެރިކާއަށް އައުމަށް ދަތުރު ފަށާފައިވާ ކަމަށް ޓްރަމްޕް ވަނީ ބުނެފައެވެ.

"އީރާނުގައި ހުންނަ ފޮޑޯ، ނަޓަންޒް އަދި އިސްފަހާން ހިމެނޭހެން، ތިން ނިއުކްލިއަރ ސައިޓަށް އަޅުގަނޑުމެން ކާމިޔާބު ހަމަލާތަކެއް ދީފައިވާނެ. ހުރިހާ ބޯޓުފަހަރު މިހާރު އީރާނުގެ ވައިގެ ސަރަހައްދުން ބޭރުވެފައިވާނެ. އެންމެ މުހިންމު ސައިޓް ކަމަށްވާ ފޮޑޯއަށް ވަރުގަދަ ބޮމުގެ ހަމަލާތަކެއް ވާނީ ދީފައި. އެމެރިކާގެ އަސްކަރީ ހަނގުރާމަވެރިންނަށް އަޅުގަނޑު ވަރަށް ހޫނު މަރުހަބާއެއް ދަންނަވަން. އެމެރިކާ ފިޔަވައި، ދުނިޔޭގެ އެހެން އެއްވެސް އަސްކަރިއްޔާއަކަށް މިކަމެއް ނުކުރެވުނީސް. މިހާރު ސުލްހައިގެ ވަގުތު.“ ޓްރަމްޕް މީސް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ވައިޓް ހައުސްގައި ގައުމާ މުޚާތަބުކޮށް ވާހަކަދައްކަމުން ޓްރަމްޕް ވަނީ، މި ހަމަލާތަކަކީ "އަސްކަރީ ކާމިޔާބީއެއް" ކަމަށް ސިފަކޮށްފައެވެ.

"އީރާނުގެ މުހިންމު ނިއުކްލިއަރ ވަސީލަތްތައް ވާނީ މުޅިން ފުނޑުފުނޑުކޮށްލާފައި. މެދުއިރުމަތީގެ 'ބުލީ'، އީރާނުން ދެން ޖެހޭނީ ސުލްހަ ގާއިމުކުރަން. އެމީހުން އެކަން ނުކޮށްފިނަމަ، ކުރިއަށް އޮތްތަނުގައި ދޭ ހަމަލާތައް މާ ވަރުގަދަވާނެ.“

އެމެރިކާގެ ރައީސް ޑޯނަލްޑް ޓްފަމްޕް

”ފާއިތުވެދިޔަ 40 އަހަރުގެ ތެރޭގައި، އީރާނުން ވަނީ، އެމެރިކާއާއި އިސްރާއިލަށް ހަމަލާތައްދީ، އަހަރުމެންގެ މީހުން މަރާފައި. މިކަންކަން ހުއްޓުވާނަން“ ޓްރަމްޕް ބުނެފައިވެއެވެ. 

އެމެރިކާގެ ހަމަލާތައް މައިގަނޑުކޮށް އަމާޒުކުރި ފޮޑޯ ސަރަހައްދަކީ އީރާނުގެ ނިޔުކްލިޔާ މަސައްކަތްތަކަށް އެންމެ މުހިންމު އެއް ސަރަހައްދު ކަމަށް ރިޕޯޓްތައް ބުނާއިރު، ދެން ހަމަލާތައް އަމާޒުކުރި ދެ ސަރަހައްދަކީ ޔުރޭނިއަމް އުފެއްދުމުގެ މަސައްކަތް ކުރާ ދެ ސަރަހައްދު ކަމަށްވެސް ބޭރުގެ މީޑިއާތަކުން ފާހަގަކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް